ގިނަ އަދަދެއްގެ ބަނގުރާފުޅި ހޯދި މައްސަލަ: 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
ހެންވޭރު ގެއެއް ބަލައިފާސްކޮށް ފުލުހުން ހޯދި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް/ ފޮޓޯ: ފުލުހުން

ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅި ހޯދި މައްސަލައާ ގުޅިގެން 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެއްސަކަށްވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ހ. ކަރޯގެ، މާލެ އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން އައްބާސްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޭނުންކޮށް ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް