އަމީތާބްގެ ގެ ހިމެނޭ ގޮތުން އެތައް ތަނެއްގައި ބޮން ގޮއްވާނެ ކަމަށް ބުނެ ބިރުދެއްކުމުގެ މެސެޖްތަކެއް ލިބިއްޖެ

Loading

November 13, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑިޔާގެ މެގާ ސްޓާރ އަމީތާބް ބައްޗަންގެ ޖުހޫގައި ހުންނަ ގެއާއި މުމްބާއީ އެއާޕޯޓް އަދި މޭޔަރުގެ އޮފީސް ހިމެނޭ ގޮތުން އެތައް މުހިންމު ލޮކޭޝަން ތަކެއްގައި ބޮން ގޮއްވާނެކަމަށް ބުނެ އައު އީމެއިލްތަކެއް ލިބުމާއި ގުޅިގެން މުމްބާއީގެ ފުލުހުން ޚާއްސަ ތަހްގީޤްތައް ފަށާ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.


ބޮން ގޮއްވާނެ ކަމަށް އީމެއިލް ތަކުގައި ބުނެފައިވާ އެހެން ތަންތަނުގެ ތެރޭގައި ޕަންޖާބް ނެޝަނަލް ބޭންކުގެ ބްރާންޗަކާއި މުނިސިޕަލް ކޯޕޮރޭޝަން އޮފީހާއި، ޝަރީއަތް ކުރާ ކޯޓަކާއި އަދި މަހާލަކްސްމީ ރޭސްކޯސް ހިމެނެއެވެ.
އީމެއިލް ފޮނުވި ބަޔަކާއި ޚަލިސްތާން ނެޝަނަލް އާމީ ކިޔާ ޖަމާއަތަކާ ގުޅުން ހުރިކަމަށް ބުނެފައިވާ ކަމަށް ވެއެވެ.
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބިރުދެއްކުމުގެ އީމެއިލް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއެހާއިރު އެވެ.އަދި މުމްބާއީ ބޭންކެއްގައި މެންދުރުފަހު 1:11 ގައި ބޮން ގޮއްވާނެ ކަމަށް ބުނެފައިވާ ކަމަށް ވެއެވެ.
އީމެއިލް ލިބުމާއި އެކު ފުލުހުންގެ ޓީމްތަކާއި ބޮމް ޑިޓެކްޝަން ޓީމް ތަކުން އެތަންތަނަށްގޮސް ބަލާފާސް ކުރިކަމަށާ ނަމަވެސް އެއްވެސް ކަހަލަ ގޮވާބާވަތުގެ އެއްޗެއް ފެނިފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މީގެ ކުރިން ނޮވެމްބަރ 6ވަނަ ދުހުވެސް މުމްބާއީގެ މުހިންމު ބައެއް ތަންތަނުގައި ބޮންގޮއްވާނެ ކަމަށް ބުނެ ފުލުހުންނަށް އީމެއިލް ތަކެއް ލިބިފައި ވެއެވެ.ނަމަވެސް އެފަހަރުވެސް އެތަންތަނުން އެއްވެސް ހަތިޔާރެއް ނުވަތަ ގޮވާ ބާވަތުގެ ތަކެތި ފެނިފައިނުވާތީ އެއީވެސް ބެލިފައިވަނީ ހުސް ބިރުދެއްކުމެއްގެ ގޮތުގައެވެ.
ބިރުދެއްކުމުގެ އީމެއިލް ތައް ފޮނުވަމުންދަނީ ކޮންފަރާތަކުންތޯ އަދި ދެފަހަރު ފޮނުވި އީމެއިލް ތަކާދެމެދު ގުޅުމެއް ވޭތޯ ބެލުމަށް މުމްބާއީގެ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
މިމަހުގެ ކުރީކޮޅު ފިލްމީ ތަރި ޓައިގަރ ޝްރޮފް އަށް ވަނީ ގޭންގަކުން ބަޑީގެ ހަމަލާ ދީފައެވެ. ނަމަވެސް އެހަމަލާއިން ޓައިގަރ ޝްރޮފް ވަނީ ސަލާމަތް ވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް