ޗައިނާއާއި އީރާނުގެ ގުޅުމަށް ފަރީދު ޒަކަރިއްޔާގެ ރިޕޯރޓް

Loading

Facebook
Twitter
WhatsApp

ގާނޫނީ ގޮތުން އީރާނަށް ލިބިދޭންޖެހޭ ހައްގުތަކަށް ވަކާލާތުކޮށް ރައްކާތެރިކޮށްދިނުމަށްޓަކައި ބައިވެރިއެއްގެ ގޮތުން ޗައިނާއިން ދެމިހުންނާނެކަން އެ ގައުމުގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ކަށަވަރުކޮށްދީފިއެވެ. ދެބޭފުޅުން ޗައިނާގެ ބެއިޖިންގގައި ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތުން ދިހަ ވަރަކަށް ދުވަހަށް ކައިރިވެފާ ވަނިކޮށެވެ.

ޗައިނާގެ ރައީސް ގެ ދަތުރުފުޅުގައި އެމެރިކާގެ ރައީސް އާއެކު އީރާން ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި މަޝްވަރާ ކުރައްވާނެކަމަށް ވެއެވެ. އީރާނާއި އެމެރިކާއިންވެސް ދޫ ދިނުމަކީ ޗައިނާގެ އެދުމެއްކަން ވޭންގް ޔީ ހާމަކުރައްވާފައި ވެއެވެ. އަދި ސަރަހައްދީ ދެކޮޅުވެރިކަން ރެޑްސީގެ ތެރެއަށް ފެތުރިގެން ދިއުމަކީވެސް ޗައިނާ ހިތްހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. މެދު އިރުމަތީގެ ސެކިއުރިޓީ ކަންތައް މިހާރު އިތުރަށް މުރާޖިއާކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. މެދުއިރުމަތީގެ ގައުމުތަކަށް އިންސާފުވެރި ހަމަޖެހުމެއް ހޯދާދިނުމުގައި ޗައިނާއިން އޮތީ ތައްޔާރަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގަލްފްގެ ގައުމުތަކުގެ ވިސްނުމަށް ހެޔޮ ބަދަލެއް އަތުވެއްޖެ ކަމަށް ބެލެވޭ ކަމަށާއި އެމެރިކާއިން އެ ސަރަހައްދުގައި ގެންގުޅެމުންދާ ނުރައްކާތެރި ހަންފެތުރުމުގެ ސިޔާސަތާ ދެކޮޅަށް ގައުމުތަކާއެކު އީރާނުން މަޝްވަރާކުރަމުން ގެންދާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު އަރިހުގައި އައްބާސް އަރާގްޗީ ދަންނަވާފައިވެއެވެ. އަހަރެމެން ބޭނުންވަނީ ހުރިހާ އަވަށްޓެރިންނާއެކުގައިވެސް ސުލްހަވެރި އަމާން ދިރިއުޅުމެއްކަން ބަޔާންކުރައްވައި ޓެލެގްރާމްގައިވެސް އައްބާސް އަރާގްޗީ ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
އެމެރިކާއާއެކު މިހާރު ވެވިފައިވާ އެއްބަސްވުމާއިގެން ކުރިޔަށް ދެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރެއްވުމަށްވެސް ޚާރިޖީ ވަޒީރު ވޭންގް ޔީ އީރާނުގެ ޚާރިޖީ ވަޒީރު އަރިހުން އެދިވަޑައިގަތްކަށް ވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާއި ބެހޭގޮތުން ސީ އެން އެން ގެ ފަރީދު ޒަކަރިއްޔާގެ ރިޕޯރޓުގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަންފެށި ހަނގުރާމައިގާ އެންމެ ބޮޑު ފައިދާއެއް ލިބުނީ ޗައިނާއަށް ކަމުގައި ބުނެފައި ވެއެވެ. އެއްވެސް މިންވަރަކަށް ހަނގުރާމައިގާ ބައިވެރި ވުމަކާނުލައި އަދި މާބޮޑު ހޭދައެއްވެސް ކުރުމަކާ ނުލައި ޗައިނާއަށް ލިބުނު ފައިދާގެ މިންވަރު ފާއިތުވެގެން މިދާ ތިރީހަކަށް އަހަރާވެސް ނުބައްދަލުކަމަށްވެއެވެ. ޗައިނާއިން އިންތިޒާރު ކުރަމުން ދިޔަ ތިން އުންމީދަކަށް ހަނގުރާމައިގެ ސަބަބުން މަގުފަހިވެގެން ދިޔައެވެ. ފުރަތަމަ ކަމަކަށް ގަލްފުގެ ގައުމުތަކުން އެމެރިކާއާއި ފެޔަށް ޖެހިދާނެ ކަމުގެ އުންމީދެވެ. ދެވަނައަށް ޗައިނާގެ ޓެކްނޯލޮޖީއަށް ދުނިޔޭގެ ބާޒާރުގައި ބޮޑު ޖާގައެއް ހުޅުވިގެން ދިއުމާއި އަދި ތިންވަނައަށް ޗައިނާއަކީ އިތުބާރުކުރެވޭ ދުނިޔޭގެ ބާރެއްކަމުގައި ބަލައިގަތުމެވެ. އެމެރިކާގެ ބަދަލުގައި މެދުއިރުމަތީގެ މިލިޓްރީ ގަރަންޓަރ އަކަށްވުމުގެ ޝުއޫރު ޗައިނާއިން ފާޅުކޮށްފައެއް ނުވެއެވެ. އެއީ އަގުބޮޑު ކަމަކަށްވެސް ވާނެއެވެ. ޗައިނާއިން ބޭނުންވީ މެދުއިރުމަތީގެ ގައުމުތައް އެމެރިކާއަށް ލެނބިފައި އޮންނަ މިންވަރު ބަދަލުކުރާށެވެ. ޗައިނާއިން ކުރަން ބޭނުންވާ ކަންތައް ރައީސް ޓްރަމްޕް އެ ގެންދަވަނީ ކުރައްވަމުންނެވެ. ރައީސް ޓްރަމްޕް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ މަގްސަދު ދަނީ ހާސިލު ވަމުންނެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމައިގާ ގަލްފުގެ ގައުމުތަކަށް ލިބެމުންދާ ގެއްލުން މިކަމަށް ހެކިވެދޭނެއެވެ.
އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވީ ފަނާކުރަނިވި މަގްސަދުތަކަކާއެކުގައެވެ. އީރާނުގެ ސަރުކާރު ބަދަލު ކުރުމާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ނައްތާލުމުގެ ނަމުގައެވެ. އަދި އީރާނަށް ތާއީދުކުރާ ޖިހާދީ ޖަމާއަތްތައްވެސް ވުޖޫދުން ފޮހެލުމުގެ މަގްސަދުގައެވެ. އެހެންނަމަވެސް ހަނގުރާމައަށް 7 ވަނަ މަސްދުވަސް ފާއިތުވެގެންދާއިރު ހަނގުރާމަ ފެށުމުގެ މަގްސަދު ހަނދާންނެތި ހަނގުރާފެށުނުއިރު ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލެވިފާއޮތް ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަކީ ހަނގުރާމައިގެ މަގްސަދުކަމުގެ ވެގެންހިނގައްޖެއެވެ. އެމެރިކާގެ މިލިޓްރީން ބޭކާރު ގިނަ ޚަރަދުތަކެއް ރައީސް ޓްރަމްޕްގެ ރިޔާސަތުގައި ކުރެވިގެން ދިޔަކަން ފާހަގަކުރެވިފައިވާއިރު ޗައިނާއިން އީރާނުގެ ތެޔޮ ގަންނަމުން ގެންދިޔައިރު ހަނގުރާމައިގެތެރެއަށް ވަނުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އަދި ގަލްފުގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުމަށްވެސް ބުރޫ އަރުވާކަށް ބޭނުމެއް ނުވިއެވެ.
މެދުއިރުމަތީގެ ގައުމުތައް ދެބަޔަކަށް ބެހިގެންދާއިރު ޔުނައިޓެޑް އެރެބް އެމިރެޓްސް އިން ގެންދަނީ އެމެރިކާއާއި އިސްރާއީލުގެ ކޮޅަށް ބުރަވަމުންނެވެ. ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ގަތަރާއި އޮމާން ފަދަ ގައުމުތަކުން ބޭނުންވަނީ ވަކި ފަރާތަކަށް މާބޮޑަށް ބުރަނުވެ އަމިއްލަ މިނިވަންކަމުގައި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށެވެ. އެމެރިކާއާއި އެކު ގުޅުން ދެމެހެއްޓުމާއެކު އީރާނާއެކުވެސް ގުޅިގެން އުޅުމުގެ ސިޔާސަތެކެވެ. އަދި މިހާރަށްވުރެން ރަނގަޅު ގުޅުމެއް ޗައިނާއާއެކު ދެމެހެއްޓުމެވެ. ބެއިޖިން އިން ބޭނުންވަނީވެސް އެ ސިޔާސަތެވެ. ވަކި ގައުމެއް ކަޓުވާލުމަކީ ޗައިނާގެ ސިޔާސަތަކަށް ނުވެއެވެ. އަދި އެމެރިކާގެ ސެކިއުރިޓީ ކުޑައިގެ ދަށުން އެއްވެސް ގައުމެއް ދަމައިގަތުމަކީވެސް ޗައިނާގެ ވިސްނުން ކަމަކަށް ނުވެއެވެ. 2015 އިން ފެށިގެން ޗައިނާގެ މިލިޓްރީ އުފެއްދުންތައް މެދުއިރުމަތީގެ ގައުމުތަކަށް އެކްސްޕޯރޓް ކޮށްފައިވާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާގުޅޭގޮތުން ޗައިނާއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓް އުފެއްދުންފަދަ ބޭނުންތަކަށް ނިއުކްލިއަރ ފެސިލިޓީއާއި ކޯލް ބޭނުން ކުރަމުން ގެންދިއުމާއެކުގައިވެސް ދުނިޔޭގައި އެންމެގިނައިން ތެޔޮ ރައްކާ ކޮށްފައިހުރި ގައުމަކީ ޗައިނާ ކަމުގައި ބުނެވިދާނެއެވެ. ވައިން ކަރަންޓް އުފެއްދުމަށް ދުނިޔޭގައި ބޭނުންކުރަމުންގެންދާ ވަސީލަތްތަކުގެ ދެބައިކުޅަ އެއްބަޔަކީ ޗައިނާގެ އުފެއްދުމެވެ.. މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މިދުވަސްވަރު އޭގެކުރިން ޗައިނާއިން ދުވާލަކު އިމްޕޯރޓް ކުރާ މިންވަރަށްވުރެން ހަތަރު މިލިއަން ފީފާ ތެޔޮ އެތެރެކުރުން މަދުކުރުމުން ޗައިނާއިން ތައްޔާރުވެފައިވާ މިންވަރު ހާމަކޮށްދެއެވެ. ދުނިޔޭގައި ބޭނުންކުރާ ސޯލާ ހަކަތައަށް ބޭނުންކުރާ ޕެނަލްތަކުގެ ގެ %91 އަދި ލިދިއަމް-އައިއޯން ބެޓްރީގެ 89% އަކީ ޗައިނާގެ އުފެއްދުމެވެ. އަދި ކްލީން އެނަރޖީގެ %70 އުފައްދަނީ ޗައިނާގެ ކުންފުނި ތަކުންނެވެ.
މިހާރަކަށް އައިސް އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރަން ކުރެވޭ މަސައްކަތުގައިވެސް ޗައިނާ އެންމެ ކުރީ ސަފުން ފާހަގަކުރެއެވެއެވެ. ބައެއް ތެޔޮ ޓޭންކަރ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދިނުމުގައި ތެލުގެ އަގު ޗައިނާގެ ރެންމިންބީ ނުވަތަ ކްރިޕްޓޯކަރެންސީ އިން އަދާކުރުން ޝަރުތުކުރުންވެސް ފާހަގަ ކުރެވެއެވެ. އެމެރިކާގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަޅުތަކުން އެއްފަރާތްވެ ގަތުމަށްޓަކައި ޗައިނާއިން ގެންދަނީ ދުނިޔޭގެ މާރކެޓަށް ރެންމިންބީ އިތުރަށް ތަޢާރުފް ކުރަމުންނެވެ.
ފާއިތުވެގެންދިޔަ އަހަރުތަކުގައި އެމެރިކާއިން ގައުމުތަކަށް އަރައިގަނެ އެ ގައުމުތައް ސުންނާފަތިކޮށް އެތައް މިލިއަން މީހުން މަރަމުންގެންދިޔައިރު ޗައިނާގެ ސިޔާސަކަށް ވެފައިއޮތީ އުފެއްދުންތެރިކަމުގެ ދާއިރާއިން ދުނިޔޭގެ ބާޒާރުން އިތުރު ޖާގަހޯދުމެވެ. އެމެރިކާގެ މަގްސަދުތަކުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައިވާއިރު ޗައިނާއިން ގެންދިޔައީ ކާމިޔާގެ އެންމެ ކުރީ ސަފުން ޖަގާ ކަށަވަރު ކުރަމުންނެވެ.

އީރާނުގެ އެއާރ ޑިފެންސުން އަނެއްކާވެސް އެމެރިކާ މިލިޓްރީ ގެ އަގުބޮޑު އެމް ކިޔޫ-1 މަރުކާގެ ޑްރޯނެއް ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުން ވައްޓާލައިފިއެވެ. މިއީ މިހާތަނަށް އީރާނުން ވައްޓާލި އެމެރިކާ މިލިޓްރީގެ އެމް ކިޔޫ-1 މަރުކާގެ 3 ވަނަ ޑްރޯން ކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފައިވެއެވެ. ޑްރޯން ވައްޓާލިކަމަށް އީރާނުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެމް ކިޔޫ-1 މަރުކާގެ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރ އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް