​ވެކްސިންގެ ދެވަނަ ޑޯސް 34،000އަށް ވުރެ ގިނަ މީހުންނަށް ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް 34،000 މީހަކު ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އިއްޔެ، ވެކްސިން ދިން މީހުންގެ ތެރެއިން 3901 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1660 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. މިއަދު ހުކުރު ދުވަސްކަމުން މާލެ ސަރަހައްދުގައި ވެކްސިން ސެންޓަރުތައްވަނީ ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް