ގައުމުތަކުން ސެޓެލައިޓުތަކަށް އަމާޒުކުރެވޭ ފަދަ ހަތިޔާރުތައް އުފައްދަމުންދާތީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖައްވީ ހަނގުރާމައެއް ފެށިދާނެ ކަމަށް ބުނެ މާހިރުން އިންޒާރު ދީފިއެވެ.
މި ނުރައްކާ ބޮޑުވަމުން ދިއުމާ ގުޅިގެން، އިނގިރޭސިވިލާތާއި އެ ގައުމުގެ ބައިވެރިން ދަނީ ޖައްވީ ދިފާއީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އިންޒާރު އައިސްފައި މިވަނީ އަސްކަރީ އަދި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ ޖައްވީ ޓެކްނޮލޮޖީތައް އެއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ ފްރީމަން އެއާ އެންޑް ސްޕޭސް އިންސްޓިޓިއުޓްގެ ޑރ. ޖޫލިއާ ބާމް ވިދާޅުވި ގޮތުގައި، ދުޝްމަނުން ދަނީ ކޮންމެ ދުވަހަކުވެސް ޖައްވުގައި ބައިވެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ޖައްވީ ކުންފުންޏެއް ކަމަށްވާ އެސްޓްރޯސްކޭލް އިން ލަންޑަނުގައި އިންތިޒާމުކުރި ބައްދަލުވުމެއްގައެވެ.
ސެޓެލައިޓުތަކަށް ދެވޭ ބޮޑު ހަމަލާއެއްގެ ސަބަބުން ޖީޕީއެސް ނެވިގޭޝަން، އިންޓަނެޓްގެ ހިދުމަތް، ޓީވީ ބްރޯޑްކާސްޓިންގ، މޫސުމާ ބެހޭ ލަފާކުރުންތައް އަދި ވައިގެ ދަތުރުފަތ
![]()
