​ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަންހެނަކު ހައްޔަރު ކޮށްފި!

Loading

Facebook
Twitter
WhatsApp

​ގަލޮޅު ސުކޫލުގައި ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.

​އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ. ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ވަނީ އެ ސްކޫލުގެ މަސައްކަތު މީހެއްގެ ފަރާތުންނެވެ.

މި މަައްސަލައިގައި މީގެ ކުރިން ވަނީ އެ ސުކޫލްގެ ހުރިހާ މަސައްކަތު މީހުން ސަަސްޕެންޑް ވެސް ކޮށްފައެވެ.

​އެ ސުކޫލުން އެ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށާއި ކުދިން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

އޭރު، މި މައްސަލައިގައި ގަލޮޅު ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ސަސްޕެންޑު ކުރީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ ސީދާ އެތަނުން ކާކު ކަން ނޭނގޭތީއެވެ.

​ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން، ދަރިވަރުން ފާޚާނާއަށް ފޮނުވުމުގައި، ހަވާލު ކުރާ ފަރާތް އެނގޭނެ ފަދަ ގޮތަކަށް ކަންތައް ކުރުމަށް އެޑިއުކޭޝަނުން މިއަދު ސްކޫލުތަކަށް ވަނީ އަންގައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް