މުޖުތަމަޢުގެ އިޞްލާޙަށްޓަކައި މުސްލިމް ޤައުމެއްގެ ވެރިންގެ މަސްއޫލިއްޔަތުގެ ބޮޑުކަން

އިންސާނުންނަކީ އެބައިމީހުންގެ ޠަބީޢަތުގައި އެކުލެވިގެންވާ ބަލިކަށި ސިފަތަކުގެ ގިނަކަމާހުރެ، ފިސާރިއަވަހަށް ހެޔޮމަގުން އެއްކިބާވާ ބަޔެކެވެ. އެންމެބޮޑު ސަބަބަކީ، ޝައިޠާނާގެ ވަސްވާސްތެރިކަމާއި، އަމިއްލަ ނަފުސުގެ އެދުންތަކަށް އިޖާބަދިނުން ބޮޑު ބަޔަކަށްވުމެވެ. މީގެއިތުރަށް ޠަބީޢަތުގައި ލައްވައިފައިވާ ތަފާތުގެ ބޮޑުކަމާހުރެ، ރަނގަޅާއި ނުބައި ކަނޑައެޅުމުގައި ދެމީހަކު އެއްގޮތް ނުވުމެވެ. ކަންމިހެން ހުރުމާއެކު، އިންސާނުން އަމިއްލައަށް އެބައިމީހުންގެ ދިރިއުޅުން ބިނާކުރާނެ މަންހަޖު އެކުލަވައިލާނަމަ، މެދުވެރިވާނެ މައްސަލަތައް އެއީ ވަޒަންކޮށްލަންވެސް ފަސޭހަ ކަމެއްނޫނެވެ. އިލާހީ މަންހަޖާނުލައި އިންސާނާގެ ދިރިއުޅުން ސިފަކުރަން އެންމެ އެކަށީގެންވަނީ، ހުންގާނެއްނެތި، […]