ގައުމުން ބޭރުގައި ހުރެފައި ގެއަށް އައިއިރު ފެނުނީ އަންހެނުންގެ ހުސްކަށިގަނޑެވެ.

Loading

September 1, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ހަތަރު އަހަރުވަންދެން ކެނެޑާ ގައި ވަޒީފާއެއްގައި ހުރުމަށްފަހު އަހަރެން ގޭމީހުންނަށް ނާންގާ ކުއްލިއަކަށް ރަށަށް އައިއިރު އަހަރެންގެ އަންހެނުން ވަނީ ހިކިހިކި ހުސް ކަށިގަނޑަކަށް ވެފައެވެ. އޭނާގެ ރީތި އިސްތަށިގަނޑު ވަނީ ބާލާފައެވެ.ގައިގައި ވަރު ނެތުމުގެ ސަބަބުން އިނީ ބިންމަތީ ވިނަގަނޑުމަތީ އިށީދެގެންނެވެ.ނުވަތަ އޮތީ ހަތަރު މޮއްގަނޑު ޖަހައިގެންނެވެ. ކައިރީގައި ހަޑިފެންބާލިދީއެއް ހުއްޓެވެ.
ބޭރުން އައިސް ގެޔަށް ވަންނަން ހުންނަ ދޮރުން ވަނުމަށްފަހު ގޭގެ އިމާރާތަށް ނުވަދެ މީހަކަށް ނުފެނި މަޑުމަޑުން އަހަރެން ދިޔައީ ވިނަހައްދާފައިއޮންނަ، ގޭބިއްދޮށުގައިވާ ހުސްތަންކޮޅަށެވެ.އަހަރެންގެ އަންހެނުން އަހަރެންނަށް ފެނުނީ އެތަނުގައި އެކަނި އިންދައެވެ.އަހަރެންނަށް ދުވެފަ އޭނަކައިރިޔަށް ނުދެވުނީ ހަމަކިރިޔާއެވެ.ނަމަވެސް ސީނިއަރ އިންޖިނޭރަކަށް އުޅުމުން އަހަރެންނަށް ދަސްވެފައިވަނީ ހާލަތު ދެނެގަތުމަށްޓަކާ ފުރަތަމަ އަޑުއެހުމަށެވެ. އޭރުން އިންޖީނުގައި މައްސަލަ އުޅޭތަނެއް އިނގޭނެއެވެ.އެެހެންވެ ކެތްތެރިވެ އިހަށް ފިލާހުރީއެވެ. ގޭތެރޭގެ ހާލަތު ދެނެގަތުމަށެވެ.
އިރުކޮޅަކުން ކޮއްކޮ ޖިއޮފްރީ ވަރަށް ބަރާށްބުނާ އަޑު އިވުނެވެ. ”އަހަރުންގެ މެހްމާނުން އަންނައިރު ތިޔަ ތަލަބޯ އެމީހުންނަށް ފެނިގެން ނުވާނެއެވެ.“ މިހެން ބުނުމުން އަހަރެންގެ މަންމަ ސެލީނާ، އަންހެނުން ފެޑްރާ އަށް އިންޒާރުދޭން އެތަނަށް ނިކުތެވެ. އެހާހަމައިން އަހަރެންނަށް ފެނުނީ ފެޑްރާ ހަގީގަތުގައި އިނީ ތެޅިފައިވާ ތައްޓެއްގެ ބައިތައް އަތުން ހޮވަން ކަމެވެ. މަންމަ ނިކުތްގޮތަށް ނިކުމެ ފެޑްރާއާއި ދިމާލަށް ހަލޭއްލަވައިގަތެވެ. ”އަވަހަށް ތިޔަ ބިއްލޫރިތައް ނަގާ ސާފުކުރާށެވެ. ނޫނީ ކާކަށް ނުދޭނަމެވެ.“
މިއަޑަށް ފެޑްރާ ރޮއިގަނެފައި ބުންޏެވެ.“އިއްޔޭން ސުރެ އަހަރެން އެއްޗެއް ނުކަމެވެ.އަތްވެސް އެބަ ތުރުތުރު އަޅައެވެ.ލޯވަނީ ފުސްވެފައެވެ.ފިރިމީހާ ޑޭމިއަން އަށް ގުޅާދޭށެވެ.އާދޭސްކޮށްފައި ބުނަމެވެ.އަހަރެން ބަލިކަން އޭނައަށް އަންގަން އަހަރެން ބޭނުމެވެ.“
މީގެ ޖަވާބުގައި މަންމަ ބުނާއަޑުއިވުނެވެ.“ކަލޭގެ ޝަކުވާތަކުން އޭނަގެ ބޯހާސްކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭނަލާރި ފޮނުވަނީ އަހަރެންގެ އެކައުންޓަށެވެ. އެހެންވީމަ ލާރި ޚަރަދު ކުރާނީ އަހަރެންނަށް ފެންނަ ގޮތަކަށެވެ.ކަލޭބޭނުން ވިޔަކަސް އަދި ޑޮކްޓަރަށް ދައްކާކަށް ނުދެވޭނެއެވެ.“
އެހާހަމައިން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ފެންސުގެ ބޭރުގައި ފިލާހުރުމަށްފަހު ކުއްލިއަކަށް އެމީހުން ތިބިތަނަށް ވަނީމެވެ.ފެނުނު މަންޒަރުން އަހަރެން އަތުގައިވާ ސޫޓްކޭސް އަތުން ދޫވެގެން ވެއްޓުނެވެ. ކޮއްކޮ ޖިއޮފްރީ ވެސް ސިއްސައިގެންގޮސް އަތުގައިވާ ޑްރިންކް ތަށި ވެސް ވެއްޓުނެވެ.މަންމަ ސެލީނާ ހައިރާންވެ މޭގައި އަތްއަޅައިގެން އަނގަ ހުޅުވިފަ ހުއްޓެވެ.
އަހަރެން ބާރަށް ހިނގާފައިގޮސް އަންހެނުން ފެޑްރާ ކައިރީގައި ކަކޫ ޖަހާލީމެވެ.އޭނަގެ ގައިގައި އެއްވެސް ވަރެއްނެތެވެ. ކައިރިވީމަ ދުވަނީ ބްލީޗް ވަހާއި ތެތްފޮތިވަހެވެ. އަހަރެންމީ ބިރުވެރިއެއްޗެއް ގޮތަށް އޭނާއަށް ފެނުނު ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ނަން، ޑޭމިއަން ޑޭމިއަން މިހެން ކިޔާލަކިޔާލާ އިނެވެ.
”ލޯބީއެވެ. ދެން ހާސްނުވާށެވެ. އަހަރެން މިއައީއެވެ.“ އަހަރެން އޯގާތެރިކަމާއިއެކު ބުނީމެވެ. އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން އިނދެ މަޑުމަޑުން އަހަރެންގެ ނަން ކިޔާލަކިޔާލާ އޭނާ އިނެވެ. އަހަރެން ގޭމީހުންނަށް ހަޅޭއްލަވަން ފަށާފާނެތީ މަތަކުރަން އުޅޭކަހަލައެެވެ.
އަހަރެން ވަށާ ބަލާލިއިރު ގެއަށް ވަނީ އަގުބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ލެދަރ ފަރުނީޗަރުވަނީ ހޯދާފައެވެ. ބޭރުގައި އަގުބޮޑު އެސްޔޫވީ ކާރެއް އޮތެވެ.މަންމައާއި ދެ ކޮއްކޮ ލައިގެންތިބީ ޑިޒައިނަރ ހެދުންތަކެވެ.ޖިއޮފްރީ އަތުގައި އޮތީ އެންމެ ޒަމާނީ ގަޑިއަކާއި ފޯނެކެވެ. ނަމަވެސް އަހަރެންގެ ލޯބިވާ އަނބިމީހާ ފެޑްރާލައިގެން އިނީ ދޮވެ ދޮވެ ބާވެފައިވާ ކުރު ޓޮޕެއްއެކަންޏެވެ. ދޮވެފަ ނުވެސް ހިކެނީސް ލައިގެން އިންކަހަލައެވެ. އަހަރެންގެ ލޮލުން ކަރުނަ ހިނގާލިއެވެ.
އަހަރެން ކެނެޑާގައި ހުރެ ފޯނު ކުރާ ދުވަސްދުވަހު އޭނައޯކޭ ކަމަށް ފެޑްރާ ބުނަމުން ގެންދިޔައެވެ. ނަމަވެސް ފާއިތުވި ހައެއްކަމަސް ތެރޭ އޭނަ ވީޑިއޯކެމް ޖައްސާކަށް ގަބޫލެއްނުވެއެވެ.ބުނަނީ ކަނެކްޝަން ސަކަރާތް ކަމުގައެވެ. ނުވަތަ އެހެން ކޮންމެވެސް ބަހަނާއެއް ދައްކައެެވެ. ކަމެއް ފޮރުވަން އުޅެނީ ކަމަށް އަހަރެންނަށް ޝައްކުވީނަމަވެސް އެގްރީމަންޓާ ޚިލާފަށް އަހަރެންނަށް އާދެވޭކަށް ނެތެވެ.
މަންމަ ސެލީނާ އެވަގުތު ހާސްކަމާއެކު ވާހަކަދައްކަން ފެށިށިއެވެ.“ފެޑްރާ އެގޮތަށް އިންނަންް ޖެހުނީ އަހަރުން ކުރިކަމަކުންނޫނެވެ. ބަލިވުމަށްފަހު އަހަރުންނަށް ވަރަށް ބޮޑަށް އުނދަގޫ ކުރަންފެށިއެވެ. ޑޮކްޓަރަށް ދާން ޑިމާންޑް ކުރަން ފެށިއެވެ. އެހާވަރަށް ޑޮކްޓަރަށް ދައްކާނީ ކިހިނެއް ހެއްޔެވެ. ….“
އޭނަގެ ވާހަކަ މެދުކަނޑާ ލުމަށްފަހު އަހަރެން ބުނީމެވެ. ”އަހަރެން މަހަކު ދެހާހާ ތިންހާހާ ދެމެދުގެ އަދަދަކަށް ޑޮލަރު ފޮނުވަން ނޫން ހެއްޔެވެ؟އެފައިސާއަށް ޑޮކްޓަރަށް ނުދެއްކެންވީ ކީއްވެގެން ހެއްޔެވެ.؟“ ދެން އަހަރެން ބޮޑު ސުވާލު ކުރީމެވެ. ”ފެޑްރާއަށް ޖެހުނީ ކޮންބައްޔެއް ހެއްޔެވެ؟“ އެކަކުވެސް ޖަވާބުނުދީ ތިއްބާ ފެޑްރާ ބުންޏެވެ. ”ކެންސަރެވެ. ބަލި ޑައެގްނޯސް ވިތާ އެގާމަސްވެއްޖެއެވެ. އަހަރެން ރޮއި އާދޭސް ކޮށްކޮށް ވެސް ޑޮކްޓަރަށް ދައްކާދިނީ ދެފަހަރުއެވެ.“ މިއަޑަށް އަހަރެންނަށް އިންތަނަށް އިށީދެވުނެވެ.
އަހަރެން މަންމައާއި ދިމާލަށް ބަލާލި ނަމަވެސް އެއްޗެއް ނުބުނަމެވެ.އެވަގުތު އަހަރެންނަށް ފެނުނީ އަހަރުންގެ ކައިވެނީގެ ފަސްވަނަ އެނިވަސަރީ އަށް އަހަރެން ފެޑްރާއަށް ދިން ރީތި ރަންހާރު މަންމަގެ ކަރުގައި އޮއްވައެވެ. އެވަގުތު މަންމަ ބުނަމުން ގެންދިޔައެވެ.“ފެޑްރާ ގެއިން ވައްކަންވެސް ކުރަންފެށީއެވެ…“ އަހަރެން މަންމަގެ ކަރަށް ބަލާލުމަށްފަހު ބުނީމެވެ.“ވަގަށް ނަގަން އުޅުނީ ތިޔަހާރު ހެއްޔެވެ؟“ މިހެން ބުނުމުން މަންމަ ކުއްލިއަކަށް ހާރުގައި އަތް އެޅިއެވެ.
ފެޑްރާ ފަހުން ކިޔާދިން ގޮތުގައި ޑޮކްޓަރަށް ދައްކާދޭން ކިޔާކިޔާވެސް ދައްކާނުދިނުމުން އޭނައުޅުނީ ހާރު ވިއްކާލައިގެން ފަރުވާގެ ކަންތައް ކުރިޔަށް ގެންދާށެވެ. ނަމަވެސް އޭގެ ކުރިން ވަރަށް އަނިޔާކުރުމަށްފަހު މަންމަ ހާރު ފޭރިގަތީއެވެ. އެދުވަހުގެ ފަހުން އޭނާއަށް ވަރަށް އަނިޔާ ކުރަމުން ގެންދިޔައެވެ.އަދި އަންނައުޅުކޮޅު އަތުލާ ކޮޓަރިންވެސް ބޭރުކޮށްލިއެވެ.ނިދަންވެސް ބާއްވަނީ ސްޓޯރޭޖް ޝެޑްގައެވެ.
އަހަރެން އެވަގުތު ފޯނު ނެގުމަށްފަހު އަހަރެންގެ އޭޖެންޓަށް ގުޅީމެވެ. އަދި ބުނީމެވެ. ”ފައިސާ އަހަރެން އަންގަންދެން އިހަށް އޭޖެންޓް އަތުގައި ބަހައްޓާށެވެ.“ މިހެންބުނުމުން މަންމަ ބުންޏެވެ.“ކޮންފައިސާއެއް ހެއްޔެވެ.“ މީގެ ޖަވާބުގައި އަހަރެން ބުނީމެވެ.“މަސައްކަތް ކުރަން އުޅެނިކޮށް އަހަރެންގެ ކޮޑަށް ލިބުނު އަނިޔާއެއްގެ ބަދަލުގައި ކުންފުނިން އަހަރެންނަށް ދިން އެއްމިލިއަން ޑޮލަރެވެ.“
އެހާހަމައިން ކުއްލިއަކަށް ދަހިވެތިކަން ބޮޑުވެފައިވާ ދެ ކޮއްކޮއާއި މަންމަ ގެ އޯގާތެރިކަން އަހަރެންނާއި ފެޑްރާގެ މައްޗަށް ބޮޑުވެގެން ދިޔައެވެ. ވާހަކައިގެ ޓޯން ބަދަލުކޮށް އަވިއަރަނީނޫންހޭ ތިތާނުތިބެ އަވަހަށް ގޭތެރެޔަށް ވަންނާށޭ ކިޔާ އަހަރެންނާއި ފެޑްރާއަށް ކާންދޭންވެސް އުޅެން ފެށިއެވެ. ނަމަވެސް އަހަރެން ފެޑްރާ އަތްމައްޗަށް ނަގައިގެން މިދަނީ ހޮސްޕިޓަލަށޭ ބުނުމަށްފަހު ހިނގައިގަތީމެވެ.
(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް