ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް

ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްވީ ކްރައިސިސްއިން ޕޯސްޓުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި، އެތަނުގެ އެތެރޭގެ ތަނެއްގައި ދަނީ ވަރަށް ގަދައަށް ހުޅުހިފައި އަނދަމުންނެވެ. މަންޒަރު ފެންނަގޮތުން، ހުޅު ހިފާފައިވަނީ އެ އިމާރާތުގެ ބިއްދޮށު ފަޅީގައި ހުރި ތަނެއްގައެވެ. ކުރިން ނަސަންދުރަ ޕެލަސް ހޮޓެލްގެ ނަމުގައި ހިންގި އިމާރާތް ހުރި ބިމުގައި މިހާރު ހުޅުވާފައިވާ ބާސެލޯ ނަސަންދުރައަކީ 126 ކޮޓަރިއާއި 118 ސަރވިސް އެޕާޓްމަންޓް ހިމެނޭ، 5 ތަރީގެ ލަގްޜަރީ ހޮޓަލެކެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ޓޯ ކުރަނީ

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ. ޓޯ ކުރަމުންދަނީ އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ހުރި އުޅަނދުތަކާއި ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިއީ، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމާއެކު މިފަދަ ގޮތްގޮތަށް އުޅަނދުތައް ޕާކުނުކުރުމަށާއި އަދި، ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އުޅަނދުތައް ދުއްވާ […]
މީޑިއާ ބިލު ތަޞްދީޤު ނުކުރެއްވުން އެދި އެމްއެމްސީން ރައީސަށް ސިޓީއެއް

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަޞްދީޤު ނުކުރެއްވުން އެދި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. މި ކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ، ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަޖިލީހުން ބިލު ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ. ރައީސަށް ސިޓީ ފޮނުވީ އެ ބިލަކީ މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލެއް ކަމަށް ދެކޭތީ ކަމަށް […]
ސިވިލް ސަރވަންޓުން މޫނުބުރުގާ އެޅުން ހުއްދަކޮށްފި

ސިވިލް ސަރވަންޓުންނަށް މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުކުމެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ. ސިވިލް ސަރވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސަރވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން، ޚިދުމަތް ދިނުމުގައި މުވައްޒަފުން ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް ބުނެފައިވެއެވެ. […]
މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ ގެއެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 7.22ގައި ކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، އެ މީހާގެ ކަރަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން ދާކަމަށެވެ.
ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ޞައްޙަ ވިސާ ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ހީނާމާގެ ޕާކިންގ ސަރަހައްދުގައި މި މަހުގެ 14ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 19 ބިދޭސީން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކުވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ […]
ފުށިދިއްގަރު ފަރަށް އުރުނު ލޯންޗަކުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި

ރޭ ދަންވަރު ފުށިދިއްގަރު ފަރަށް އުރުނު ލޯންޗަކުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. ފުލުހުން ބުނީ، 8 މީހުންނާއެކު ދަތުރުކުރި މި ލޯންޗު ފަރަށް އުރިފައިވަނީ ރޭ ދަންވަރު 12.45ހާއިރު ކަމަށެވެ. މި ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްތެރިކަމާއެކު މާލެގެނެވިފައި ވާކަމަށާއި، ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެއެވެ. އުރުނު ލޯންޗުގެ ވެރިފަރާތުން ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
ޞައްޙަ ނޫން ސްލިޕްތަކެއް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ޞައްޙަ ނޫން ބޭންކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ، މުޙައްމަދު ޝާރިފް (37އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި، މި މަހުގެ 12ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ، ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަތުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކިކަމަށް ބުނެ ޞައްޙަ ނޫން ސްލިޕް ފޮނުވާކަމުގެ ތުހުމަތުގައި ކަމަށެވެ. މިހާތަނަށް ބެލިބެލުމުން، ޞައްޙަ ނޫން […]
ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، މި ލޯނު ސްކީމްގެ މަގުސަދަކީ، ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގެ […]
ވީއައިއޭގެ އާ ޓަރމިނަލް ކުރިމަތީގައި އޮތް ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓަރމިނަލް ހުޅުވުމަށްޓަކައި ޖުލައި 17އިން ފެށިގެން ބަންދުކުރި ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފިއެވެ. އޭރު ބަންދުކުރިފަހުން އެ ޒޯނު ހުޅުވާފައި ނުވާތީ، އެއާޕޯޓުގެ މުވައްޒަފުންވެސް ޑިއުޓީއަށް ގޮސްއައިސްވުމަށް މިހާރު ދަތުރުކުރަންޖެހެނީ ފެރީގައެވެ. މިކަމާ ގުޅިގެން، ސެޕްޓެންބަރު 11ވަނަ ދުވަހު އެމްއޭސީއެލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާ ޓަރމިނަލުގެ އުތުރު ފަރާތުގައި އޮންނަ ޕާކިންގ ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫންކަމަށާއި، އެހެންކަމުން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް، […]