މިސްރުގެ ރެޑްސީ އާއިވީ ފަޅީގެ މަގެއްގައި ބަހެއް ފުރޮޅާލައި ހިނގި އެކްސީޑެންޓެއްގައި 16 މީހުން މަރުވެފައިވާކަން އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަ ކޮށްފިއެވެ. ސައުތު ސިނާއީ ގަވަނަރޭޓުން ބުދަ ދުވަހު ހެދުނު ހާމަ ކޮށްފައިވާ ގޮތުގައި ރެޑްސީ އާއި ވީފަޅީގައިވާ ދެޓައުުނު ކަމަށްވާ ދަހާބް އަދި ނުވެއިބާ ގުޅުވާދޭ މަގުގައި ހިނގި އެކްސީޑެންޓް ގައި އިތުރު 28 މީހުންނަށް ވަނީ އަނިޔާތައް ލިބިފައެވެ.އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި އަނިޔާވި މީހުންނަށް ބޭނުން ވާ ފަސްޓްއެއިޑް ފަރުވާ ވަގުތުން ދީ އަދި އެމީހުން ހޮސްޕިޓަލަށް ގެންދިއުމަށްޓަކާ އެކްސީޑެންޓް ހިނގި ތަނަށް ވަނީ ވިއްސަކަށް އެމްބިއުލާންސް ފޮނުވިފައެވެ.
އެކްސީޑެންޓް ހިނގަން ދިމާވި ސަބަބު އަދި ނޭގޭކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.އެހިސާބަކީ ޓުއަރިސްޓުންގެ މަގްބޫލް ހިސާބެއް ކަމަށް ވެއެވެ.
މަގުމަތީގެ އެކްސީޑެންޓްތައް ހިނގާ މީހުން މަރުވުމަކީ މިސްރުގައި އާންމު ކަމެއްކަމަށް ވެއެވެ.މިގޮތުން 2025 ވަނަ އަހަރުއެކަނިވެސް މަގުމަތީގެ އެކްސީޑެންޓް ތަކުގައި 6،000މީހުން މަރުވެފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ. މިފަދަ އެކްސީޑެންޓްތައް ހިގަން މެދުވެރިވަނީ ފަރުވާކުޑަކޮށް ވެހިކަލް ދުއްވުމާއި އަދި މަގުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ކަމަށް ވެއެވެ.
މިދިޔަ މަހުވެސް އިސްމާއިލިއްޔާ ގަވަނަރޭޓްގައި ދެލޯރި ޖެހުމުގެ ސަބަބުން 18 މީހުން މަރުވެ 30 މީހުންނަށް ވަނީ އަނިޔާތައް ލިބިފައެވެ.
![]()
