މީސްމީޑިއާ ކޮންޓްރޯލުކުރުމަށް އިންޑިއާއިން އައު ގަވައިދުތަކެއް އެކުލަވާލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ފޭސްބުކް، ވަޓްސްއެޕް އަދި ޓްވިޓާ ފަދަ މީސްމީޑިއާތަކުގައި މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ކޮންޓްރޯލްކުރުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައު ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ މަތިން ހިންގާ ކަމެކެވެ.

އިންޑިޔާއިން މި ގަވައިދު ތަންފީޒުކުރަން ގަސްތުކުރާކަމަށް އިއުލާނުކޮށްފައި ވަނީ ދާދިފަހުން އެ ގައުމުގެ ދަނޑުވެރިން ހިންގި މުޒާހަރާތަކުގެ ސަބަބުން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މުޅި ދުނިޔޭންވެސް އެންމެގިނައިން ފޭސްބުކާއި ވަޓްސްއެޕް ބޭނުންކުރާ އެއް ގައުމަކީ އިންޑިޔާއެވެ. އެހެންކަމުން އިންޑިއާގެ ސަރުކާރުން އަލަށް ތަންފީޒުކުރުމަށް ނިންމާފައިވާ މި ގަވާއިދަށް ބޮޑު އަހަންމިޔަތުކަމެއް ދޭނެކަމުގައި މި ދެ ކުންފުނިންވެސް ވަނީ ހާމަކޮށްފައެވެ. އިންޓަރމީޑިއަރީ ގައިޑްލައިންސް އެންޑް ޑިޖިޓަލް މީޑިއާ އެތިކްސްގެ ނަމުގައި އިފްތިތާހު ކޮށްފައިވާ މި ގަވައިދުތަކުގައި ވާގޮތުން މީސްމީޑިއާ ޕްލެޓްފޯމުތަކުގައި ހުންނަ ޕޯސްޓުތައް ކޮންޓްރޯލުކުރުމަށް އިތުރަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެގޮތުން ޕޯސްޓެއް ޑިލީޓް ކުރުމަށް ސަރުކާރުން އަންގާތާ 36 ގަޑިއިރުތެރޭގައި އެކަން ކުރުން މަޖުބޫރު ވާނެއެވެ. އަދި ސައިބާރ ސެކިއުރިޓީގެ ގަވައިދަކާއި ޚިލާފުވާ މައްސަލައެއްގެ ޝަކުވާ ލިބޭތާ 72 ގަޑިއިރު ތެރޭގައި އެކަމެއް ހައްލުކުރަން ޖެހޭނެ ކަމަށްވެސް އެގަވައިދުގައިވެއެވެ. މީގެއިތުރުން ޕޯސްޓަކުން ބަދުއަޚްލާޤީ އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ 24 ގަޑިއިރުތެރޭގައި އެޕޯސްޓެއް ޑިލީޓުކުރަން ޖެހޭނެއެވެ. އިންޑިޔާގެ އައިޓީ މިނިސްޓަރ ރަވީ ޝަންކަރް ޕްރަޝާދް ވިދާޅުވިގޮތުގައި މިގަވައިދުގެ ދަށުން ޑިލީޓުކުރެވޭ ޕޯސްޓު ކުރިފަރާތުގެ ނަން ހާމަކުރުމަށް ސަރުކާރުން އަންގައިފިނަމަ އެ އަމުރަށް ތަބާވުންވެސް ލާޒިމުވާނެއެވެ.

ފޭސްބުކުން މިގަވައިދުތައް ތަންފީޒުކުރުމަށް ފަސްނުޖެހޭނެކަމަށް ބުނެފައިވާއިރު ވަޓްސްއެޕުން އަދި މިކަމާބެހޭ އެއްވެސް މައުލޫމާތެއް ދީފައެއްނުވެއެވެ. އަދި ޓްވިޓާރއިން ވަނީ މި ގަވައިދުތައް އިތުރަށް ބެލުމަށްފަހު ޓްވިޓާރގެ ޕޮލިސީ ތަކާއި ޓްވިޓާރ ބޭނުންކުރާމީހުންގެ ރައްކާތެރިކަމަށް އަސަރެއް ނުކުރާނަމަ، މިގަވައިދުތައް ތަންފީޒުކުރާނެކަމަށް ބުނެފައެވެ.

 

Loading

One Response

  1. މޯދީ މުރުދާބާދު. ހަމަ ޑިމޮކްރަސީއަށް އިތުރު ކުރިއެރުމެކެވެ. ނޫންތޯ؟ އެއީ އެންމެ ބައިބޯ ގަައުމަކަށް ވީތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް