ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ތިން މެންބަރަކު އައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް، އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވި ބޭފުޅުން ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ […]

ލިބުނު މަޢުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ

ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލޭ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ދަނީ ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް އަދި ނުރައްކަލެއް ފާހަގަވެފައި ނުވާކަމާއި، އާދައިގެމަތިން ކިޔަވައި ދިނުމުގެ ކަންކަންވެސް މެދުނުކެނޑި އެ ސްކޫލުގައި ކުރިއަށްދާކަން ވަނީ އެނގިފައެވެ.

”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ޤައުމީ ތަރައްޤީއަށް ކަނޑައަޅާފައިވާ ޕްލޭން ކަމަށްވާ ”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުކުރުން ފަށައިފިއެވެ. މި ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ރަށެއްގެ ގޮތުގައި ގޮސްފައިވަނީ މާލެއަތޮޅު ގުރައިދުއަށެވެ. މި ދަތުރުގައި އެރަށު ކައުންސިލާ ބައްދަލުކޮށް، ރަށުގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތާއި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ގެނުވާނެ ކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ދަތުރުތަކުގެ މަގުސަދުތަކުގެ ތެރޭގައި، އެ […]

އައްޑޫ ސިޓީގައި ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ފިހިގެން ފަރުވާދެނީ

އައްޑޫ ސިޓީގައި ރޭ މެންދަމު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ފިހުނު މީހަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.  އުމުރުން 33 އަހަރުގެ މި މީހާގެ ފުރާނައަށް ނުރައްކާ ނުވިނަމަވެސް، ކަނާތާއި ވާތުފައި ފިހިފައިވާތީ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.  ރޭ މެންދަމު 2.30ހާއިރު އައްޑޫ ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ފެނަކައިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލެއް ބުރިކުރުމުގެ ސަބަބުން […]

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނައަށް ބޮޑުކުރަނީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބަޖެޓު އަންނަ އަަހަރުން ފެށިގެން ދެގުނައަށް ބޮޑުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާން ކުރައްވައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، 2026ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން އަންހެނުންގެ ކޮމިޓީގެ ބަޖެޓަށް މުހިންމު ދެ ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން، ކައުންސިލުގެ ބަޖެޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ބައި 10 އިންސައްތައަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކައުންސިލުގެ ބަޖެޓުން […]

އައްޑޫ ސިޓީގެ ރައްޔިތުން ކަނު އަނދިރީގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނިޒާރު

އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ގޮތްގޮތުން ފެނަކައިގެ އިސް ވެރިންނާ ވާހަކަދެކެވިއްޖެ ކަމަށެވެ.  މިކަން ހައްލުކުރުމަށް އެ ބޭފުޅުން އެކި ފަހަރު މަތިން އެކި ތާރީޚުތައް ދެއްވާފައި ވީނަމަވެސް، މިހާތަނަށް މި ކަމަށް […]

ހައިވޭގައި ލޮރީއެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ލޮރީއެއް ފުރޮޅާލައިފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ލޮރީގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑަރގައި ޖެހިގެން ކަމަށެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12.40ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ނަމަވެސް ޕިކަޕަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެ ޕިކަޕު، ކާރެއްގައިވެސް ޖެހުނު ކަމަށާއި، ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުލިބޭ […]

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަން އިޢުލާންކުރި މީހާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، އަތޮޅުތެރޭގެ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މަޢުލޫމާތު ދީފައިވާކަމަށެވެ. އޭނާ ހޯދަންފަށާފައިވަނީ ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މި މަހުގެ 04ވަނަ ދުވަހު ޢާއިލާއިން އަންގާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ މިހާރު ފެނިފައިވާއިރު، ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅޭ ބ. ކެންދޫ މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، ‏ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ‏ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ޝަހުމުﷲ ސާޖިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު […]

އަހަރެންގެ ބަނޑު

އަހަރެންގެ ބަނޑުލާފައި ހުންނާތީ ވަރަށް ގިނަ ބަހުގެ ގޯނާތަކާ ދިމާވިއެވެ. އޭރު އެކަމާ ވަރަށް ރުޅިވެސް އާދެވެއެވެ. އެހެންޏާފަހެއެވެ. މިއުޅޭ ”އާންޓީމެން“ ނުބެހޭކަށް ކަމެއްވެސް ނޯވެއެވެ.  އެއްފަހަރަކު އަހަރެން މަސައްކަތްކުރި ފިހާރައަކަށް ކޮންމެ ދުވަހަކު އަންނަ ”އާންޓީ“އެއް އެހިއެވެ. ”ވިހަނީ ކޮންއިރަކުންހެއްޔެވެ؟“ ކިތަންމެ ރުޅިއެއް އަޔަސް އަހަރެންގެ ކަސްޓަމަރެއް ވިއްޔާއެވެ. ޖެހުނީ ހައްޕު ކިޔައިގެން ހުންނާށެވެ. އޭރު ފެންނަ ކޮންމެ މީހަކުހެން އަހަރެންގެ ބަނޑާ ބެހެއެވެ. ބަނޑޭ ކިޔާފައި އެއްޗެއް ބުނެނުލައި ދެވޭ ކަމަކަށް ނުހަދައެވެ. ބައެއް […]