މުވައްޒަފުން ސިޔާސީ ވާހަކަ ދެއްކުން: ފުރަތަމަ ދަރަޖައިގެ ކުށެއް!

ސިވިލް ސާވިސްގެ ގަވައިދަށް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ސިޔާސީ ވާހަކަ ދެއްކުމަކީ މުޅިން މަނާ ކަމެއް ކަމަށް ކަނޑައަޅައި އެއީ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ދަރަޖަ ކޮށްފިއެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މީގެ އިތުުރުން އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، […]
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ!

އައްޑޫ ލިންކް ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 59 އަހަރުގެ ފިރިހެން މީހާ ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ އެވެ. އޭނާ އެކްސިޑެންޓުވީ ގަމަށް ޑިއުޓީއަށް ދިޔަ މަގުމަތީގައި ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގައިގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށްވެ އެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. […]
ނަސްރުގެ ދުވަހެއް ފާހަގަކުރަމުން އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައު ކުރުމަށް: ރައީސް

ރާއްޖޭގައި ނަސްރުގެ ދުވަހެއް ފާހަގަކުރަމުން އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އައު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޤައުމާ މުހާތަބް ކުރައްވައި ދެއްވި ހިތޯބެއްގައެވެ. “މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ […]
ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި!

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކ. އަތޮޅުން ފެށިންގެ ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރެވެ. މެޓުން މީގެ ކުރިން ބުނީ އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އެގޮތުން […]
އަނެއްކާވެސް މިސްކިތަކަށް ކުޑަކަމުގޮސްފި!

ކުރިން ވެސް އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ ހަސަން ޒިޔާދު އަނެއްކާ ވެސް މިސްކިތެއްގެ ތެރެއަށް ކުޑަކަމުގޮސްފިއެވެ. އެނގިފައިވާ ގޮތުގައި ޒިޔާދު މިފަހަރު ކުޑަކަމުދިޔައީ މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށެވެ. މިސްކިތުގެ ތެރެއަށް ޒިޔާދު ކުޑަކަމު ދިއުމުން، އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ. ޒިޔާދު ކުޑަކަމު ދިޔަ މައްސަލަ އެންމެ ފުރަތަަމަ ފެންމަތިވީ މިދިޔަ މަހުގެ […]
ޖިންސީ ގޯނާގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި 63 އަހަރުގެ އަންހެން މީހާ ދޫކޮަށްލައިފި!

ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ. ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކޮށްފައިވަނީ އެސްކޫލު ސާފު ކުރުމުގެ ވަޒީފާގައި އުޅޭ އަންހެނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާތީ ކަމަށެވެ. ”ތުހުމަތު ކުރެވޭ ފަރާތް ވަނީ ބަންދުން ދޫކޮށްލާފައި. ނަމަވެސް މައްސަލަ ދަނީ ތަހުގީގު […]
ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަންހެނަކު ހައްޔަރު ކޮށްފި!

ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ. ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ވަނީ އެ ސްކޫލުގެ މަސައްކަތު މީހެއްގެ ފަރާތުންނެވެ. މި މަައްސަލައިގައި މީގެ ކުރިން ވަނީ އެ ސުކޫލްގެ ހުރިހާ މަސައްކަތު މީހުން ސަަސްޕެންޑް ވެސް ކޮށްފައެވެ. އެ ސުކޫލުން އެ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ […]
ކޮވިޑް19: މިއަދު ފައްސިވީ 131 މީހުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 131 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 95 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 28 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,915 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,836 އެކްޓިވް ކޭސް ހިމެނޭއިރު 29 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ބަދަލުތަކާއެކު ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުން ފަށަނީ!

ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިތުރު ބަދަލްތަކަކާއި އެކު އަންނަ އަހަރު އަލުން ފެށުމަށް ބަޖެޓުގައި ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާކުރާ ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ހުރިހާ ކުދިންނަކީ ވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާކޮޢް ހެޔޮ ބަދަލްތަކަކާއި އެކު އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ރާއްޖޭގެ […]
ކޮވިޑް19: މިއަދު ފައްސިވީ 146 މީހުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 146 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 102 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 11 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 33 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,784 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,792 އެކްޓިވް ކޭސް ހިމެނޭއިރު 30 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]