ހުޅުމާލެ އިން ފުލުހުން ވެހިކަލެއް ހުއްޓުވައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފުޅި އަތުލައިގެންފިއެވެ.
ފުލުހުން ވަނީ ވެހިކަލާއި އަތުލައިގަތް ބަނގުރާފުޅިތަކުގެ ތަކުގެ ފޮޓޯތައް އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ބަނގުރާ ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ވަނީ ހުޅުމާލެއުން ވެހިކަލެއް ހުއްޓުވާ ބަލާ ފާސްކޮށްފައިވާކަމަށެވެ.
މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމަކަށް އަދި ބަނގުރާ ފުޅިތަކާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
މާލެ އާއި ހުޅުމާލެ އިން ދޭތެރެ ދޭތެރެއިން ބަނގުރާ ފުޅިތައް އަތުލައިގަތުމަކީ ވަރަށް އާއްމު ކަމެކެވެ.