އިޒްރޭލަށް ކުރާ ދަތުރު ތަކުގައި މުސްލިމް މެޖޯރިޓީ ގައުމުތަކުގެ ކްރޫ ބޭނުން ނުކުރުމަށް އިޒްރޭލުން އަންގައިފި

Loading

Facebook
Twitter
WhatsApp
  • އިޒްރޭލުން ނެރުނު ލިސްޓްގައި ދިވެހިރާއްޖެވެސް ހިމެނޭ

އިޒްރޭލަށް ކުރާ ދަތުރު ތަކުގައި މުސްލިމް މެޖޯރިޓީ ގައުމުތަކަށް ނިސްބަތްވާ ޕައިލެޓުންނާއި ފަޅުވެރިން ބޭނުން ނުކުރުމަށް އިޒްރޭލުން އަނެއްކާވެސް އަންގައިފިއެވެ. މިކަން ހާމަކޮށް އިޒްރޭލުން ނެރުނު ޑައިރެކްޓިވްގައި 31 ގައުމެއްގެ ނަން ހިމެނޭއިރު މިލިސްޓްގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ދިވެހިރާއްޖޭގެ އިތުރުން މިލިސްޓްގައި ދެން ހިމެނެނީ އަފްއާނިސްތާން،އަލްޖީރިޔާ،ބަންގްލާދޭޝް،ބްރޫނާއީ،ކޮމޮރޯސް، ކިއުބާ،ޖިބޫތީ،އިންޑޮނީޝިޔާ،އީރާން،އީރާޤް،ކުވެއިތު،ލެބަނަން، ލީބިޔާ، މެލޭޝިޔާ،މާލީ،މޮރިޓޭނިޔާ،ނީޖަރ،އޯމާން،ޕާކިސްތާން ޤަތަރު،ސައޫދީ އަރޭބިޔާ،ސޮމާލިޔާ،ސޫދާން،ސީރިޔާ،ޓިއުނީޝިޔާ،އަދި ޔަމަން އެވެ.
މިއީ އިޒްރޭލާއި އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިނުވާ ގައުމުތަކުގެ ތެރެއިން މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތައް ކަމަށް ވެއެވެ.
މިއީ އިޒްރޭލަށް ދަތުރު ކުރި ފްލައި-ދުބާއީގެ މަތިންދާބޯޓެއްގައި ކޯޕައިލެޓް،ޕައިލެޓަށް ހަމަލާދިން ހާދިސާއަށް ފަހު އެޅިފިޔަވަޅެކެވެ.
ކޯޕައިލެޓް ޕައިލެޓަށް ހަމަލާދިން ފްލައިތްގައި ހަމަލާދިނީ އޮމާން އަށް ނިސްބަތްވާ ފަރާތެއް ކަމަށް ވެއެވެ. އޮމާން އަކީވެސް އިޒްރޭލާއި އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ ގައުމެއް ނޫނެވެ.
އިޒްރޭލުގެ ނިންމުމުގެ ސަބަބުން ވަޒީފާ އަށް އަސަރުކުރާނެ މީހުންގެ ތެރޭގައި ޑުއަލް ސިޓިޒަންޝިޕް އޮންނަ ޕައިލެޓުންނާއި ކްރޫ ހިމެނެއެވެ.އެހެން ކަމާއިއެކު އެއާލައިން ތަކުންވެސް ގެންދަނީ މިގަވާއިދު އާންމު ކުރަމުންނެވެ.އަދި ދެވަނަ ސިޓިޒަންޝިޕެއް އޮންނަ ނަމަ އެކަން އެންގުމަށާ ސިއްރުކޮށްފިނަމަ ފިޔަވަޅު ވެސް އަޅަންޖެހިދާނެ ކަމަށް ދަނީ އަންގަމުންނެވެ.
އިޒްރޭލުގެ ނިންމުމުގެ ސަބަބުން އިންޓަރނޭޝަނަލް އެވިއޭޝަން އަށް މައްސަލަ ތަކެއް ކުރިމަތިވާނެތޯ އެކިފަރާތްތަކުން ސުވާލުކުރަންވަނީ ފަށާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް