މެއިންޓަނަންސް މަސައްކަތެއް ކުރާތީ، މިރޭ ދަންވަރު ބީއެމްއެލް ޚިދުމަތް މެދުކެނޑޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިރޭ ދަންވަރު ޚިދުމަތް މެދުކެނޑިދާނެކަމަށް އެ ބޭންކުން ބުނެފިއެވެ. އިންޓަނެޓް ބޭންކިންގ، ބޭންކުގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ، ކާޑު، އަދި ޑޮލަރު ބުކިންގ ޕޯޓަލްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބީއެމްއެލުން ބުނެފައިވަނީ މިރޭ ދަންވަރު 2:00ން ފަތިހު 5:00އާ ދެމެދު 30 މިނެޓުގެ ވަގުތުކޮޅަކަށް ކަމަށެވެ. ބީއެމްއެލުން ބުނެފައިވަނީ، މަސައްކަތް ކުރުމަށްޓަކައި އެ ވަގުތު އިޚްތިޔާރުކޮށްފައިވަނީ، އެއީ ކަސްޓަމަރުން އެންމެ މަދުން […]

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒަމްޢަތު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް، ޒަމްޢަތު އަޙްމަދު ވަޙީދު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް ޒަމްޢަތު އައްޔަންކުރައްވާފައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. 2006ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ޒަމްޢަތުގެ ނަން ފާސްވީ 56 މެމްބަރުންގެ ވޯޓުންނެވެ. ޒަމްޢަތު ވަނީ އިސްލާމިކް ޔުނިވަރސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ […]

ލާމަރުކަޒީ ނިޒާމު އިސްލާހުކުރެވޭނީ ސަރުކާރާއި، މަޖިލީހާއި، ބޮޑު ދެ ޕާޓީ މަޝްވަރާކޮށްގެން: މެންބަރު ނަސީމް

ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެވޭނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ބޮޑު ދެ ޕާޓީ ގުޅިގެން މަޝްވަރާކޮށްގެން ކަމަށް، ތުލުސްދޫ ދާއިރާގެ މެންބަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، މިހާތަނަށް ތިން މަޖިލީހަކުން ވަނީ މި ގާނޫނަށް އިސްލާހުތަކެއް ގެނެސްފައި ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މި މައްސަލައަށް ހައްލެއް ފެނިފައިނުވާއިރު، އޭނާ ދެނެވަޑައިގަންނަވާ ގޮތަކީ މިގޮތަށް މަޝްވަރާކުރުން ކަމަށް ވިދާޅުވިއެވެ. ހަމައެކަނި ރައްޔިތުންގެ […]

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

Maldives Dhivehi News

މާލޭން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ. ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލޭން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 17ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، ޢާއިލާއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 16ވަނަ ދުވަހުގެ ރޭ ގޭން ނުކުތް ފަހުން އޭނާގެ ޚަބަރެއް […]

މަސްތުވާތަކެތި ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެންކަމަށް ސީޕީ ވިދާޅުވެއްޖެ

މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވޭނީ އެކަމަށްޓަކައި ހެދިފައިހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކޮށްގެން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ނަވީން ވިދާޅުވީ، މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މި ގޮތުން، އެމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމާއި، އެ ތަކެއްޗަށް އޮންނަ ޑިމާންޑް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އެއްވެސް ގޮތަކަށް ޑިމާންޑް އޮންނަ ކަމަށްވާނަމަ އެކަން […]

އެޑެކްސެލްއާއި އެޗްއެސްސީގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން އެދޭ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12.00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި ވެބްސައިޓް www.dpe.edu.mv އިން ފޯމު ލިބެން ހުންނާނެކަމަށާއި، އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ […]

ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު އާންމުކޮށްފި

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކޮށްފިއެވެ. ރިޕޯޓު އާންމުކޮށްފައި މި ވަނީ، އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސަށް ހުށަހެޅުމާއެކު، އެ ރިޕޯޓު އާންމުކުރަން އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ. އެ ކޮމިޝަނުން ނެރުނު […]

ޔޯގާ ދުވަހުގެ މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރަން ނިންމައިފި

21 ޖޫން 2022ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ފާހަގަކުރި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މިކަން ހާމަކޮށް، އެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ކަމުގައި ހިމެނޭ ބައެއް ފަރާތްތަކުން ދަޢުވާ މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވާކަމަށެވެ. މި ދަޢުވާ މުރާޖަޢާ ކުރުމަށްފަހު އެ އޮފީހުން ނިންމާފައިވަނީ، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ސީދާ ހަމަލަދީ […]

ޔުމްނުގެ މައްސަލާގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މުޢިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު، އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ. މި މައްސަލާގައި ފުލުހުންގެ ތަޙުޤީޤާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އެ މައްސަލަ ބެލުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސް އުފެއްދެވީ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. […]

ޔުމްނުގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ރައީސަށް ރިޕޯޓު ފޮނުވައިފި

މިދިޔަ އޭޕްރީލް 18ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ނިންމައި މިއަދު ރައީސަށް ފޮނުވައިފިއެވެ. މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛ ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރާއި، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު މުޙައްމަދާއި، ޑރ. މޫސާ މުރާދާއި، ޖަބީން މުޙައްމަދާއި، އާމިނަތު އީނާސްއެވެ. ކޮމިޝަންގެ ރައީސަކީ ޑރ. މުޙައްމަދު މުނައްވަރެވެ. މިއަދު އެ […]