ސްއޭޒް ކެނެލްގައި ދަތުރުކޮށްފައި ދަނިކޮށް މޫސުންގޯސްވެ ޠޫފާނަކާ ކުރިމަތިވުމުގެ ސަބަބުން ސުއޭޒް ކެނެލްތެރެއަށް ހުރަސްވެ ބީހުނު ކޮންޓޭނާ އުފުލާ އާގު ބޯޓު ފުންކޮށްފިއެވެ.
ސުއޭޒް ކެނަލް ބަންދުވެ ދަތުރުނުކުރެވުމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމާ ވަނީ ކުރިމަތިވެފައެވެ. ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ސުއޭޒް ކެނަލް ބަންދުކޮށްފައި އޮންނަ ކޮންމެ ގަޑިއެއްގައި 400 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހެއެވެ.
ޔޫޕާއި އޭޝިއާއާ ދެމެދު ކަނޑު ދަތުރުކުރަން އޮންނަ ދިގު މަގު އެންމެ ބޮޑަށް ކުރުކުރެވެނީ ސުއޭޒް ކެނެލް ތެރެއިން ދަތުރުކޮށްގެންނެވެ.
ދިގުމިނުގައި 400 މީޓަރު ހުރި އާގު ބޯޓު އެވަރ ގްރީން ސުއޭޒް ކެނެލް ތެރެއަށް ހުރަސްވެ، ސުއޭޒް ކެނެލް ތެރެއިން ދަތުރު ކުރާނެ މަގު ބަންދުވީ އަންގާރަދުވަހުން ފެށިގެންނެވެ.
ސުއޭޒް ކެނެލްއަކީ އޭޝިޔާ އާއި ޔޫރަޕާ ދެމެދު ވިޔަފާރި ކުރާ ބޯޓުފަހަރު މުދާ އެތެރެކުރާ މައި މަގެވެ. ސުއޭޒް ކެނަލް، ޔޫރަޕާއި ވެސްޓަން ޕެސިފިކާއި އިންޑިޔާ ކަނޑު ގުޅުވައިދެއެވެ. ދިގުމިނުގައި 193 ކިލޯމީޓަރު ހުރި ސުއޭޒް ކެނަލް ގެ ސަބަބުން ވިޔަފާރި ކުރާ ބޯޓުފަހަރު އެފްރިކާ ވަށާލާފައި ދަތުރުކުރާކަށް ނުޖެހެއެވެ.
ސުއޭޒް ކެނެލް 1896ގައި ހުޅުވިފަހުން، ސުއެޒް ކެނަލްއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އާގުބޯޓުފަހަރު ދަތުރުކުރާ މައިމަގެވެ.
އެވަ ގްރީން ނަމަކަށް ކިޔާ ތައިވާނުގެ ބޯޓެއް މި ކެނަލް ތެރެއަށް ހުރަސްވެ ތާށިވުމާ ގުޅިގެން މި މަގުން އެހެން ބޯޓުފަހަރަށް ދަތުރު ކުރުމުގެ މަގު ވަނީ ވަގުތީ ގޮތުން ބަންދުވެފައެވެ.
ބޯޓު ފުންކުރެވުނަސް ސުއޭޒް ކެނެލް އާންމު ދަތުރުތަކަށް ހުޅުވާލާނެ ދުވަހެއް އަދި ނޭނގެއެވެ.