އައްމަޓީި ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފި!

ދެ މީހުން ޖާމިނު ކުރުމަށް ފަހު، ސީލައިފްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ ބާޠިލްކޮށް އޭނާ އަލުން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ ޖާމިނުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ފަހުން […]
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ!

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ މައްޗަންގޯޅީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 15:42 އެހާކަންހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް ފިރިހެނަކު އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އެއީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މަރުވެފައި […]
ފޯ ނޭޝަންސް ކަޕް: ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ!

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން 1-2 ގެ ނަތީޖާ އިން ބަންގްލަދޭޝް މޮޅުވެއްޖެއެވެ. މި ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދިއުމުގައި ބޮޑު ހުރަހަކާ ކުރިމަތިލާން ޖެހުނު އިރު، މި މެޗަކީ 2003 ވަނަ އަހަރަށްފަހު ބަންގަލްދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހެރެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ. ރާއްޖެ […]
ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ޒުވާނުންގެ ވަފުދެއް އިންޑިއާއަށް!

އިންޓަނެޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ (އައި.އީ.ވައި.ޕީ) ދަށުން 14 ޒުވާނުން ހިމެނޭ ވަފުދެއް މާދަމާ އިންޑިއާއަށް ފުރަން ހަމަޖެހިއްޖެއެވެ. މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރެކެވެ. މާދަމާގެ މި ދަތުރަށް ފުރުމަށް ތައްޔާރުވެފައިވާ ބައިވެރިން ވަނީ އިންޑިއާ ހައިކޮމިޝަންގެ ”ޗާޖް ޑެ އެފެއަރޒް“ ރޯހިތް ރަތިޝް އާއި މިއަދު ބައްދަލު ކޮށްފައެވެ. ދިވެހި ޒުވާނުންގެ ވަފުދުގެ މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ އާއި އުދައިޕޫރާއި އާގްރާ […]
ރާއްޖެ އާއި ލަންކާ ކުޅޭ މެޗު މާދަމާ ހަވީރަށް ފަސްކޮށްފި!

މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު މާދާމާ ރެއަށް ފަސް ކުރުމަށް ފަހު އަނެއްކާ މާދަމާ ހަވީރަށް ބަދަލުކޮށްފި އެވެ. ރޭ ކުޅޭ ގޮތަށް އޮތް މެޗު މާދާމާ ހަވީރަށް ފަސްކުރީ ކޮލަމްބޯ އަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސް ވުމުގެ ސަބަބުންނެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ ބޮޑު ސަރަހައްދަކަށް ރެޑް އެލާޓް ވަނީ ނެރެފައެވެ. ސްރީލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ރެޑް އެލާޓް […]
އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށަނީ!

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ޔުނިފޯމްގައި ބޮޑީ ވޯން ކެމެރާ ހަރު ކޮށް ބޭނުން ކުރަން ފަށާނެ ކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އަޕަރ ނޯތު ޕޮލިސް ރީޖަން އަދި ނޯތު ޕޮލިސް ރީޖަންގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެެވެ. ސީޕީ ވިދާޅުވީ ފުލުހުން މިހާރު އަމަލު […]
ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަނެއްކާވެސް ފަސްކޮށްފި!

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ ޓާމަށް ފަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. މިމަހުގެ 24 ވަނަ ދުވަހު ސެޓްލައިޓް ސުކޫލުތައް ހުޅުވުމަށް ކުރިން ގަސްތުކޮށްފައިވީ ނަމަވެސް ޓެސްޓު ކައިރިވެފައިވާތީ އެ ސުކޫލުތައް ހުޅުވުން ފަސްކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ. ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. އެ ދަރިވަރުންނަށް […]
މިސްކިތަށް ކުޑަކަމުދިޔަ މީހާ މިއަދު މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފި!

ނިމިދިޔަ އޮކްޓޯބަރ މަހު މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ މިއަދު މިސްކިތަކަށް ވަދެ ޚަތިމަށް ރަތްކުޅު ޖަހައިފިއެވެ. އެނގިފައިވާ ގޮތުގައި ރައީސް އޮފީސް ކުރިމައްޗަށާއި ބައެއް މިސްކިތްތަކަށް ކުރިން ކުޑަކަމުދިޔަ މި މީހާ، މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖަހާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އޭނާ ރަތްކުޅު ޖަހާފައިވަނީ މަސްޖިދުލް އިބްރާހީމް މިސްކިތުގައި ހުރި ޚަތިމަކަށެވެ. ޚަތިމަށް ރަތް ކުޅު ޖެހުމުން މިސްކިތުގައި ތިބިމީހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އޭނާ ވަނީ […]
ދީނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމްގެ ފިކުރު ދީނުގެ ނަމުގައި ފެތުރުން: ރައީސް

ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދީނުގެ ނަމުގައި ޓެރަރިޒަމްގެ ފިކުރު ފެތުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތޯބުގައެވެ. ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވަނީ އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން ކަމަށެވެ. މީގެ އިތުރުން ނިރުބަވެރި ފިކުރުތަކާ ދެކޮޅަށް […]
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށްފި!

ހދ. ކުޅުދުއްފުށި ސިޓީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށްފިއެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އެ ސިޓީގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ، ހިދުމަތް ދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިސްކޮށް ރައްޔިތުންނާ ގާތުން ޖަވާބުދާރީވުން މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިގެން ފޯރުކޮށްދެވޭ ހިދުމަތްދިނުމުގެ ނިޒާމެކެވެ. ކުޅުދުއްުފުށީގައި މި ހިދުމަތް ފައްޓަވައިދެއްވުމަށް […]