އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ސައިކަލުގައި ބުރިޖުން ދަތުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އުދައަރާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވާތީ، އެ ވަގުތުގެ ތެރޭގައި ބުރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރުފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. މިއަދުގެ 13.30ން 17.00އާ ހަމައަށް މުޅި ރާއްޖެއަށް އުދައަރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ދަނީ އުދައަރަމުންދާ ދުވަސްވަރެކެވެ.
ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށައިފި

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ. ކަރަންޓު ކެނޑުމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލައި، ޚިދުމަތްދެމުން ގެންދިޔައީ ހިޔާ ފުލެޓު 16ގައި ހުންނަ ހިޔާ ކްލިނިކުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ކަރަންޓު ކެނޑުމަށް ދިމާވެފައިވަނީ ހޮސްޕިޓަލުގެ މައި ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ހައްލުކުރެވި، އަލުން ޚިދުމަތް ފެށިފައި […]
ފައިނު އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ކުޑަކުއްޖަކު މާލެ ގެނެސްފި

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބޮޑު މީހަކާއި ސްކޫލް ދަރިވަރަކު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެކްސިޑެންޓުވި ދެ މީހުންގެ ތެރޭން އެކަކުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އަނެއް މީހާއާއި ކުޑަ ދެ ކުދިންނަށްވެސް އެކިވަރުގެ ބޮޑެތި އަނިޔާތައް ވެފައިވެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަންތިބީ […]
ފަސް އަހަރު ކުރިން ގެއްލުނު ނަޞްރުﷲގެ މައްޗަށް މިއަދު ކަށުނަމާދު ކުރަނީ

މީގެ ފަސް އަހަރު ކުރިން ކަނޑުމަތީގެ އެކްސިޑެންޓެއްގައި ގެއްލުނު، ބ. އޭދަފުށީ މުޝްތަރީގޭ ނަޞްރުﷲ ޢަބްދުﷲގެ މައްޗަށް، ޖޫން 27ވާ ހުކުރު ދުވަހު ޣައިބަށް ކަށުނަމާދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހުކުރު ނަމާދަށްފަހު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުށީ މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީނުގައާއި، މަސްޖިދު ޔޫސުފުގައާއި އަދި މަސްޖިދު މުޙައްމަދު ޢަލީގައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަޞްރުﷲ ގެއްލިފައިވަނީ އޭނާގެ އަންހެނުންގެ ދެ ބޭބެއާއެކު ބ. ދަރަވަންދޫން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، […]
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަރމަންޓް ހަބެއް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަރމަންޓް ހަބެއް ހެދުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުދަ ދުވަހު އޮތް މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް ޢިއްޒުއްދީން ޢަދުނާނެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީއެވެ. މިނިސްޓްރީ އޮފް އިސްލާމިކް […]
ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އެ ރަށު ސޯސަންމަގުގައި ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އަދި މި ސައިކަލު ދުއްވަންތިބީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ރ. ފައިނު ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބިފައިވެއެވެ.
ޖޫން 26ގައި ސަރުކާރު ބަންދު ނަމަވެސް މާލޭ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ހިޖުރީ އާ އަހަރު ފެށުމާ ގުޅިގެން ޖޫން 26ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވީނަމަވެސް، މާލޭ ސަރަހައްދުގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މިގޮތުން ޚިދުމަތްދޭނެ ވަގުތުތަކަކީ: މީގެ އިތުރުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަންގެ ”އޮޕަރޭޝަން ހަމަމަގު“ އައްޑޫ ސިޓީގައި ފަށައިފި

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ”އޮޕަރޭޝަން ހަމަމަގު“ އައްޑޫ ސިޓީގައި ފަށައިފިއެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން، ކޮންމެ މުއައްސަސާއަކުން 25 އޮފިސަރުން ބައިވެރިވެއެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ބަލައިފާސްކުރާނެއެވެ. މި އޮޕަރޭޝަނުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަޞީޙާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ އިތުރުން މިފަދަ އޮޕަރޭޝަންތަކުގެ […]
ލޭންޑިންގ ކްރާފްޓް ހާދިސާގައި ވޮރަންޓް އޮފިސަރު 2 ޙާމިދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހައިލި ހާދިސާގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ފުން ހިތާމައެއް ކަމަށެވެ. ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައި ކަމަށާއި، އޭނާ އަވަހާރަވީ ޤައުމީ ޚިދުމަތުގައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން […]
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހައިލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ

މިއަދު ހެނދުނު ޅ އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހައިލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ސިފައިންގެ މީހަކު ނިޔާވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، އުޅަނދުން ދަތުރުކުރި މީހުންގެ ތެރޭން ދެ މީހަކު ގެއްލުނުކަމުގެ މަޢުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިފައިވާކަމަށެވެ. އަދި އޭނާ ފެނުމާއެކު، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށެވެ. […]