ރަޝިޔާގެ އާންމު އިންތިހާބް ކުރިޔަށްދާއިރު ވޯޓު ނިޒާމަށް ބާރުގަދަ ސައިބަރ ހަމަލާތަކެއް ދެމުން އެބަދޭ

Loading

September 20, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ރަޝިޔާގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ބޭނުން ކޮށްގެން ޕާލިމެންޓަރީ އިންތިހާބްގެ ވޯޓުލުން ކުރިޔަށް ގެންދަމުން ދަނިކޮށް އެނިޒާމަށް ވަރަށް ބާރުގަދަ ސައިބަރ ހަމަލާތަކެއް ލިބެން ފަށާފައިވާކަމަށް އޮފިޝަލުން ހާމަކޮށްފައި ވެއެވެ.


ރަޝިޔާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ޗެއާ އެލާ ޕެމްފިލޯވާ ވިދާޅުވީ ވޯޓުލުމުގެ ދެވަނަދުވަސް ކަމަށްވާ ހޮނިހިރުދުވަހު ފެށުނު ސައިބަރ ހަމަލާތައް މުޅިހޮނިހިރު ދުވަހުގެރޭވެސް ކުރިޔަށް ގޮސްފައިވާ ކަމުގައެވެ. އަދި މެދުނުކެނޑި ހަމަލާތައް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ހުކުރު ދުވަހުވަނީ އިންތިހާބް ހުއްޓުވުމަށް ޔޫކްރޭނުން މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. ކިއިވް އިން މިޔަށް ރައްދުދީފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާގެ އިންތިހާބަކީ ބޮޑު އޮޅުވާލުންގަނޑެއްކަމަށް ކުރިން ޔޫކްރޭނުން ވަނީ ބުނެފައެވެ.
ވޯޓުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވަނީ ހަމައެކަނި ޕޫޓިން އަށާ ކްރެމްލިނުން ހިންގާ ޔޫކްރެއިން ހަނގުރާމަ، ނުވަތަ ޕޫޓިންގެ ބަހުންނަމަ ”މިލިޓަރީ ކެމްޕެއިނަށް“ ސަޕޯޓްކުރާ ޕާޓީ ތަކެވެ.
ވޯޓުލުން ކުރިޔަށްދާ ސަރަހައްދު ތަކުގެ ތެރޭގައި 2014 ވަނަ އަހަރު ރަޝިޔާއިން ހިފާފައިވާ އިރުމަތީ ޔޫކްރެއިންގެ ސަރަހައްދުތައްވެސް ހިމެނެއެވެ.މިގޮތުން ޔޫކްރެއިންގެ 4 ސަރަހައްދެއްގައި ވޯޓުލުން ކުރިޔަށް ގެންދިޔަ ނަމަވެސް ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް އެތަންތަނުގައި ނެތްކަމަށް ޚަބަރުތައް ބުނެއެވެ.
ރަޝިޔާގެ އިންތިހާބަކީ ”ފޭކް“ އިންތިހާބެއްކަމަށް ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ބުނެފައެވެ.އަދި އިދިކޮޅު ފިކުރުގެ ފަރާތައް ހިމޭން ކުރުމަށް ބާރުގެ ބޭނުން ކުރަމުން ދާކަމަށް އީޔޫ އިން ބުނެފައިވެއެވެ.
އާދީއްތަދުވަހުގެ ހަވީރު 6:00އާއި ހަމަޔަށް ކުރިޔަށް ދާ އިންތިހާބުގައި ރަޝިޔާގެ މަޖިލީހުގެ ތިރިގެ ކަމަށްވާ ސްޓޭޓް ދޫމާ ގެ 450 ގޮޑިއަށް މެމްބަރުން ހޮވާނެއެވެ.
މިއިންތިހާބް ބޮޑުކޮން ކާމިޔާބް ކުރާނެ ކަމަށް ބެލެނީ ޕޫޓިންގެ ޔުނައިޓަޑް ރަޝިޔާ ޕާޓީ އެވެ.އަދި 1999ގައި ފެށުނު ޕޫޓިންގެ ވެރިކަން އިތުރު ޓަރމް އަކަށް ދެމިގެންދާނެއެވެ.
ރަޝިޔާގެ އާންމު އިންތިހާބް ކުރިޔަށްދާއިރު އަދި އޭގެ ފަހުންވެސް ޔޫކްރެއިންއާއި ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް އެއްވެސް މީހަކު ފާޑު ކިއުން ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް