​އަނެއްކާވެސް މިސްކިތަކަށް ކުޑަކަމުގޮސްފި!

Loading

Facebook
Twitter
WhatsApp

ކުރިން ވެސް ​އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ ހަސަން ޒިޔާދު އަނެއްކާ ވެސް މިސްކިތެއްގެ ތެރެއަށް ކުޑަކަމުގޮސްފިއެވެ.

​އެނގިފައިވާ ގޮތުގައި ޒިޔާދު މިފަހަރު ކުޑަކަމުދިޔައީ މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށެވެ. މިސްކިތުގެ ތެރެއަށް ޒިޔާދު ކުޑަކަމު ދިއުމުން، އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ.

​ޒިޔާދު ކުޑަކަމު ދިޔަ މައްސަލަ އެންމެ ފުރަތަަމަ ފެންމަތިވީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ޒިޔާދު އަނެއްކާވެސް ކުޑަކަމު ދިޔައީ އޭނާ ކުރިން ކުޑަކަމު ދިޔަ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި ބަންދުން ދޫކޮށްލައިފައި ވަނިކޮށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

​މިރޭ މިސްކިތުގެ ހަރިއްމަތެރެއަށް ކުޑަކަމު ދިޔަ މައްސަލައިގައި އޭނާ ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

 

Loading

One Response

  1. މިދެން ބޮޑު ބަލާވެރިކަމެއް ނޫންތޯއެވެ. މީނާ އެކަން އެކުރަނީ ކާކުގެ ބޭނުމަކަށްތޯ އެނގެންދެން ގުރައިދޫގައި ނޫނީ ދޫނިދޫގައި އެކެހެރިކޮށް ބަންދުކޮށްބަލާށެވެ. މީނާ ރައީސް އޮފީހުގެ ފާރަށް މިހެން ގޮރުހަނޑަންޏާމު ހަމަ މިހެން މަގުމަތީ މުލީއާގޭ ފާރަށްވެސް އަނެއްދުވަހު ގޮރުހަނޑަން ދޫކޮށްފާ ބަހަށްޓާނަންތޯއެވެ. މީހަކު މީނަޔަށް ކަމެއްކޮށްފިނަމަ އެމީހަކު ހަރުށި މަޑުކަށި ނަމަވެސް ކޮންމެވެސް އެއްޗަކަށްވާނެއެވެ. ނޫންތޯ؟؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް