ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެ

ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ޒަހަމްވެއްޖެ އެވެ. މިކަން ހިނގާފައި ވަނީ ފިލިޕީންސްގައެވެ. ދަރިވަރަށް އަނިޔާވީ ނިއްވާލަމުންދިޔަ މަތިންދާބޯޓެއްގެ އިންޖީނެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، މިހާރު ސާޖަރީތަކެއް ހަދަމުން އަންނަ ކަމަށް އެ ގައުމުގައި ކިޔަވަން ހުރި އެހެން ދަރިވަރަކު ބުންޏެވެ. އޭނަ އާއި އެކީގައި ކިޔަވާ ދަރިވަރަކު ބުނީ އަނިޔާ ލިބުނު ދަރިވަރު ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް. ހާލަތާ ގުޅޭ […]
އެމެރިކާ-އީރާނުގެ އާ ނިއުކްލިއާ މަޝްވަރާތައް ކާމިޔާބުވުމުގެ ފުރުސަތެއް އެބައޮތް ހެއްޔެވެ؟

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ ނަމުން މަޝްހޫރުވެފައިވާ 2015 ވަނަ އަހަރުގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަކީ އެ ގައުމުގެ އޭރުގެ އެންމެ ބޮޑު ޑިޕްލޮމެޓިކް ކާމިޔާބީގެ ގޮތުގައި ސިފަކުރެވުނެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ގޯސް އެއްބަސްވުމެއް ކަމަށް އެތައް އަހަރެއް ވަންދެން އޮތް ފަދައިން، އަމިއްލަ އަށް އެއަށް ވުރެ ރަނގަޅު ކަމެއް ކުރެވިދާނެ ކަމަށް ވިދާޅުވެ، އެ ގައުމުން […]
އިޤްތިޞާދީ ހަނގުރާމަ: ޗައިނާއިން އެމެރިކާއިން ނަގާ ޓެރިފް 125 އިންސައްތައަށް ބޮޑުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޗައިނާއިން އެމެރިކާގެ ހުރިހާ މުދަލަކުން ނަގާ ޓެރިފް 84 އިންސައްތައިން 125 އިންސައްތައަށް ބޮޑުކުރަން ނިންމައިފިއެވެ. ޗައިނާގެ އިމްޕޯޓުތަކަށް އެމެރިކާއިން ނަގަމުން އަންނަ ”ރެސިޕްރޯކަލް“ ޓެރިފްއާ މިހާރު އާ ޓެރިފް އެއްވަރުވެފައިވާއިރު، ޗައިނާއިން ބުނެފައި ވަނީ އެ ޓެރިފް އެއަށްވުރެ މައްޗަށް ނުދާނެ ކަމަށެވެ. އަދި އެމިރިކާއިން މަތިކުރާވަރަކަށް އެގައުމުންވެސް މަތިކުރާނެކަމަށް އަންގާފައެވެ. އެމެރިކާއިން މީގެ ކުރިން ޗައިނާއަށް ނަގަމުން އައި ޓެރިފްތައް ބާލާނަމަ، އިމްޕޯޓް ކުރާ މުދަލުން މިހާރު ނަގާ […]
ޓްރަމްޕްގެ ޓެރިފް މެދުކަނޑާލުމުން ދުނިޔޭގެ ހިއްސާގެ ބާޒާރު ރަގަޅުވާން ފަށައިފި

މީގެ އެއް ދުވަސް ކުރިން ނަގަން ނިންމި ބޮޑެތި ޓެރިފްތައް މަޑުޖައްސާލަން ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާ އެކު ދުނިޔޭގެ ބާޒާރުތަކަށް ލުޔެއް ލިބިއްޖެއެވެ. މިދިޔަ ބުދަ ދުވަހު އިއުލާނުކުރި 90 ދުވަހުގެ މެދުކެނޑުމަކަށް ފަހު، މާލީ ބާޒާރުތައް ވަރަށް ބޮޑަށް ދަށަށް ގޮސް، އެމެރިކާގެ ބޮންޑް ޔީލްޑް އިތުރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންވެސްޓަރުން ނުތަނަވަސްވި އެވެ. އޭޝިއާ އާއި ޔޫރަޕްގެ ހިއްސާގެ ބާޒާރުތައް ބުރާސްފަތި ދުވަހު ވަނީ އުފުލިފަ އެވެ. ލަންޑަންގެ އެފްޓީއެސްއީ 100، […]
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިވަޕޫލް އެފްސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިލެއްވުމަށްފަހު މާލެއަށް ވަޑައިގެންފިއެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ ވަޑައިގަންފައެވެ. ލިވަޕޫލް އެފްސީއާ އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މިދިޔަ މަހުގެ […]
ޓްރަމްޕްގެ ޓެރިފްގެ ސަބަބުން އެމެރިކާގެ ހިއްސާގެ ބާޒާރު ދަށަށް ހިނގައްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އެމެރިކާގެ ހިއްސާގެ ބާޒާރަށް މިއަދު ކުރިމަތިވި އެންމެ ގޯސް ދުވަހަކީ ޑައު ޖޯންސް އިންޑަސްޓްރިއަލް އެވްރެޖް ގާތްގަނޑަކަށް 1،700 ޕޮއިންޓް ދަށަށް ގޮސް، 3.9 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު، އެސްއެންޑްޕީ 500 އަދި ނެސްޑެކް 4.8 ޕަސެންޓް އަދި ނެސްޑެކް ވަނީ 6 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެސްއެންޑްޕީ 500 ގެ މާކެޓް ވެލިއުއިން ގާތްގަނޑަކަށް 2.5 ޓްރިލިއަން ޑޮލަރު ވިއްކާލުމުގެ ސަބަބުން އެމެރިކާގެ ހުރިހާ ވިޔަފާރީގެ ބައިވެރިންގެ […]
ޔޫރަޕުން ޓްރަމްޕަށް އިންޒާރު ދީފި: ޓެރިފްތަކަށް ބަދަލު ހިފުމުގެ ވަރުގަދަ ޕްލޭނެއް އެބައޮތް

ޑޮނަލްޑް ޓްރަމްޕް ޓެރިފް ބޮޑުކުރުމާ ގުޅިގެން ޔޫރަޕުން އެމެރިކާއަށް ރައްދު ދިނުމުގެ ވަރުގަދަ ޕްލޭނެއް އެބައޮތް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. ހަފުތާތަކެއް ވަންދެން ޓްރަމްޕް ގެންދަވަނީ އެޕްރީލް މަހުގެ 2 ވަނަ ދުވަހަކީ އެމެރިކާގައި ”ލިބަރޭޝަން ޑޭ“ ގެ ގޮތުގައި ޕްރޮމޯޓް ކުރައްވަމުން ނެވެ. ދަގަނޑު، އެލުމިނިއަމް އަދި ކާރުގެ ހުރިހާ އިމްޕޯޓުތަކުން ނަގާ ޓެރިފް ވަރަށް ބޮޑަށް ބޮޑުކުރަން އެމެރިކާއިން ވަނީ މީގެ ކުރިން ވެސް އިއުލާނުކޮށްފަ އެވެ. ޔޫރަޕިއަން ޔޫނިއަންގެ […]
އެމެރިކާ އަދި އިރާނުގެ މައްސަލަ، އިރާނަށް ހަމަލާއެއް އަތުވެދާނެތަ؟

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކަށް އީރާނުން ތާއީދުކުރުމުގެ ސަބަބުން އެމެރިކާއާއި އީރާނާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މި ހަމަނުޖެހުންތަކުގެ މައިގަނޑު އަސާސަކީ އިރާނުގެ ޔޫރޭނިއަމް ފައްކާކުރުން ކަމާއި، މިހާރު ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް 60 އިންސައްތަ ފައްކާކުރިކަމަށް ލިބިފައިވާ ރިޕޯޓްތަކުގެ ސަބަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އާ ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލުމަށް ގޮވާލައި، އީރާނުން ދެކޮޅު ހަދައިފިނަމަ އަސްކަރީ ފިޔަވަޅު […]
ހޫތީންގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާތައް ވަރުގަދަކޮށްފި

އިއްޔެ އެމެރިކާއިން ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ވަރުގަދަކޮށްފައެވެ. މިކަމުގެ ސަބަބުން ޔަމަނުގެ އެތެރޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްފައެވެ. މީގެ ތެރޭގައި ކާބޯތަކެތި ލިބުމުގެ ދަތިކަމާއި ސާފު ބޯފެން ލިބުން ހިމެނެއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހޫތީން ދެމުންގެންދާ ހަމަލާތަކުގެ އެންމެ ފަހުގެ ހަމަލާ އަމާޒުވެފައިވަނީ ރަތް ކަނޑުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށާއި އިސްރާއީލުގެ ތަންތަނަށް ކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ. އެމެރިކާއިން ދިންހަމަލާތަކާއި ގުޅިގެން، ޔަމަނުގެ ހޫތީން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި […]
ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި

ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން މިހާތަނަށް ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ އަދަދަކީ އާއްމުކޮށް މާރުކުރާ ވަރަށްވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް ފަރާތްތަކުން އެގޮތަށް އަމަލުކުރާ ކަމަށް ވިދާޅުވި އެވެ. ”ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިއްޔާ [ގާނޫނު ތަންފީޒު ކުރާނަން]، އެފަރާތްތަކާ […]