އުމުރުން 51 އަހަރުގެ ތުގާރާމް މުންޑޭ އަކީ ދަނޑުވެރިއެއްގެ ދަރިއެކެވެ. އޭނާ އައިއޭ އެސް އޮފިސަރެއްގެ ގޮތުގައި 21 އަހަރު ހޭދަ ކޮށްފައިވާއިރު، 25 ފަހަރު ވަޒީފާ އަދާކުރާތަން ބަދަލު ކުރިކަމަށް ވެއެވެ.ނަމަވެސް ތުގާރާމް މުންޑޭ މިއަދު ވަނީ އެންމެން ދަންނަ ސޯޝަލް މީޑިޔާ ސްޓަރ އަކަށް ވެފައެވެ.ވަރަށް ތަފާތު ސަބަބަކާ ހެދިއެވެ.
ތުގާރާމް މުންޑޭ ގެ މިހާރުގެ ވަޒީފާގައި އޭނާޔަށް ކުރަންޖެހޭ މަސައްކަތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ޗެކް ކުރުމެވެ. މިމަސައްކަތުގައި އޭނާ ދާ ތަންތަނުގެ ވީޑިއޯ ތައް ނެގުމަށްފަހު އޭނާ އަންނަނީ ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ. އެތަނަކީ މަތީ ފެންވަރުގެ ތަނަކަށް ވީނަމަވެސް އެވެ.އޭނާ ހިއްސާކުރާ ފޮޓޯތަކާއި ވީޑިއޯ ތަކަކީ އެއްގޮތަކަށްވެސް އަޅާނުލާ ދޫކޮށްލެވޭވަރުގެ ފޮޓޯ ތަކާއި ވީޑިއޯ ތަކަކަށް ނުވެއެވެ.ބަދިގެ ތަކުގެ ތަޅުންގަޑުގައި ކުރަފި ފަދަ ސޫފިތައް ދުވާތަނާއި އަދި ފާރުތަކުގައި މަކުނުވާ އަޅާފައިވާ މަންޒަރު ތަކެވެ. ފީވެ ހަލާކުވަމުންދާ ތަކުކާރީގެ ފުނިތައް ކަންކަނަށް ޖަމާކޮށްފައި ހުންނަ އިރު، ކައުންޓަރު ތަކުގެ މަތިވެސް ޕެސްޓް އަޅާފައިވާ ތަންތަނުގެ ފޮޓޯތައް އޭނާ ހިއްސާ ކުރެއެވެ.މިފަދަ ގިނަ ފޮޓޯ ތަކަކީ ކޮންމެހެން އަލަށް ފަށައިގަނެގެން އުޅޭ ކުދިކުދި ތަންތަނުގެ ފޮޓޯ ތަކެއްނޫނެވެ.އެންމެ މުއްސަނދި ސްޓޭޓް ކަމަށް ބުނާ މަހާރަޝްތުރާގެ މަޝްހޫރު ތަންތަނުގެ ފޮޓޯ ތައް އޭނާ ހިއްސާކޮށްފައި ވެއެވެ.މިކަމާއި ގުޅިގެން ތުގާރާމް މުންޑޭ އަށް މިއަދުވަނީ މީގެ ކުރިން ސިވިލް ސަރވަންޓަކަށް ނުލިބޭފަދަ މަޝްހޫރު ކަމެއް ލިބިފައެވެ. ސެލެބްރިޓީ އަކަށް ވެފައެވެ. މުޅި އިންޑިޔާގައެވެ.އޭނާގެ ޕްރެސް ބްރީފިންގ ތަކާއި ރީލް ތަކުގެ އިތުރުން ޕޮޑްކާސްޓް ތަކަކީ ގިނަ ބަޔަކު ބަލާ ސަރކިއުލޭޓް ކުރާ އެއްޗަކަށް ވަނީ ވެފައެވެ.މަހާރަޝްތުރާގެ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ސީރިއަސްކަމެއްދީގެން ބަލަން ފަށާފައިވަނީ މިދިޔަ މޭމަހުން ފެށިގެން ކަމަށް ވެއެވެ.އެއީ ފުޑް ކޮމިޝަނަރގެ ހައިސިއްޔަތުން ތުގާރާމް މުންޑޭ މަގާމާ ހަވާލުވި ހަމައިންނެވެ.އޭނާގެ މަސައްކަތުގައި އެތައްހާސް ރެސްޓޯރަންޓާއި ކެފޭ އަދި ފުޑް ބިޒްނަސް އިންސްޕެކްޓް ކުރުމަށްފަހު ތުގާރާމް މުންޑޭ ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކަން ޔަގީން ކުރުމަށްޓަކައި ހަދާފައިވާ ގާނޫނުތަކަށް ފުރިހަމަޔަށް އަމަލުކުރުން ވަރަށް މުހިންމު ކަމުގައެވެ. މިގޮތުން ވިޔަފާރީގެ ސައިޒް، އޮތް ނުފޫޒެއް ނުވަތަ ލިބިފައިވާ މަޝްހޫރު ކަމަށް ބެލުމެއްނެތި އެކަން ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.ބައެއް މަޝްހޫރު ބޮލީވުޑް ތަރިން ބޭނުންކޮށްގެން މަނާ ޕްރޮޑަކްޓްތައް ޕްރޮމޯޓް ކުރަމުން ގެންދާތީ އެކަންވެސް ތުގާރާމް މުންޑޭ ކުށްވެރި ކޮށްފައި ވެއެވެ.ތުގާރާމް މުންޑޭ އައިއޭ އެސް އޮފިސަރަކަށް ވީފަހުން މިވީ 21 އަހަރުގެ ތެރޭގައި 25 ތަނަކަށް ބަދަލު ކުރުން އޭނަދެކެނީ ރަގަޅު ކަމެއްގެ ގޮތުގައެވެ.އޭނާބުނި ގޮތުގައި އެހާ އަވަސް އަވަހަށް އެކި ތަންތަނަށް ބަދަލު ކުރާ ސަބަބަކީ އޭނާ ގެންގުޅޭ ކޮމްޕްރަމައިޒް ނުކުރުމުގެ ސްޓައިލްގެ ސަބަބުންނެވެ. މިސިފަ ހުންނާތީ އޭނާގެ ބައެއް ކަލީގުންނާއި އެދާއިރާއެއްގައި އުޅޭ ނުފޫޒު ގަދަ މީހުން އޭނާ އެހެން ތަނަކަށް ބަދަލު ކޮށްލަނީ ކަމަށް ތުގާރާމް މުންޑޭ ބުނެފައި ވެއެވެ.މީގެ ކުރިން ތުގާރާމް މުންޑޭ ގެ މަސައްކަތް ފާހަގަ ކުރެވި ތައުރީފް ތައް އޮހުނު ކަންކަމުގެ ތެރޭގައި ނާގްޕޫރް ސިޓީގެ މުނިސިޕަލް ކޮމިޝަނަރަކަށް ހުރެގެން ކޮވިޑް ޕެންޑަމިކްގެ ކަންތައް ބެލެހެއްޓި ގޮތާއި އަދި މަހާރަޝްތުރާގެ ”ޑްރައުޓް“ އާންމުވެފައިވާ ސަރަހައްދުތަކަށް ފެންހޯދާދޭން އޭނާކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ.ނަމަވެސް ފުޑްސޭފްޓީގެ ދާއިރާގައި އޭނާ ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ތަރުހީބަކީ މުޅިން އެހެން ލެވެލް އެއްގެ ތަރުހީބެކެވެ.ފުޑް ސޭފްޓީގެ ތެރެއިން ނެގުނު ސާމްޕަލްތަކެއް ގެ މައުލޫމާތު އޭނާވަނީ ޖުލައި މަހު ޕާލިއަމެންޓާވެސް ހިއްސާކޮށްފައެވެ.އެމައުލޫމާތު ތަކުން ހާމަވެފައިވާ ގޮތުގައި ނެގުނު 223،808 ފުޑް ސާމްޕަލްގެ ތެރެއިން ކޮންމެ ފަސް ސާމްޕަލް އަކުން އެއްސާމްޕަލް ކެއުމަށް ރައްކާތެރިއެއްނޫނެވެ. ސަބް ސްޓޭންޑަރޑް އުފެއްންތަކަށްވެ، އަދި ގޯސްކޮށް ލޭބަލް ކޮށްފައި ވުމުގެ ސަބަބުންނެވެ.ތުގާރާމް މުންޑޭގެ މަސައްކަތުގައި ޖުލައިމަހުގެ ނިޔަލަށް މަހާރަޝްތުރާގައި 3،100 އިންސްޕެކްޝަން ހަދާފައި ވެއެވެ.އަދި މިއަދަދު މިހާރު 4،000އަށް އަރާފައިވާނެ ކަމަށް ތުގާރާމް މުންޑޭ ބުނެފައި ވެއެވެ.މިމުއްދަތުގައި 300 ތަނެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު އެއްހާހަށް ވުރެގިނަ ތަނަށް ނަސޭހަތްދެވި ކަންކަން އިސްލާހު ކުރުމަށް އަންގާފައި ވެއެވެ.ޝަކުވާތައް ބަލައިގަތުމަށް އޭނާ އަލަށް އުފެއްދި ޕޯޓަލް އަށްވެސް 16،000އަށް ވުރެގިނަ ޝަކުވާ ލިބިފައިވާ ކަން ތުގާރާމް މުންޑޭ ފާހަގަ ކުރެއެވެ.ތުގާރާމް މުންޑޭ މިއަދު ސޯޝަލްމީޑިއާ ތަރިއަކަށް ވެފައިވާއިރު އޭނާގެ 3.8 މިލިއަން އިންސްޓަގްރާމް ފޮލޮވަރުން ތިބެއެވެ.
![]()
