ރާއްޖެ އާއި ލަންކާ ކުޅޭ މެޗު މާދަމާ ހަވީރަށް ފަސްކޮށްފި!

Loading

Facebook
Twitter
WhatsApp

​މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު މާދާމާ ރެއަށް ފަސް ކުރުމަށް ފަހު އަނެއްކާ މާދަމާ ހަވީރަށް ބަދަލުކޮށްފި އެވެ.

​ރޭ ކުޅޭ ގޮތަށް އޮތް މެޗު މާދާމާ ހަވީރަށް ފަސްކުރީ ކޮލަމްބޯ އަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސް ވުމުގެ ސަބަބުންނެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ޤައުމުގެ ބޮޑު ސަރަހައްދަކަށް ރެޑް އެލާޓް ވަނީ ނެރެފައެވެ.

​ސްރީލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ރެޑް އެލާޓް ނެރުނީ ކޮލޮމްބޯ ހިމެނޭ ހުޅަނގު ޕްރޮވިންސާއި، ހުޅަނގު އުތުރު، ސަބަރަގަމުވާ އަދި އުތުރު ޕްރޮވިންސް ހިމެނޭ ސަރަހައްދުތަކަށެވެ.

​ފޯ ނޭޝަންސް ކަޕްގައި ކުޅެނީ ރާއްޖެ އާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެވެެ.

​މެޗު މާދަމާ ރެއަށް ފަސްކުރިކަން އިއުލާންކޮށް، ފުޓްބޯލް ސްރީ ލަންކާ އިން މިއަދު ހަވީރު އާންމުކުރި ޕޯސްޓުގައިވާ ގޮތުން ރާއްޖެ-ލަންކާގެ މެޗު އޮންނާނީ ލަންކާގެ ގަޑިން މާދަމާ ރޭގެ 9 ޖަހާއިރު އަދި ރާއްޖޭގެ ގަޑިން 8:30 ގަ އެވެ.

އެކަމަކު، ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ ކުޅެން ހަމަޖެއްސި ރާއްޖެ-ލަންކާގެ މެޗު މާދަމާ ހަވީރަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އޭނާގެ ޓްވީޓްގައިވާ ގޮތުން މެޗު ފަށާނީ ރާއްޖޭގެ ގަޑިން ހަވީރު 3:30 ގަ އެވެ. އެއީ ލަންކާގެ ގަޑިން 4 ޖަހާއިރެވެ.

​ރާއްޖޭން ވަނީ 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ 23 އަހަރުން ދަށަށް ހާއްސަ ކޮށްގެންނެވެ. އެ ފަހަރު ފައިނަލުގައި ރާއްޖެ މޮޅުވީ ޕާކިސްތާނާ ވާދަކޮށް 2-1 އިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް