އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށަނީ!

Loading

Facebook
Twitter
WhatsApp

​އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ޔުނިފޯމްގައި ބޮޑީ ވޯން ކެމެރާ ހަރު ކޮށް ބޭނުން ކުރަން ފަށާނެ ކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

​އޭނާ މިހެން ވިދާޅުވެފައިވަނީ އަޕަރ ނޯތު ޕޮލިސް ރީޖަން އަދި ނޯތު ޕޮލިސް ރީޖަންގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެެވެ.

​ސީޕީ ވިދާޅުވީ ފުލުހުން މިހާރު އަމަލު ކުރަމުންދާ އާ ޤާނޫނުގެ ދަށުން ފުލުހުންގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށާއި އެގޮތުން ބޭނުން ކުރެވޭ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ މަގު ފަހި ކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

​މި ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި، ބޭނުންވާ ވަސީލަތްތައް ހޯދުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ހަމަ މިއާއެކު ފުލުހުންގެ ވަޒީފާއަށް އިތުރު މުވައްޒަފުން ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

​ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތައް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް