ފިޖީގައި އެޗްއައިވީ ކޭސްތައް ގިނަވެގެންގޮސް ނެޝަނަލް އިމަޖެންސީ އިއުލާން ކޮށްފި

Loading

September 17, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފިޖީގައި އެޗްއައިވީ ކޭސްތައް ގިނަވެގެންގޮސް ނެޝަނަލް އިމަޖެންސީ އިއުލާން ކޮށް. ޓެސްޓްކުރުމާއި، ފަރުވާދިނުމާއި، ބަލިން ރައްކާތެރިވާނެ ގޮތްތައް އަންގާދިނުމުގެ ޕްރޮގްރާމްތައްފުޅާ ކުރަން ފަށައިފިއެވެ.


ޕެސިފިކް ޖަޒީރާތަކެއްގެމައްޗަށް އެކުލެވޭ މިކުޑަކުޑަ ޤައުމުގައި މިހާރު ކޮންމެ ފަސްދޮޅަސް މީހުންގެ ތެރެއިން އެކަކަށްވަނީ އެޗްއައިވީ ޖެހިފައެވެ.
ފަސްއަހަރު ކުރިންކޮންމެ 167 މީހުންގެ ތެރެއިން އެކަކީ އެޗްއައިވީ ޖެހިފައިވާ މީހެކެވެ. އަދި އެޗްއައިވީ އާއި ގުޅުން ހުރި ބަލި ތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ނާއި މީހުން އައީ މަރުވަމުންނެވެ.
އެއްމިލިއަނަށް ވުރެ ކުޑައާބާދީ އެއްއޮންނަ ފިޖީގައި 2025 ވަނަ އަހަރު ވެސް އެޗްއައިވީ މުޅިން އަލަށް 2،016 މީހުންނަށް ޖެހުނު ކަމަށް ވެއެވެ.
ފިޖީގައި މިހާބާރަށް އެޗްއައިވީ ފެތުރޭމައްސަލައިގައި ހެލްތު މިނިސްޓަރ ވިދާޅުވީ ”އައުޓްބްރޭކް“ އެއް އައުމުން ކަންތައް ކުރާގޮތަށް ކަންތައް ކޮށްގެން އެކަނި މިހާރު ނުފުދޭނެ ކަމުގައެވެ.
އެގައުމުގައި މިހާބޮޑަށް އެޗްއައިވީ ފެތުރެނީ ޑްރަގް ބޭނުންކުރާ މީހުން ބޭނުންކުރާ ސިރިންޖް ޝެއާ ކުރުމުގެ ސަބަބުން ކަމަށް ވެއެވެ.
ސިރިންޖަކީ ފިޖީގައި ފަސޭހައިން ނުލިބޭ އެއްޗަކަށް ވުމާއިއެކު ސަރުކާރުން މިހާރު ނިންމާފައިވަނީ ވަކި ޝަރުތު ތަކަކާއެކު ސިރިންޖާއި ކަށި ހިލޭ ދޫކުރުމަށް ކަމަށް ވެއެވެ.
މީގެ އިތުރުން އެންމެންވެސް ބައްޔަށް ޓެސްޓް ކޮށްގެން ތިބުމަށް ސަރުކާރުން ދަނީ ގޮވާލަމުންނެވެ.
2025 ވަނަ އަހަރު އެއްޗްއައިވީ އަށް ފަރުވާ ހޯދި 9،100 މީހުންގެ ތެރެއިން އެމީހުންނަށް ޖެހުނީ އެޗްއައިވީކަން އިނގިފައިވަނީ 39އިންސައްތަ މީހުންނަށް ކަމަށް ވެއެވެ.މީގެ ތެރެއިންވެސް އެންޓި-ރެޓްރޯ-ވައިރަލް ފަރުވާ ހޯދާފައިވަނީ 22 އިންސައްތަ ކަމަށް ވެއެވެ.
މުޅި ދުނިޔެއަށް ބަލާއިރު ބަލިޖޭމީހުންގެ އެވްރެޖްކޮށް 78އިންސައްތަ މީހުން ފަރުވާ ހޯދަމުންދާކަމަށް އޫއެންއެއިޑްސް އިން ބުނެފައި ވެއެވެ.
މިބައްޔަކީ ކޮވިޑް ގޮތަށް ދެއަހަރެއްހާ ދުވަހުގެތެރޭގައި ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ނޫން ކަމަށާ ފިޖީގައި އެކަނިވެސް އެޗްއައިވީ ކޮންޓްރޯލް ކުރަން ދިގުދެމިގެންވާ ޕްރޮގްރާމެއް ހިންގަންޖެހޭ ކަމަށާ މިކަމަށް މަދުވެގެން ފަސް އަހަރު ނަގާނެ ކަމަށް ފިޖީގެ އެއްއައިވީ ޓާސްކްފޯސްގެ ވެރިޔާ ޖޭސަން މިޗެލް ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް