ހޫތީ މުޖާހިދުންގެ ވިދުވަރެއްފަދަ ކުރިއެރުން އެމެރިކާއަށް އިތުރު މުސީބާތަކަށް

Loading

Facebook
Twitter
WhatsApp

ވޯޝިންގޓަނުން ރޮއިޓާރސް
އީރާނުގެ މަދަދާއެކު ހޫތީ މުޖާހިދުން ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދުތަކުގައި ހޯދަމުންގެންދާ އަވަސް ކާމިޔާބީ ތަކުގެ ސަބަބުން މެދުއިރުމަތީގެ ރެޑް ސީ ސަރަހައްދާއި ބާބުލް މަންދޫބް މިހާރު ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. ރެޑް ސީގެ ޔަމަނުގެ ކޯސްޓަލް ސަރަހައްދު ހޫތީ މިޖާހިދުންގެ ފުރިހަމަ ބާރުގެ ދަށަށް ދިއުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފުރިހަމައަށް ނިދި ނުލިބޭ މުސީބާތަކަށްވެސް ވަނީ ވެފައެވެ.


މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން ޔަމަނުގެ ކޯސްޓަލް ސަރަހައްދާއި ބާބުލް މަނދޫބް ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ދިއުމުން މެދުއިރުމަތީގެ ތެޔޮ އެކްސްޕޯރޓް ކުރުމާއި ޝިޕިންގ ހުރިހާ ދިމާލަކުންވެސް އީރާނުގެ ބާރުގެ ދަށަށް ގެންދެވުނީއެވެ.
ބާބުލް މަންދޫބްގެމެދުތެރޭގައި އޮންނަ ޕެރިމް ޖަޒީރާ ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދު ކުރުމާއި ގުޅިގެން ސައޫދީ އެރޭބިޔާގެ ތެޔޮ އެކަސްޕޯރޓްކުރަމުންގެންދަނީ ރެޑްސިގެ ތެރެއިންނެވެ. އީރާނުގެ ބައިވެރިން ކަމުގައި ބެލެވޭ ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ބާބުލް މަންދޫބް ދިއުމުން ސައޫދީ އެރޭބިއާގެ ތެޔޮ އެކްސްޕޯރޓް ކުރުމުގެ މަގު މުޅިން ބަންދުވެގެން ދިޔައީއެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހާލަތުން އަރައިގަތުމަށް ސައޫދީ އެރޭބިއާއިން ވަނީ އެމެރިކާގެ އިންޓެލިޖެންސް އެހީއަށް އެދިފައެވެ. އެހެންނަމަވެސް އެމެރިކާއިން ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ނުރައްކާ ވިސްނި ވަޑައިގެން ސައޫދީ އެރޭބިއާއިން ހޫތީންނާއެކު ހައްލެއް ހޯދުމަށް ވިދާޅުވެފައިވާކަމަށް އެ ޚަބަރުތަކުގައި ފާހަގަކޮށްފައި ވެއެވެ. އަދި މި ދެކޮޅުވެރިކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށްވެސް ހޫތީ މުޖާހިދުން އިންޒާރު ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާގެ މިލިޓްރީން ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވުން ރައީސް ޓްރަމްޕްގެ ވިސްނުންފުޅުގައި ނެތް ނަމަވެސް ސައޫދީ އެރޭބިއާއަށް ބޭނުންވާ އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭނަކަމަށް ރައީސް ބައިޑްން ސަރުކާރުގެ ދުވަސްވަރު ޔަމަނަށް އައްޔަންކުރައްވާފައިހުރި ސަފީރު އަދި މިހާރު ސްކްވަޔަރ ޕެޓްން ބޮގްސްގެ ގާނޫނީ ވަކީލުނެގެ އިސްވެރިޔާ ޓިމް ލެންޑަރކިންގ ޝުއޫރު ފާޅުކޮށްފައި ވެއެވެ.
އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައިވާ އިމެއްނެތް އިގްތިސާދީ ދަތިކުރުން ވައިގާ ހިފާގޮތް ނުވެ އެމެރިކާގެ ދިރިއުޅުމުގެ ހާލަތު ރަތްރޮނގާ ދިމާލަށް ދަތުރުކުރަމުންދިއުމާއި މިޑް-ޓާރމް އިންތިޚާބު ބޯމަތި ވެފައިވުމާއެކު ރައީސް ޓްރަމްޕް ހުންނެވީ އެންމެ ފުރަތަމަ ކުރައްވަންވީ ކޮންކަމެއްތޯ ފައިސަލާކުރުންވެސް އުނދަގޫ ހާލަތެއްގައެވެ. ރައީސް ޓްރަމްޕްގެ މުޅި ރޭވުން ހޫތީ މުޖާހިދުންގެ ސަބަބުން ކުނިވަށިގަނޑަށް ލާންޖެހުނީ ކަމަށް ކާރނަގީ އެންޑަވްމެންޓް ފޯރ އިންޓަރނޭޝަނަލް ޕީސްގެ ސީނިއަރ ފެލޯ ސްޓެފަން ވާރދެމް ބުނެފައިވެއެވެ.
އީރާނާ ދެކޮޅަށް މިހާރުވެސް ހަނގުރާމަކުރެވެމުންދާ ވަގުތެއްގައި އަދި މީގެ ކުރިން ސައޫދީ އެރޭބިއާއާއެކު ދިހަވަރަކަށް އަހަރު ދުވަސްވާންދެން ހޫތީ މުޖާހިދުންނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގެ ނަތީޖާވެސް ލޮލުގެ ކުރިމަތީގައި ހާމަވަމުންދާއިރު ހާލަތުގެ ނުރައްކާތެރިކަން އެމެރިކާ ސަރުކާރަށް ވިސްނޭކަމަށްވެއެވެ. އެހެންނަމަވެސް ކޮންމެފަދަ ހާލަތެއް ކުރިމަތިވިޔަސް ގަލްފްގެ ތެޔޮ ބައިނަލް އަގްވާމީ ބާޒާރަށް ނިކުތުން ބަންދުވެފާ އޮތުމަކީ އެމެރިކާއަށް އަތް އުރާލައިގެން އޮވެވޭނެ ކަމެއްވެސް ނޫނެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމައަށް ނިކުތުން ވެގެންދާނީ އެމެރިކާއަށް އުފުލަންދަތި އިތުރު ބުރައަކަށެވެ. ހޫތީ މުޖާހިދުންގެ މަގާމުތައް ބަދަލުކޮށްފައި ހުރުމާއެކު އެތަންތަން ދެނެގަތުމަށްޓަކައި ގިނަ އަދަދެއްގެ ނޭވަލް އަދި އޭރިއަލް ވަސީލަތްތަކެއް އެ ސަރަހައްދަށް ޖަމާކުރަން ޖެހޭނެއެވެ. އަދި އެމެރިކާގެ ނޭވަލް ބާރުތަކާއި މިލިޓްރީ އެއާރކްރަފްޓްތަކުން ހޫތީ މުޖާހިދުންގެ މިސައިލްތަކާއި ޑްރޯން ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ފަށައިފިނަމަ މިހާރުވެސް ހުސްވުމާ ގާތްވެފައިވާ ހަތިޔާރު ގުދަންތައް އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު ހާމަކުރަމުން އެމެރިކާގެ އޮފިޝަލަކުވެސް ވަނީ ކިޔާދީފައެވެ.
ސައޫދީ އެރޭބިއާ އާއި އީރާން އަދި ހޫތީންވެސް މި ހާލަތާބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހޫތީންނާ ދެކޮޅަށް އުދަނގޫކޮށް މަގު ބަންދުކޮށްހެދުމަކުން އެ ޖަމާއަތުން ހަތިޔާރު ބަހައްޓާފާނެކަމަށް ދެކިގެން ނުވާނެ ކަމަށާއި ރަނގަޅު ހައްލެއް ހޯދޭނީ މަޝްވަރާގެ ތެރެއިންކަން އީރާންގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް