ޗާގޮސް އައިލަންޑްސް މޮރިޝަސް އާއި ހަވާލު ކުރުމާބެހޭ ޑީލް އަލުން ރިވިއު ކުރަމުން ދާކަމުގައި އިގިރޭސި ވިލާތުން ބުނެފި

Loading

September 24, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޗާގޮސް އައިލަންޑްސް މޮރިޝަސް އާއި ހަވާލު ކުރުމާބެހޭ ޑީލް އަލުން ރިވިއު ކުރަމުން ދާކަމަށް ނުވަތަ އަލުން ބަލަމުންދާކަމުގައި އިގިރޭސި ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިންގ ވިދާޅުވެއްޖެ އެވެ.
ސްޓްރީޓިންގ މިހެން ވިދާޅުވެފައިވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމާއި ބެހޭ އެއްބަސްވުން ވަރަށް ގޯސްކަމަށް އދގެ ޖެނެރަލް އެސެމްބްލީ އާއި މުޚާތަބް ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.


ޗާގޮސް އަނބުރާ މޮރިޝަސްއާއި ހަވާލުކުރުމާއި ބެހޭ އޮރިޖިނަލް އެއްބަސް ވުމުގައިވާ ގޮތުން އެޓެރިޓަރީ އަނބުރާ މޮރިޝަސްއާއި ހަވާލު ކުރުމަށްފަހު އެމެރިކާ އަދި އިގިރޭސިވިލާތް ގުޅިގެން ޗާގޯސްގައި ގާއިމް ކޮށްފައިވާ މިލިޓަރީ ބޭސް އަހަރަކު 136 މިލިއަން ޑޮލަށް ކުއްޔަށް ހިފާނެއެވެ.
ޗާގޯސްގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ޑިއޭގޯ ގާސިޔާ ގައި އެމެރިކާއަދި އިގިރޭސި ވިލާތުން ގާއިމް ކުރީ އިންޑިޔާކަނޑުގައި މިޖަޒީރާތައް އޮން ތަނުގެ މުހިންމު ކަމުންނެވެ.
އިގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ކިއިރު ސްޓާމާގެ ދައުރުގައި ވެވުނު އެއްބަސްވުން ކުރިޔަށް ނުގެންގޮސް މިދިޔަ އެޕްރިލް މަހު މަޑުޖައްސާލީ ޓްރަމްޕް އެ އެއްބަސްވުމާއި ދެކޮޅުކަން ހާމަ ކުރެއްވި ހަމައިންނެވެ.
ސްޓްރީޓިންގ ވެސް ވިދާޅުވީ އެ ޑީލް ރިވިއުކުރަން ޖެހުނީ އެމެރިކާއިން ސަޕޯޓް ނުކުރުމުން ކަމުގައެވެ.އޭނާ ވިދާޅުވީ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އައު ވާހަކަފުޅެއް ނޫންކަމަށާ އެހެން ކަމުން ޓްރަމްޕް އާއި އޭނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ވާހަކަ ދައްކައިގެން އެމެރިކާއަށް އެއްބަސްވެވޭ ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.އޭނާ ވިދާޅުވީ މިހާރުގެ ފޯކަސް އަކަށްވާނީ ދިގުމުއްދަތަކަށް ޑިއޭގޯގާސިޔާ ލިބިފައި އޮންނާނެ ގޮތެއް ޔަގީން ކުރުން ކަމުގައެވެ.
މޮރިޝަސްއިން ބުނަނީ 1965ގައިޗާގޯސް ދޫކޮށްލަން ޖެހުނީ މިނިވަން ކަމުގެ ބަދަލުގައި މަޖްބޫރު ވެގެން ކަމުގައެވެ.އަދި މިކަމުގައި ލީގަލް ޕްރޯސެސް ވަނީ ފަށާފައެވެ. އިގިރޭސި ޑިފެންސް ސެކްރެޓަރީ ސްޓްރީޓިންގ ވިދާޅުވީ ބޮރިސް ޖޯންސަން އަށްފަހު ވަޑައިގެންނެވި ހުރިހާ ލީޑަރުންވެސް ގަބޫލުކުރައްވަނީ މިލިޓަރީ ބޭސްގެ ސެކިއުރިޓީ ޔަގީން ނުވާ ސަބަބަކީ މިބުނި ލީގަލް ޕްރޯސެސް ގެ ސަބަބުން ކަމުގައެވެ.
ނިއުޔޯކަށް ދަތުރު ފެއްޓެވުމުގެ ކުރިން އިގިރޭސި ބޮޑުވަޒީރު އެންޑީ ބަރނަމް ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް އާއި ބައްދަލް ކުރައްވައި މިމައްސަލަ އާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް