ހިޔާ ފްލެޓް އެއްބަސްވުުގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެގްރިމަންޓްގައި ސޮއި ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ އެކި ސަބަބު ތަކާހުރެ ހިޔާ ފްލެޓް އެއްބަސްވުމުގައި ބައެއް ފަރާތްތަކުން މިހާތަނަށް އައިއިރުވެސް ސޮއި ނުކުރާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް މިމަހު 28 އަދި 29 ގައި އިތުރު ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. […]
ޔާމިންގެ މަށްޗަށް އިތުރު ދައުވާއެއް ކޮށްފި

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި އެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. ރައީސް ޔާމީނަށް ކުރާ ދައުވާތައް: މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި، […]
އިސްލާމްދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައް: ރައީސް

އިސްލާމް ދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކީރިތި ގުރުއާނާބެގޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހްލާގް ދަންނަ އެއްޗެއް ނޫންކަމަށެވެ. “ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާއީ […]
ރަށުން ބޭރުގައި ޙާފިޡްކަން ކިޔެވުމަށްދާ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނަން: ރައީސް

ރަށުން ބޭރުގައި ޙާފިޡްކަން ކިޔަވަން ބޭނުންވާ ދާރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށާ އިލްމު އުގެންނެވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވާކަމަށެވެ. “ މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް […]
މޯލްޑިވިއަންގެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ކުންފުނީގެ ފައިސާ ފޭރިގެންފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ އެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ފައިސާތަކެއް ފޭރިގެންފިއެވެ. ގައުމީ އެއާލައިން ”މޯލްޑިވިއަން“ ހިންގާ އައިލެންޑް އޭވިއޭޝަނުގެ އޭވިއޭޝަނުން ބުނީ އެކުންފުނީގެ ފައިސާތަކެއް ފޭރިގެންފައިވަނީ ފުވައްމުލަކުގައި ވަޒީފާ އަދާކުރާ ދެ މުއައްޒަފެއްގެ އަތުންކަމަށެވެ. އެކުންފުނިންބުނީ ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ އެ ދެ މުވައްޒަފުންނަށް ހަމަލާދިނީ އިއްޔެގެ ސޭލްސް ނިންމުމަށްފަހު ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިނުމަށްފަހު ކަމަށެވެ. މި ހަމަލާގައި ޒަހަމްވި […]
ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް އާރްޑީސީއާ ހަވާލުކޮށްފި

ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނ( އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ. ވެލިދޫ މަގުތައް ހެދުމަށް އާރުޑީސީއާއ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ. 88 މިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއު އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް ހިންގާ […]
ދެ އަންހެނަކު ޖާމިނުކޮށް ހައްޔަރުން ސަލާމަތްވި އައްމަޓީ އަލުން ބަދުކުރުމަށް އަމުރުކޮށްފި

އެއްބަޑު އެއްބަފާ ދެ އަންހެނަކު ޖާމިނުކޮށް ހައްޔަރުން ސަލާމަތްވެގެން އުޅުނު، މަކަރާއި ހީލަތުން ގިނަ އަދެއްގެ މީހުންގެ އަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އައްމަޓީ)،އަންމަޓީ އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ. ހައިކޯޓުން އައްމަޓީ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ކަފާލާތުގެ ދަށުން އޭނާގެ އެއްބަޑު އެއްބަފާ ދެ އަންހެނަކު ޖާމިނުކޮށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމާއި ގުޅިގެން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި […]
ގައުމީ ޔުނިވާސިޓީގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފިއެވެ. އެމްއެންޔޫއިން ހުޅުވާލާފައިވަނީ އެ ޔުނިވާސިޓީން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުއެވެ. އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހެނދުނު 8:00 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 27ގެ ނިޔަލަށްހުޅުވާލާފައިވާނެކަމަށެވެ. އެޔުނިވާސިޓީން ބުނީ މިފަހަރު އެ ޔުނިވާސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި ވަރަށް ގިނަ ލުއި ތަކެއް ދީފައި ވާނެ ކަމަށެވެ. […]
އައިޝްވާރިއާ ރާއްޖޭގައި

ރީތީގެ ރާނީ އަދި ބޮލީވުޑުގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ ރާއްޖެ އަތުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އައިޝްވާރިއާ ރާއްޖެ އައިސްފައިވަނި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން އާއި އަދި ދަރުފުޅު އާރަދްޔާ ވެސް އެކީގައެވެ. މި ދެމަފިރިން އިއްޔެ އިން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މީހުން މި ދަތުރަކީ ދަރިފުޅުގެ އާރަދްޔާގެ އުފަންދުވަސް ފާހަގަކުރުމަށް ކުރި ދަތުރެކެވެ. އާރަދްޔާ މިމަހު 16 ވަނަދުވަހު ދިހަ އަހަރު […]
މަރުވެ، ކުނިވެފައި އޮއްވާ ފެނުނު މީހާ އަކީ ދިވެއްސެއް

މާލޭ ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވާ މިއަދު ފެނުނު ހަށިގަނޑަކީ ދިވެއްސެއްގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ […]