ނުވަ އަހަރުވީ، އަދިވެސް ޖަލުގައި

މިއީ ދެޙަރަމްފުޅުގެ ޚާދިމުންގެ އަނިޔާވެރިކަމުގެ ޙާލަތް ކަމުގައި މިހާރު ހަރުއަޑުން މީޑިޔާތަކުގައިވާ ސުރުޚީއެވެ. ހިތާމަޔާއި އެކު ހާއިރާންވަނީ އެ ގައުމުތަކުގައި އަނިޔާވެރި ގޮއްމުށުގެ ވެރިކަމަކީ އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން މާބޮޑު މައްސަލައެއްގެ ގޮތުގައި ނަގައި ސަޢޫދީ އަރަަބިޔާގެ ޑިމޮކްރެސީ އާއި ހިއުމަން ރައިޓްސްގެ ގެންގުޅޭ މިންގަނޑާއި މެދު ސުވާލުވެސް އުފައްދާ ކަންކަމެއް ނޫންކަމެެވެ.
ސެޕްޓެމްބަރު 2017 ގައި ސައުދީ އަރަބިއްޔާގެ އިދާރާތަކުން ހިންގި އެ ބުނާ ބޮޑު ހައްޔަރުކުރުމުގެ އޮޕަރޭޝަނަށް 9 އަހަރު ފުރުނީއެވެ. މި އޮޕަރޭޝަނުގައި ދީނީ ޢިލްމުވެރިންނާއި، ފިކުރީ ބޭފުޅުންނާއި، އެކަޑެމިކުންނާއި، ނޫސްވެރިންނާއި، ލިޔުންތެރިންނާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ޤާޟީންނާއި، ސަރުކާރު މުވައްޒަފުން އަދި ވިޔަފާރިއާއި ސަޤާފީ ދާއިރާގެ ބޭފުޅުން ހިމެނޭ ގޮތަށް ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އަދިވެސް ތިބީ ވާނުވާގައެވެ.ސައުދީ އާއި އެހެނިހެއްންވެސް ޢަރަބި ޑިކްޓޭޓަރޝިޕްތަކުގެ ސަރުކާރުތަކުން އަދިވެސް ގެންދަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްޙަވެރި ޙަރަކާތްތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް، ބޮޑެތި އަދަބުތައް ދެމުންކަމަށް ހިއުމަން ރައިޓްސް ޖަމާޢަތްތަކުން ބުނެފައިވެއެވެ. މީގެ ތެރޭގައި އެމްނެސްޓީ ހިއުމަން ރައިޓްސްއިންވެސް އެތަކެއް ރިޕޯޓެއްވަނީ ކަންބޮޑުވުން ފާޅުކޮށް ނެރެފައެވެ. ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި، އިންސާފުވެރި ނޫން ޝަރީޢަތް ތަކާއި، މަރުގެ އަދަބު ދިނުމަށް އެދުމާއި، ދިގު އަދި ބަރު ޙުކުމްތަކާއި، އެކަހެރިކޮށް ބަންދުކުރުމާއި، ބައެއް މީހުންގެ ޙާލަތާމެދު ކަންބޮޑުވާވަރަށް އަނިޔާލިބިދޭކަމުގެ ޝަކުވާތަށް ނުހަނު ގިނަގުނައެވެ. އޭރު ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން ގިނަބަޔަކު އަދިވެސް ތިބީ ޖަލުތަކުގެ އަނިޔާގައެވެ. މަދު މީހުންކޮޅެއް ވަނީ މިނިވަންކޮށްފައި ވެއެވެ. 3 މީހަކު މިނިވަންވުމަށްފަހު ވަނީ ލިބުނު އަނިޔާގެ ސަބަބުން ވަނީ ނިޔާވެފައެވެ.އިތުރު މީހުން ބަންދުގައި ތިބުމާއި، ބައެއް ޝަރީއަތްތައް މަޑުޖެހިފައި ހުރުމާއި، ބައެއް މީހުންގެ ޙުކުމްތަކާ ބެހޭ މަޢުލޫމާތު ލިބިފައެއް ނުވައެވެ. ބޮޑު ސެޕްޓެމްބަރު ގެ ހައްޔަރުތަކަށް 9 އަހަރު ފުރިފައިވާއިރު، މަރުގެ އަދަބާއި، ހުއްޓިފައިވާ ޝަރީއަތްތަކާއި އަނިޔާތަކަށް ނިމުން އަތުވެދާނެ ކަމަކަށް ސަޢޫދީގެ އިންސާނީ ޙައްޤުތަކުގެ ޚާލަތު ދިރާސާކުރާ ފަރާތް ތަކުންވެސް ނުދެކެއެވެ.މިނިވަން ނޫސްވެރިކަމަކީ ސަޢޫދީ ސަރުކާރަށް ވަރަށް ބިރުވެރިކަމަކަށް އޮންނަނީ ވެފައެވެ.މީގެ އަހަރުތަކެއް ކުރިން ތުރުކީވިލާތުގައި ހުންނަ އެމްބަސީގެ ތެރޭގައި ސަޢޫދީގެ މިނިވަން ނޫސްވެރިޔާ ކަޝޯޖީވެސް ވަނީ ގަތުލުކޮށްލާ ފައެވެ. އޭނާ އެމްބަސީއަށް ދިޔައީ އޭނާގެ ލޯބިވެރިޔާ އަށް ވިސާހޯދައި ދިނުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައިގެނެވެ. އެތަނުން އެބުރި އޭނާ ނުނިކުމެވުނެވެ. އަދި އޭނާގެ ހަށިގަނޑުވެސް މިއަދާއި ހަމަޔަށް ވަނީ ނުފެނިފައެވެ.އެމެރިކާގެ އިންޓްލިޖެންސް އެޖެންސީ އާއި ޙަވާލާދީ ބައެއް މީޑިޔާ ރިޕޯޓްތަކުގައި ބުނެފާވަނީ އެމްބަސީއަށް އޭނާ ދިޔުމުން ހިފާހައްޔަރުކޮށް މަރާލީކަމަށެވެ. އަދި ހަށިގަނޑު ސަޢުދީ އެމްބަސަޑުގެ ރެސިޑެންސައް ގެންގޮސް ކޮށާލައި އެސިޑަށްލައި ނައްތާލުމަށްފަހު ސުވަރޭޖް ސިސްޓަމަށް ދުއްވާލީކަމުގައެވެ. ހަމަ އެ ޚަބަރާއިއެކު އޭގެ ޖެހިގެން އައިދުވަހު އަވަސް އަވަހަށް އެމްބަރސަޑަރ ވަނީ ސަޢޫދީއަށް ގެންގޮސްފާކަމަށް ރިޕޯޓްތައް ބުނެއެވެ. ޢަރަބި އިސްލާމީ ގައުމުތަކުގެ ޢަދުލުއިންސާފައިމެދު ކަންބޮޑުވަމުންދާ އެގައުމުގެ ރައްޔަތުންތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުން ޢަދުލުއިންސާފާއި ހަމަޖެހުން ލިބިދިނުމަށް ގޮވާލަމުންނެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.