ފަރަންސޭސި ވިލާތުގައި ތައުލީމީ ނިޒާމް މިހާރަށްވުރެން ރަނގަޅުކުރުމަށާއި އަދި ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާތީ ހައި ސްކޫލް ދަރިވަރުންނާއި ޔުނިވަރސިޓީ ދަރިވަރުން އިސްވެތިބެކުރިއަށް ގެންދާ މުޒާހަރާ ހޫނުވެ މުޒާހަރާގެ ސްލޯގަން ބިސްމި ﷲ ސޭ ލޭ ޓޭނެބްރޭ ގެ އަޑު ގަދަވެއްޖެއެވެ. ނުރަސްމީ މި ސްލޯގަންގެ މާނަ އޭގެ ޒާތުގައި މާ މުހިންމު ކަމަށް ބެލެބިފައި ނުވިޔަސް ދަރިވަރުންގެ ހުރިހާ ޝުއޫރުތަކެއް ވަނީ އޭގެ މައްޗަށް ބިނާކޮށްފައެވެ. ސްލޯގަން އިޚްތިޔާރުކޮށްފައިވަނީ ރައްޔިތުންގެ މެދުގައި ފުލުހުން ޒާތީ ތައައްސަބު ބޭނުންކުރުން އިތުރުވަމުންދާތީވެ މަލާމާތްކުރުމުގެ މާނައިގާކަމަށް ބުނެފައިވެއެވެ.
ތައުލީމީ ނިޒާމް އިސްލާހް ކުރުމަށް އެދި މިހުސްވިމަހުން ފެށިގެން ބާއްވަމުންދާ މުޒާހަރާތަކުގައި އެތައްހާސްބަޔަކު ފަރަސްސޭސި ވިލާތުގެ ހުރިހާ ޝަހަރެއްގެ މަގުތަކަށް ނިކުމެ މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. ކްލާސްތައް ފުނި ޖެހިފައިވުމާއި މުދައްރިސުން މަދުވުމާއި ނަސްލީ ތަފާތުކުރުންތަކާއި އަދި ތައުލީމަށް ހުޅުވިފައިވާ ފުރުސަތު މަދުވަމުން ދިއުން ނައްތާލުމަށް މުޒާހަރާގެ ބައިވެރިން ގެންދަނީ ގޮވަމުންނެވެ.
މުޒާހަރާކުރަމުން ގެންދާމީހުންނާދޭތެރޭ ފުލުހުން އަމަލު ކުރަމުންދާގޮތުން ފަރަންސޭސި ވިލާތުގެ ޕޮލިސް އިންސްޕެކްޓޮރޭޓް އައި ޖީ ޕީ އެން އިން އެ ގައުމުގެ ފުލުހުންނާ ދެކޮޅަށް ތަހްގީގު ހިންގަން މިހާރު ފަށައިފިއެވެ.
މުޒާހަރާގައި ބޭނުންކުރާ އާދަޔާ ޚިލާފް ސްލޯގަން ބިސްމި ﷲ ސޭ ލޭ ޓޭނެބްރޭ އަށް ބައިނަލް އަގްވާމީ މީޑިއާތަކުގެ ބޮޑު ސަމާލު ކަމެއްވެސް ވަނީ ލިބިފައެވެ. އަދި އޭގެ މާނައާއި މަގްސަދު ދެނެގަތުމަށްވެސް މަސައްކަތްކުރަމުން ގެންދާ ކަން އެނގިފައި ވެއެވެ.
މުޒާހަރާ ކުރަމުންގެނދާ ދަރިވަރުން ހާމަކޮށްފައިވާގޮތުގައި ސްލޯގަން ލިބިފައިވަނީ އަނޑަރ-ކަވަރ ޕޮލިސް އޮފިސަރެއްގެ ފަރާތުންނެވެ. ބިސްމި ﷲ އަކީ މުސްލިމުން ކަމެއްކުރަން ފަށާގަތުމުގެ ކުރިން މާތް ﷲ ގެ އިސްމުފުޅުން ފަށައިގަތުމަށްޓަކައި ބޭނުންކުރާ ބަސްކޮޅެކެވެ. ބުނެވޭގޮތުގައި ސޭ ލޭ ޓޭނެބްރޭ ފަރަންސޭސި ބަހުން ބޭނުންކުރަނީ ކުރިމަތިން އެއްވެސް އަލިކަމެއް ފެންނަން ނެތްކަން މަލާމާތުގެ ބަހުރުވައިން ހާމަކުރުމަށެވެ. ސް ލޯގަންގެ ލަފްޒީ މާނައަކީ މާތް ﷲ ގެ ނަންފުޅުން އަހަރެމެން މިކަން ކުރެވޭތޯބަލަމާ ހިނގާށެވެ. ނުވަތަ މާތް ﷲ ގެ ނަންފުޅުން، ކުރިމަތިން ފެންނަމުޅިންވެސް އަނދިރިކަން ނައްތާލަމާ ހިނގާށެވެ. ފަރަންސޭސި ބަހުގައި ސޭ ލޭ ޓޭނެބްރޭ އިން ދޭހަކޮށްދެނީ ކުޑަވެސް އުންމީދެއްނެތް މާޔޫސް ހާލަތެއް ހާމަކޮށްދިނުން ކަމުގައި ބުނެވެއެވެ.
ދިރިއުޅުމުގެ އަގުތައް އުފުލެމުންދާތީ އިޓަލީއާއި ބެލްޖިއަމްގައި ކުރަމުން ގެންދާ މުޒާހަރާތަކުގައިވެސް އެ ސްލޯގަން ބޭނުންކުރަންފަށައިފިއެވެ. މި ޒަމާނުގެ ޒުވާލް ޖީލުތަކުން ސަރުކާރާދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގައި މަލާމާތުގެ ބަސްތައް ބޭނުންކުރުމާއި އިމޯޖީ ބޭނުންކުރުމަކީ އާންމުކަމެކެވެ.
ސެއިންޓް ޑެނިސްގެ ވިންސެންނަ ޔުނިވަރސިޓީގެ އަރަބި އަދި މެޑިޓެރޭނިއަން ސޯޝިއޮލޮޖީގެ ޕްރޮފެސަރގެ ޔޫސުފް އަލް ޝާޒްލީގެ ތަރުޖަމާގައި ސޭ ލޭ ޓޭނެބްރޭ އިން ދޭހަކޮށްދެން ބޭނުންވަނީ ފަރަންސޭސި ވިލާތުގެ ފުލުހުން ގެންގުޅޭ އަނިޔާވެރި ނަސްލީ އަދި ޒާތީ ތައައްސަބެވެ. މުޒާހަރާ ކުރާމީހުން ހާމަކޮށްދޭން ބޭނުންވަނީ މީގެ ވިއްސަކަށް އަހަރުއްސުރެން ވަޅުޖެހި އާންމުކޮށް އަޑުއިވެމުން ނުދާ އެ ބަސްކޮޅު މި ފަހަކަށް އައިސް ފުލުހުންގެ އަމަލުތަކާހުރެ ޒުވާނުންގެ މެދުގައި އަލުން ދިރިގެން އަންނަނީކަމަށްވެސް ޝާރޒްލީ ވިދާޅުވެފައި
ވެއެވެ.
ފަރަންސޭސި ވިލާތުގައި އިސްލާމްފޯބިއާގެ މައުޝޫއު ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތްކުރަމުން ގެދިޔަސް މިދިޔަ އަހަރު ޖެނުއަރީ އިން މާރޗް އަށް ބަލާއިރު މިއަހަރު އެމުއްދަތުގައި އާންމު ރައްޔިތުންގެ މެދުގައި އިސްލާމްފޯބިއާގެ ވާހަކަ ދެއްކުން %70 އިތުރު ވެފައިވާކަން ރޮއިޓާރސްގެ ޚަބަރުގައި ބުނެފައިވެއެވެ.
ފަރަންސޭސި ވިލާތުގައި ހިނގަމުންދާ މުޒާހަރާތަކުގެ އަސްލަކީ އެގަމަށް ހިޖުރަކޮށްފައިވާ އަދި މިހާރުވެސް ހިޖުރަކުރަމުންގެންދާ މުސްލިމް އާބާދިތައްކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވުން މޮޔަ ނުގޮވާ ހުންނަވަން ރައީސް މެކްރޯން ރައްދު ދެއްވިކަމަށްވެސް މީޑިއާތަކުގައި ބުނެފައި ވެއެވެ. މީގެ ކުރިން ވަރަށް ގާތް ރަހްމަތްތެރިން ކަމުގައި ބެލެވިފައިވީ ނަމަވެސް ފަހަކަށްއައިސް ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ އެކިއެކި މުނާސަބަތުތަކުގައި ރައީސް މެކްރޯނަށް މަލާމާތް ކުރައްވަމުންނެވެ.
ފަރަންސޭސި ވިލާތުގައި ހިނަގމުންދާ މުޒާހަރާތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރަމުންގެންދާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ އަދި އެމަނިކުފާނު ގަބޫލު ކުރައވާ ވާހަކަތަކެއްވެސް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
![]()
