ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 4 ލައްކަ ރުފިޔާ ހޯދައިފި

Loading

November 18, 2026
profile
Facebook
Twitter
WhatsApp

ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ، ސްކޭމްތަކާ ގުޅިގެން ގެއްލިފައިވާ ފައިސާގެ މައްސަލަތަކުގައި ހިމެނޭ 630,573.34 ގެ ތެރެއިން 402,658.34 ރުފިޔާ މިހާތަނަށް ހޯދިފައިވާކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ސްކޭމާ ގުޅުންހުރި 38 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި އެ އިދާރާއަށް ރިޕޯޓުކޮށްފައި ވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ.

އޭގެތެރޭގައި ހިމެނެނީ:

  • އީ-ކޮމާސް / އޮންލައިން ވިޔަފާރީގެ 13 މައްސަލަ
  • ހުއްދަނެތި ހިންގި މުއާމަލާތްތަކުގެ 9 މައްސަލަ
  • ބުކިންގ ކެންސަލް ކުރުމާއި ރީފަންޑް ސްކޭމްގެ 6 މައްސަލަ
  • ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 5 މައްސަލަ
  • އިމްޕަރސަނޭޝަން ސްކޭމްގެ 4 މައްސަލަ
  • އިންވެސްޓްމަންޓް ސްކޭމްގެ 1 މައްސަލަ

ފުލުހުން ފާހަގަކުރިގޮތުގައި މިފަދަ ބައެއް ސްކޭމަރުން، ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް ވަރަށް ގިނައިން ހުށަހެޅެއެވެ. މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ޞައްޙަ ނޫން ޕޭމަންޓް ސްލިޕްތަކެކެވެ. އެހެންކަމުން، ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، އެ ފައިސާ އެކައުންޓަށް ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުންނެވެ.

ރީފަންޑް ދިނުމުގެ ކުރިން ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. މިގޮތުން ޕޭމަންޓް ސްލިޕް ދެއްކިނަމަވެސް، އެއީ ފައިސާ ދައްކާފައިވާކަމުގެ ހެތްކެއް ނޫންކަމަށާއި، ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ލިބިފައިވާކަން ޔަގީންކުރުމަށް ވަނީ ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް