ޕަވަރބޭންކެއް ގޮވުމުގެ ސަބަބުން ޑެލްހީއިން ޗެންނާއީއަށް ދަތުރު ކުރި ބޯޓެއް އެހެންތަނަކަށް ޑައިވަރޓް ކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ވެރިރަށް ޑެލްހީއިން ފުރައިގެން ޗެންނާއީ އަށް ދަތުރު ކުރި އިންޑިގޯ އޭއާގެ މަތިންދާބޯޓެއްގައި އޮތް ޕަވަރބޭންކެއް ގޮވުމުގެ ސަބަބުން ދަތުރުގެ މަންޒިލް ބަދަލުކޮށް ހައިދަރުއާބާދަށް ޑައިވަރޓް ކޮށްފިއެވެ. އަދި ބޯޓުވަނީ އިތުރު މައްސަލައެއް ނުޖެހި ސަލާމަތުން ޖައްސާފައިކަމަށް ޚަބަރުލިބެއެވެ.


ގޮވި ޕަވަރބޭންކް އޮތީ ލަގޭޖް ކޮމްޕާޓްމެންޓްގައި ކަމަށް ވެއެވެ.އަދި ޕަވަރބޭންކް ގޮވުމުން ބޯޓު ތެރޭގައި ހާސްކަން އުފެދިގެން ދިއުމާއިއެކު ފަޅުވެރިންވަނީ ފަޔާ އެކްސްޓިންގުޝަރ ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވާލާފައި ކަމަށް ވެއެވެ.
އެއާލައިނުން ބުނެފައިވަނީ ފަސިންޖަރެއްގެ އަމިއްލަ އިލެކްޓްރޯނިކް ޑިވައިސް އަކުން ދުންއަރާ ހުޅުރޯވެފައިވާ ކަމަށެވެ.އަދި ފަޅުވެރިން ވަރަށް އަވަހަށް ހަރަކާތްތެރިވެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެބޯޓުން ދަތުރުކުރި އެންމެން އަލުން ޗެންނާއީ އަށް ގެން ދިއުމަށް އެހެން ބޯޓެއް ހަމަޖެއްސި ކަމަށްވެސް އިންޑިގޯ އިން ބުނެފައި ވެއެވެ.
އިންޑިގޯގެ ވެބްސައިޓް ބުނާ ގޮތުން ޕަވަރބޭންކާއި ލިތިއަމް ބެޓެރީ ފަދަތަކެތި އުފުލަންޖެހޭނީ ހޭންޑް ބެގޭޖްގައެވެ.އަދި އެތަކެތި އަބަދުވެސް ހުންނަންޖެހޭނީ އެފަސިންޖަރަކު އަތުޖެހޭ ހަމައިގައި ކަމަށް ބުނެފައިވެއެވެ.
މިފަދަ ތަކެތި އޯވަރހެޑް ކޮމްޕާޓްމަންޓަށް ނުވަތަ ޗެކް ކޮށްފައިވާ ބެގެޖް ތެރެޔަށް ލައިގެން ނުވާނެ ކަމަށްވެސް ބުނެފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް