ޓްރިވެންޑްރަމަށް ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. މީދޫ، އަތަމާގެ، ޢަލީ އިބްރާހީމް (އައްޔަބޭ) ކަމަށް، އޭނާއަށް ބޮޑުބޭބެކިޔާ ކުއްޖަކު ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ޕޯސްޓުގައި ވާގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ. އޭރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ މުންޑެކެވެ.
އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 9129561 960+އަށް ގުޅައި، މަޢުލޫމާތު ހިއްސާކުރުމަށް ޕޯސްޓުގައި ވަނީ އެދިފައެވެ.
![]()
