ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި އަދަދު 69 އަކަށް އަރައިފި!

Loading

Facebook
Twitter
WhatsApp

ދެއްވަދޫ ކްލަސްޓާގައި އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.

ޑރ ނަޒްލާ ރަފީގު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތުގައި ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 69 މީހުންގެ ތެރެއިން 55 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށާއި ހަ މީހަކު ވަނީ ދާންދޫން އިން ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.

މިކްލަސްޓަރއާ ގުޅިގެން މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިއްޔެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް