”ޕަރާއޯ“ ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރަން ފޮނުވައިފި

މައްޗަންގޯޅިީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒް ކަޅުތުއްތު (36އ)ގެ މައްޗަށެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި […]

ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށްފަހު

ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު އޮންނާނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަންގާރަ ދުވަހު ވިދާޅުވީ، ޝައިޚު ފަރީދުގެ މައްޗަށް 13 ޖޫން ވާ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެއާޕޯޓަށް ފައިބާވަޑައިގަތްތަނުން ކުއްލިއަކަށް ހާލުކޮޅުދެރަވުމާއެކު ފަރުވާދެމުން […]

މޮނިޓަރިންގ ނިޒާމުގެ ތެރޭން 20 މީހަކަށް ލުއި ނުދޭން ޕީޖީން ނިންމައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭން، މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ބަންދަށް ލުއި ދިނުމަށް އެދުނު 20 މީހަކަށް ލުއި ނުދޭން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ބުނެފިއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދޭންފެށީ މޭ މަހުގެ 28ގައެވެ. ޕީޖީގެ ތަރުޖަމާނު އަޙުމަދު ޝަފީޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލުއި ދިނުމަށް އެދިފައިވާ މީހުންގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ. މި ތަފާސްހިސާބުތަކަށް […]

މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އާރްޓީއެލްގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން، މި ޖޫން މަހު ރ. އަތޮޅުގައި ޚިދުމަތް ފަށާއިރު، ޖުލައި މަހު ބ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އައިއިރު 9 އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން ވަނީ ގުޅައިލާފައެވެ. މިއީ […]

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ފަރުވާދިނުމަށް މިއަދު ހެނދުނު މައްޗަންގޮޅީ ގެއަކުން މީހަކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާއި، ނަމަވެސް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތުލުސްދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށަނީ

ކ. ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޖުމްލަ 101.71 މިލިއަން ރުފިޔާއަށް، މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ ދަށުން، 1،729.12 އަކަފޫޓުގެ ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރާނެއެވެ. މީގެ އިތުރުން، ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް […]

މުވައްޒަފުން ވަކިކުރީ މަސައްކަތެއް ނެތިފައި ތިބުމުން: ފެނަކަ

ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ހއ. ހޯރަފުށީގައި ހަދަމުން އަންނަ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާކަމަށާއި، މުވައްޒަފުުން ވަކިކުރީ ކުރާނެ މަސައްކަތެއް ނެތިފައި ތިބުމުން ކަމަށް، ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފިއެވެ. ފެނަކައިން މިހެން ބުނެފައި މި ވަނީ، ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތަށް ނަގާފައިވާ ދާއިމީ މުވައްޒަފުން ވަކިކުރާތީ އެކަން ކުށްވެރިކޮށް، ހޯރަފުށީ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ އެހީއާއެކު، އެ ކުންފުންޏާއި […]

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މި ސަމާލު ފުރަތަމަ ނެރެފައިވަނީ ރޭ ދަންވަރު 1.00ން ފެށިގެން ހެނދުނު 7.00އާ ހަމައަށެވެ. ނަމަވެސް މިއަދު ހެނދުނު 8.30ން ފެށިގެން 14.30ގެ ނިޔަލަށް ވަނީ މި ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން އޭރު ލަފާކޮށްފައިވަނީ އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ޙަމީދު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވައި، އެ ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަދުވަހުއެވެ. މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާމެދު ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ. 7 ފަނޑިޔާރުންގެ މައްޗަށް […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ޙަމީދު އައްޔަންކުރެއްވުމާމެދު މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަދުވަހުއެވެ. މުޙައްމަދު ސަލީމާއި ޢަބްދުﷲ ޙަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާމެދު ރުހުން ދީފައިވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި މެންބަރުންގެ އިއްތިފާޤުންނެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓުގެ ބެންޗުން […]