ފޭސް 2ގައި މޫދަށް އެރޭނެތަނަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން އެޗްޑީސީން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.


އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް
އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސަރވޭއެއް މިހާރު ވަނީ ފަށާފައި ކަމަށެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސަރވޭގެ ތެރޭގައި ހިމެނެއެވެ. މި ސަރވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެކެވެ.
ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:
އާޓިފިޝަލް ސްވިމިންގ ސަރަޙައްދު: ފްލޯޓިންގ ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށްއެރޭ ސަރަހައްދަކާއި، އެއްގަމުގައި އައުޓްޑޯރ ފެންވަރާ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް މި ބައިގައި ހިމެނެއެވެ.
މަސްބާނާ ޕްލެޓްފޯމް: ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ޚާއްޞަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސްކަނޑަން ބޭނުންކުރެވޭނެ ޚާއްޞަ ސަރަޙައްދެއް މި ޕްލެޓްފޯމުގައި ހިމެނެއެވެ.
މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ. ހުލުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ސާރވޭ ލިންކް: https://forms.cloud.microsoft/r/Sq0vzEFdWt

Loading

Leave a Reply

ފަހުގެ އަޕްޑޭޓް