”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށްޓަކައި، ޔޫއެންޑީޕީ މޯލްޑިވްސް، ރައްޔިތުންގެ މަޖިލިސް، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5ން 12އަށެވެ. މިއީ 25 އަހަރުން މަތީގެ އަންހެނުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ ޕްރޮގްރާމެކެވެ. […]

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ 9.15ން 15.00ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ލިބިއްޖެ

6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މާލޭގެ ހުރިހާ ހިސާބަކަށް މި ވަނީ ކަރަންޓު ލިބިފައެވެ. މިއަދު މެންދުރު 12.45 ހާއިރު މާލެއާއި ހުޅުމާލޭން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މެދުނުކެނޑި ސްޓެލްކޯއިން މަސައްކަތްކުރަމުން ދިޔައީ މައްސަލަ ހައްލުކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭ ސަރަހައްދުން އެއްކޮށް، މިހާ ގިނަ އިރަށް ކަރަންޓު ކެނޑުނު ފަހަރެވެ. […]

ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 35 މީހުން އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެނެސްފި

ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުންފެށި އޮޕަރޭޝަނުގައި 35 މީހުން އެ އިދާރާގެ ބެލުމުގެ ދަަށަށް ގެނެސްފިއެވެ. މޭ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 7.30ން 9.15އާާ ދެމެދު ހިންގި މި އޮޕަރޭޝަނުގައި ވަނީ މާލޭގައި ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ބަލައިފާސްކޮށްފައެވެ. މިގޮތުން ބަލައިފާސްކުރި ދެ ސަރަހައްދަކީ ހީނާމާގޭ ޕާކިންގ ސަރަހައްދާއި ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދެވެ. މި އޮޕަރޭޝަނުގައި 121 މީހުން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ […]

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ދެންމެ ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި މައްސަލަ ދެނެގަނެ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ. މިކަމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

އޯރިއޯ ޕުޑިންގ

1 ޕެކެޓް އޯރިއޯ1/2 ޖޯޑު ދިޔާ ކިރު އޯރިއޯގެ ކްރީމްތައް ނަގާފައި ވަކިން ބަހައްޓާށެވެ.އެއަށްފަހު ބިސްކޯދުތައް މުގުރާލާށެވެ.މުގުރާފައި ހުރި ބިސްކޯދުގެ ތެރެއަށް ކިރުފޮދު އަޅައިގެން މޮޑެލާށެވެ.އެއަށްފަހު ކުޑަ ތަބަކެއްގައި ފަތުރާލާފައި އާވިން ކައްކާލާށެވެ.ޕުޑިންގ ހިހޫވުމުން ކްރީމްކޮޅު އޭގެމަތީގައި ހާކާލާށެވެ.ބޭނުންނަމަ ދޮންކެޔޮ ފޮތިކޮށްފައިވެސް އަތުރާލެވިފާނެއެވެ. ނޯޓް: މިއީ ދެ މީހުންނަށް ފުދޭވަރުގެ ޕުޑިންގެކެވެ.ގިނަ މީހުންނަށް ތައްޔާރުކޮށްލާނަމަ ބޭނުންވާ ސާމާނު އިތުރުކޮށްލުމުން ރަނގަޅުވާނެއެވެ.

ޖަލުބަންދު ނޫން އަދަބުތައް ތަންފީޒުކުރުމަށް އެމްސީއެސްއާއި އައްޑޫ ސިޓީ ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އައްޑޫ ސިޓީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މޭ މަހުގެ 29ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އައްޑޫ […]

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޭ މަހުގެ 28 ވަނަ ދުވަހު ހިންގި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޝަރިފް އުއްދީން، ބަންގްލަދޭޝް (37އ) އާއި މަނިމަރަން ރަވީޗަންދްރަން، އިންޑިއާ (24އ) ކަމަށް އެ ޚިދުމަތުން ބުނެއެެވެ. ފުލުހުން ބުނީ، ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް […]

އެއްމިލިއަން ހަމަކުރުމަށްޓަކައި ބޭނުންވަނީ 49،788 ފަތުރުވެރިން

އެއްމިލިއަން ފަތުރުވެރިން ހަމަކުރުމަށްޓަކައި މިހާރު ބޭނުންވަނީ 49،788 ފަތުރުވެރިންކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000ށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 879,892 ފަތުރުވެރިންނެވެ. މި މޭ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 119,468 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ […]

މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ މޭ މަހުގެ 27ވަނަ ދުވަހު މިލަންދޫ ޕޮލިސްް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް […]