ޔަމަނާއި ސައުދީގެ ތޮޅުން

Loading

October 20, 2026
profile
Facebook
Twitter
WhatsApp


ޔަމަނާއި ސައުދީ ޢަރަބިއްޔާއަކީ ﷲ އެއްކައުންވަންތަ ކަމަށާއި، މުޙައްމަދު ﷺ އަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް އީމާންވާ ރައްޔިތުން ދިރިއުޅޭ ދެ ޤައުމެވެ. އެހެންކަމުން، ދެޤައުމުން ވެސް ހަނގުރާމާގައި ހަމަލާ ދޭއިރު ، ގޮވަނީ الله أكبرއެވެ. ޝަހީދުންނަކީ ކޮން ބައެއްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތަށެވެ.

މި ދެ ޤައުމުގެ މެދުގައި ލޭއޮހޮރުވުން ހިންގުމުގެ ބަދަލުގައި، އިންސާނިއްޔަތުކަމަށް އިޙްތިރާމްކޮށް، ބުއްދިވެރިކަމާއި، ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި އަދި ސުލްހައަށް އިސްކަންދީ، ފަލަސްޠީނު މިނިވަންކުރުމަށްޓަކައި މުޅި އިސްލާމީ އުންމަތް އެއްގަލަކަށް އަރަންޖެހެއެވެ.

ޔަމަނާއި ސައުދީ އަރަބިއްޔާގެ މެދުގައި ހިނގާ ލޭއޮހޮރުވުންތައް ހުއްދަކޮށް، ހަނގުރާމަކުރުމަކީ، ދީނުގެ ދުޝްމަނުން އިސްލާމީ އުންމަތާ ދެކޮޅަށް ހިންގަމުންދާ އެންމެ ނުބައި، ލާދީނީ އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރިކަން ދެމެހެއްޓުމަށްޓަކައި، އެ ބާރުތަކަށް ހިތްވަރުދީ، އެމީހުން އުފާކޮށްދިނުން ފިޔަވައި އިތުރު ކަމެއް ނޫނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް