ތިންވަނަ ގޮތެއް ޚިޔާރު ކުރުމަށް މިއަދު މަޖުބޫރު

މިދިވެހި ފަސްގަނޑުގައި ދިރިއުޅުން ބިނާކޮށް ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ދިވެހިން ދިރި، ދެމި ތިބޭތާ 2،500 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، ހިސާބު އަކުރުން ދައްކަނީ ދިވެހި ގައުމު ތަރައްގީވެފައިވާ މިންވަރެވެ. ގައުމީ އުފެއްދުން ތެރި ކަމުގެ މިންގަނޑު، ބޮލަކަށް ޖެހޭ އާމްދަނީ، ލިޔަން ކިޔަން ދަތުމުގެ ޙާލަތު، ވިހާ އުމުރުގައި ކުދިން މަރުވާ ނިސްބަތް ފަދަ ހުރިހާ މިންގަނޑެއްމެ ދައްކުވަނީ މިސަރަހައްދުގައި، އަދި ކިއެއްތަ، ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ކުރީ ސަފުގައި ދިވެހިންގެ […]