ޑެލްހީގެ ވައިނުސާފުވުން ކުޑަކުރުމަށް ޚާއްސަ މަސައްކަތް ތަކެއް ފަށައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ވެރިރަށް ޑެލްހީގެ ވައި ނުސާފުވުން އިތުރު ވަމުންދާތީ އެކަން ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.އެއާ ޕޮލިއުޝަން ނުވަތަ ވައި ތަޢައްޔަރުވުން ކުޑަކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބޯޑަރުގައި ޗެކްޕޮއިންޓްތައް ހަދާ ވަކި ސްޓޭންޑަޑަކަށް ނުފެތޭ ވެހިކަލްތައް ހުއްޓުވާ ޖޫރިމަނާ ކުރުން ހިމެނެއެވެ. މިގޮތުން ބަލަނީ ކާރުގެ ދުންހޮޅިން ދުން ބޭރުކުރާ މިންގަނޑަށް ނުފެތޭ ވެހިކަލްތަކެވެ.


މިޕްލޭނަށް އަމަލު ކުރަން ނޮވެމްބަރު 1ވަނަ ދުވަހު ފަށާފައިވާއިރު ފުރަތަމަ ދުވަހުވެސް 1،500 ވެހިކަލް ހުއްޓުވާ، ޖޫރިމަނާގެ ގޮތުގައި 68.4 ލައްކަ ރުޕީސް(ހަ މިލިއަން 840،000 ރުޕީސް) ނަގާފައިވާކަމަށް އިދާރާތަކުން ބުނެއެވެ.ޑެލްހީ އިން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ14،930ވެހިކަލް ޗެކްކޮށް ބަހާރަތު ސްޓޭޖް6 އެމިޝަން ސްޓޭންޑަޑް އަށް ނުފެތޭ ވެހިކަލް ތައް ޑެލްހީ އަށް ވަނުންވެސް ހުއްޓުވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މިޕްރޮގްރާމަ އަކީ ފިނިމޫސުމާއި ދިމާކޮށް ދުންފިނީގެ ސަބަބުންވެސް ވައިނުސާފު ވާތީ ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ޕްރޮގްރާމްއެއްކަމަށް ވެއެވެ. މިޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތްތައްވެސް މަދުކޮށް އަދި ހުއްޓުވުން ހިމެނެއެވެ.މިގޮތުންއެފަދަ ފަރާތްތަކަށް 566 ޖޫރިމަނާ ފޯމް އިޝޫކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ.
އައު ގަވާއިދުގެ ދަށުން ބަހާރަތު ސްޓޭޖް6 އެމިޝަން ސްޓޭންޑަޑް އަށް ނުފެތޭ ވެހިކަލްތައް ޖެނުއަރީ 31 އާއި ހަމަޔަށް ޑެލްހީ އަށް ވަނުން މަނާވާނެއެވެ.އިލެކްޓްރިކް ވެހިކަލްސް އާއި އިމަރޖެންސީ ވެހިކަލްތައް މިގާއިދުން އިސްތިސްނާވާނެއެވެ.
އެއާ ޕޮލިއުޝަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރުވެސް ޑެލްހީގެ ވައި ތަޢައްޔަރުވެފައިވާ މިންވަރު ދަނީ މަތިވަމުން ކަމަށް ޚަބަރު ލިބެއެވެ.މިގޮތުން ހޯމަދުވަހު ޑެލްހީގެ އެއާ ކޮލިޓީ އިންޑެކްސް ވަނީ 349 އަށް އަރާ ”ވެރީ ޕުއަރ“ ކެޓަގަރީ އަށް ގޮސްފައެވެ.އާދީއްތަ ދުވަހު ޑެލްހީގެ އެއާ ކޮލިޓީ އިންޑެކްސް 261 ގައި ހުރި އިރު ހޮނިހިރު ދުވަހު ހުރީ 117 ގައެވެ.
އިންޑިޔާގައި ފާހަގަކުރާ ދީވާލީ އީދަކީ ހަވާއެރުވުމާއި ފަޓާސްޖެހުންފަދަ ކަންތައް ކުރާ އީދަކަށްވާތީ ދިވާލީގެ ހަރަކާތްތައް ކުރިޔަށް އޮތުމާއި އެކު ކުރިޔަށް އޮތް ދުވަސް ތަކުގައި ވައި ނުސާފުވުމުގެ ކަންތައް އަދި ވަރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް