އެލެގްޒެންޑަރ ދަ ގްރޭޓްގެ ތިން ވަސިއްޔަތް

Loading

October 25, 2026
profile
Facebook
Twitter
WhatsApp

ދުނިޔެ ދުށް އެންމެ ވަރުގަދަ ލީޑަރު ކަމަށްވާ އެލެގްޒެންޑަރ ދަ ގްރޭޓް އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި ތިން ވަސިއްޔަތެއް ކުރެއްވި ކަމަށްވެއެވެ.

ފުރަތަަމަ ކަމަކީ، އޭނާގެ ސަންދޯއް އުފުލުމަށް ހަމައެކަނި ނަން މަޝްހޫރު ހަކީމުންނާއި ބޭސްވެރިންނާ ހަވާލުކުރުމެވެ. އެއީ އެންމެ މޮޅު ހަކީމުންނާއި ބޭސްވެރިންނަށްވެސް މަރުން ސަލާމަތްކޮށްނުދެވޭނެކަން މީހުންނަށް އެންގުމަށްޓަކައެވެ.

ދެވަނަ ކަމަކީ، އޭނާގެ ސަންދޯއް ގެންދާއިރު ކަށްވަޅާ ހަމައަށް ދަންދެން ފައިސާއާއި ރަންރިއްސާއި ޖަވާހިރު އުކަމުން ދިއުމެވެ. އެއީ މަރުވެގެން ދާއިރު އެއިން އެއްވެސް އެއްޗެއް ނުގެންދެވޭނެކަން މީހުންނަށް ދެއްކުމަށްޓަކައެވެ.

ތިންވަނަ ކަމަކީ އޭނާގެ ހަށިކޮޅު ސަންދޯކުގައި ވަޑުވާއިރު ދެ އަތްޕުޅު ބޭރަށް ފެންނާނެހެން ބޭއްވުމެވެ. އެއީ ކޮންމެ މީހަކުވެސް މަރުވެގެން ދާއިރު ދާނީ ހުސްއަތާކަން މީހުންނަށް ބުނެދިނުމަށްޓަކައެވެ.

އެލެގްޒެންޑަރ ދަ ގްރޭޓް އުމުރުފުޅުން އެންމެ ވިހި އަހަރުގައި ރަސްކަމަށް އިސްކުރެވުނެވެ. އުމުރުފުޅުން ބައްތިރީސް އަހަރުގައި އަވަހާރަވުމާ ހަމައަށް، ގްރީސްއިން ފެށިގެން މިސްރާއި، ފާރިސްކަރަ ނުވަތަ މިހާރުގެ އީރާނު އަދި އިންޑިއާގެ ބައެއް ސަރަހައްދުތައް ވަނީ ފަތަހަކުރައްވާފައެވެ.

މީގެ އިތުރުން އޭނާއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް އަސްކަރީ ކޮމާންޑަރެވެ. އެ ގޮތުން ބަލާއިރު، ކުރެއްވި އެއްވެސް ހަނގުރާމައަކުން އޭނާ ބަލިވެވަޑައިގެންފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް