އޭނާގެ ބޮލުގައި ނުރައްކާތެރި ސިކުނޑީގެ ޓިއުމަރެއް އެބަހުރި ކަމަށާ ދިރިހުންނާނީ ދެތިން ހަތަރު މަސްދުވަސްވަންދެން ކަމަށް ބުނެ ޑަކްޓަރަކު ބިރުވެރި ޚަބަރު ދިން އިރު ބެކީ ޖޯންސް ގެ އުމުރުން އެންމެ 21 އަހަރެވެ.އޭރު އޭނާ އަލަށް ލޯބިވެރިއަކާ ބައްދަލްވެ މާގިނަ ދުވަހެއްވެސް ނުވެއެވެ.އަދި ފުލުހުންގެ ދާއިރާއަށް ވަދެ އެރޮގުން ކެރިއަރ އެއް ފެއްޓުމުގެ ފޮނި އުއންމީދުވެސް އައީ ކުރަމުންނެވެ.ނަމަވެސް ލިބުނު ހިތާމަވެރި ޚަބަރާއި އެކު މުސްތަގްބަލް ކުއްލިއަކަށް ބަނަ ވެގެން ދިޔައެވެ.
ބެކީ ޖޯންސް ކިޔާ އަންހެންމީހާގެ ޑައެގްނޯސިސް ހެދީ ތަޖްރިބާކާރު ކެންސަރ ކޮންސަލްޓަންޓެއް ކަމަށް ބުނާ ޑޮކްޓަރެކެވެ.އެޑައެގްނޯސިސްއަށް ފަހު 11 އަހަރުވަންދެން އޭނާ މެދު ނުކެނޑި ކީމޯ ތެރަޕީގެ ފަރުވާ ހޯދަމުން ގެންދިޔަ ކަމަށް ވެއެވެ. މިކަމާއި ގުޅިގެން ވަރަށް ގިނައިން ބަލިވަމުން ދިޔަކަމަށާ އަދި އެހެން މީހުންގެ ފުށުން އިންފެކްޝަނެއް އަރާފާނެތީ ބިރުން މުހިންމު އާއިލީ އިވެންޓް ތަކުގައިވެސް އޭނާޔަށް ބައިވެރި ނުވެނުނު ކަމަށް ބެކީ ބުނެފައި ވެއެވެ.
ވަޒީފާގައިވެސް އިތުރަށް ކުރިޔަށް ދެވޭގޮތް ނުވުމާއިއެކު ވަޒީފާއިން ކެނޑެން މަޖްބޫރު ވިއެވެ.އަދި އަބަދުވެސް އޭނާ ހުރީ ދެންމެ ދެންމެވެސް ކަމެއް ވެދާނެތީ އެކަމުގެ ބިރުވެރިކަމުގައި ކަމަށް ބުނެފައި ވެއެވެ.
މިހާރު އުމުރުން 34 އަހަރު ވެފައިވާ ބެކީ ޖޯންސް ބުނި ގޮތުގައި އޭނާޔަށް ކެންސަރު ނުވަތަ ބްރެއިން ޓިއުމަރ ނުޖެހޭކަން ވަނީ ދާދި ފަހުން އެނގިފައެވެ.އޭނާބުނި ގޮތުގައި އޭނާޔަށް ކުރިމަތިވީ ސިކުޑީގެ އިންފްލެމޭޝަން އެކެވެ.މިކަމަކީ ސްޓްރޮއިޑްސް އަކުންވެސް ރަގަޅު ކުރެވޭ ކަމެއްކަމަށް އޭނާ އަށް މިހާރު އިނގިފައިވާ ކަމަށް ބުނެފައި ވެއެވެ.
މިހާރު ދެކުދިންގެ މަންމަ ބެކީ ޖޯންސް ހިމެނޭ ގޮތުން 40 ޕޭޝަންޓުން ދަނީ ނަގަން ނުޖެހޭ ކެންސަރ ޓްރީޓްމަންޓް ނެގުވުމާއި ގުޅިގެން އިންގްލަންޑްގެ ޔުނިވަރސިޓީ ހޮސްޕިޓަލް އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.
ބެކީ ޖޯންސް ބުނި ގޮތުގައި ކީމޯ ތެރަޕީ ހުއްޓާލައިފިނަމަ މަރުވާނެ ކަމަށް އޭނާ ކައިރީ އެތައް ފަހަރަކު ހޮސްޕިޓަލުން ބުނެފައި ވެއެވެ.އެތަނުން އޭނާ ބަލަމުން އައި ޑޮކްޓަރަކީ ޕްރޮފެސަރ އިއާން ބްރައުން ކިޔާ ޑޮކްޓަރެއް ކަމަށް އޭނާ ބުންޏެވެ.އަދި ކީމޯތެރަޕީ ޑްރަގް ޓީމޯޒޮލޮމައިޑް(ޓީއެމްޒެޑް) ކިޔާބޭސް މުޅި އުމުރަށް ވެސް ނަގަން ޖެހޭނެ ކަމަށް އޭނާ ބުނި ކަމަށް ވެއެވެ.މިބޭހަކީ ހަމަސް ދުވަހަށް ދެމިގެންދާ ހަ ސައިކަލް އަކާއި އެއްގޮތަށް ނަގަން ޖެހޭ ބޭހެއް ކަމަށް އާންމު ކޮށް ޑޮކްޓަރުން ރިކަމެންޑް ކުރާބޭހެއް ކަމަށް ވެއެވެ.
ހަދާ އެކި ސްކޭން ތަކުން ޓިއުމަރ ނުފެންނާތީ އެކަމާބެހޭ ގޮތުން އޭނާ ސުވާލު ކުރުމުން ޓިއުމަރ އެގޮތަށް ހަމަލޮލަކަށް ނުފެންނާނެކަމަށް ޑޮކްޓަރު ބުނާ ކަމަށް ވެއެވެ.
ބެކީ ޖޯންސް އަށް ކެންސަރު ނުޖެހޭކަން އެނގުނީ 2025 ވަނަ އަހަރު ޑޮކްޓަރ ބްރައުންގެ ކޭސްތައް ރިވިއު ކުރަމުން ދިއުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.އޭނާގެ ބަލި ގޯސްކޮށް ޑައެގްނޯސް ކުރީ ކަމަށާ އެފަދަ ބާރުގަދަ ބޭސްތައް އެހާގިނަ ދުވަހު ބޭނުން ކުރެވުނީ ބޭކާރުގޮތެއްގައި ކަމަށާ އަދި އެޑޮކްޓަރުގެ ސަބަބުން ހަޔާތް މުޅިން ބަރުބާދު ވެފައިވާކަމަށް ބެކީ ޖޯންސް ބުނެފައިވެއެވެ.
ބްރައުންގެ އެހެން ބައެއް ޕޭޝަންޓުން ބުނެފައިވާ ގޮތުގައި އަހަރުތަކެއްވަންދެން ބޭކާރު ގޮތުގައި ޓީއެމްޒެޑް ބޭނުން ކުރަން ޖެއްސުމުގެ ސަބަބުން ސީރިއަސް ސިއްހީ މައްސަލަ ތައް ކުރިމަތި ވެފައި ވެއެވެ.އެކަކު ބުނި ގޮތުގައި އޭނާއަށް ދަރިން ނުލިބެނީވެސް ގިނައ ަހަރު ތަކެއް ވަންދެން އެބޭސް ބޭނުން ކުރުމުގެ ސަބަބުންނެވެ. އަދި އަނެކަކަށް ނަގަން ނުޖެހޭ 100 ސައިކަލް ނަގަން ޖެއްސުމުގެ ސަބަބުން ލުކީމިޔާ ޖެހިފައި ވެއެވެ.
2024 ހަމަޔަށް ވެސް ގަވާއިދުން ބޭސް ކަމުން އަންނަނިކޮށް އެއަހަރު އޭނާގެ ބޭސް ހުއްޓާލާކަމަށް ބުނެ ޑަކްޓަރަކު ބެކީ ޖޯންސް އަށް ފޯނު ކުރި ކަމަށް ވެއެވެ. އެއީ ކީއްވެގެން ތޯ ސުވާލު ކުރުމުން އެޑޮކްޓަރަށް ޖަވާބު ނެދެވުނު ކަމަށްވެއެވެ.އަދި ބުނީ ބްރައުން ރިޓަޔަރ ކުރަނީ ކަމަށެވެ.އަދި އެއްވެސް ސުވާލެއް ވާނަމަ އަލަށް ހަވާލުވާ އޮންކޮލޮޖިސްޓާ ސުވާލުކުރުމަށް ބުނިކަމަށާ ނަމަވެސް އެއީ ކާކުކަމެއް ބުނެ ނުދެވުނު ކަމަށް ވެއެވެ. ދެން އެހާހަމައިން ކަންތައް ކުރަންވީ ގޮތެއް ދާންވީ ދިމާލެއްވެސް ނޭގުމުން ގާނޫނީ އެހީތެރިކަން ހޯދީ ކަމަށް ބެކީ ޖޯންސް ބުންޏެވެ. ނިއުރޯސަރޖަނުންނާއި އާއި ރޭޑިއޮލޮޖިސްޓުންގެ މަދަދާއެކު ވަކީލުންގެ މަސައްކަތުން ވަނީ އޭނާ އަށް ބްރެއިން ކެންސަރ ނުޖެހޭކަން ސާބިތު ކޮށްދީފައި ކަމަށް ވެއެވެ.
ޖޯންސް ބުނި ގޮތުގައި އެޑޮކްޓަރު ކުރި ކަންތަކަށް ވުރެ އޭނާއަށް ކަންތައް ބޮޑުވަނީ ޑޮކްޓަރު އެކަނި އެކަނި ބޭނުންގޮތަކަށް ކަންތައް ކުރަން ދޫކޮށްލާފަ ހުރި މައްސަލަ އެވެ. އޭނާ ހީވަނީ މޮނިޓަރ ކުރާނެ ފަރާތެއް ނެތި އަމިއްލަ ޝޯއެއް ކުރިޔަށް ގެންދިޔަ މީހެއް ހެން ކަމަށް ޖޯންސް ބުނެފައި ވެއެވެ.
![]()
