”އައިވީއެފް“ ހެދުމުގައި ބައެއް ބޭރުގެ ކްލިނިކްތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެ

Loading

Facebook
Twitter
WhatsApp

ދަރިން ނުލިބޭ ފަރާތްތަކުން ހޯދަމުންގެންދާ އައިވީއެފް ފަރުވާ ދިނުމުގައި ބައެއް ބޭރުގެ ކްލިނިކް ތަކުން އޮޅުވާލުން ތަކެއް ގެންގުޅޭކަން ހާމަ ވެއްޖެއެވެ.ބީބީސީ އިން ހޯދި ހޯދުން ތަކަކުން ހާމަވެފައިވާގޮތުގައި އުތުރު ސައިޕްރަސްގައި ހުންނަ މިފަދަ ކްލިނިކަކުން އައިވީއެފް ހެދި މަދުވެގެން 30 މީހަކަށް،އެމީހުން އެދުނު ޑޯނަރުން ނޫން މީހުންގެ ސްޕަރމް އަދި އެގް ބޭނުންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.މީގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތުން އެތަނަށް ފަރުވާ ހޯދުމަށް ދިޔަ ފަރާތްތައްތައްކަމަށް ވެއެވެ.

ކްލިނިކް ތަކުން އައިވީއެފް ފަރުވާ ހޯދާ ފަރާތްތަކުން އެމީހުންނަށް ސްޕަރމް އަދި އެގް ޑޮނޭޓް ކުރާނެ ފަރާތްތައް އިޚްތިޔާރު ކުރާއިރު އެމީހެއްގެ މެޑިކަލް ހިސްޓްރީ، އެމީހަކު ހުންނަ ސިފަ ، ޝަހުސިއްޔަތު ، ތައުލީމީ ފެންވަރު އަދި ހުސްވަގުތު ފުރާގޮތްތައް ފަދަ ކަންކަމަށް ބަލާ ކަމަށް ވެއެވެ.ނަމަވެސް ދަރިފުޅު ލިބުމަށްފަހު މިއިން އެއްވެސް ކަމެއް ދިމާނުވެ ދިމާއިދިކޮޅަށް ކުއްޖާގެ ސިފަތައް ފެންނަން ފަށާކަމަށް ވެއެވެ.އެހެން ކަމުން އެމީހުން އެދުނު ސްޕަރމް ނުވަތަ އެގް ބޭނުން ނުކުރާކަމުގެ ޝައްކުތައް ފެތުރެން ފަށާފައިވެއެވެ.ބީބީސީ އިން މިއަހަރުގެ ކުރީކޮޅުވެސް މިފަދަ ހަތް ކޭސް އެއްގެ މައުލޫމާތު ހާމަ ކޮށްފައިވެއެވެ.މިފަހަރު ހާމަކުރި 30 ކުދިންގެ ތެރެއިން ދެބައިކުޅައެއްބައިކުދިން ނަކީ އުތުރު ސައިޕްރަސްގެ ”ޑޯގަސް އައިވީއެފް ސެންޓަރ“ ކިޔާތަނަކުން ފަރުވާ ހޯދައިގެން ލިބުނު ކުދިންނެވެ. އެކްލިނިކްގެ 3 މުވައްޒަފަކު އިސްވެ ތިބެ މީހުންނަށް އޮޅުވާލައިގެން އުންމީދުދީ އެތަނަށް ގެންދަމުންދާ ކަމަށްވެއެވެ. ލަނޑު ލިބުނު މައިންބަފައިން ބުނެފައިވާ ގޮތުގައި މިއީ ވަރަށް ބޮޑު ސްކެންޑަލް ނުވަތަ ޖަރީމާއެކެވެ. ބީބީސީގެ ހޯދުދުންތަކުން ހާމަވެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ސްޕަރމް ބޭންކު ”ކްރިޔޮސް އިންޓަރނޭޝަލް“ އިންވެސް 2016 އިންފެށިގެންވަނީ ސައިޕްރަސްގެ ޑޯގަސް ކްލިނިކް ބްލެކް ލިސްޓް ކޮށްފަ ކަމަށް ވެއެވެ.އުތުރު ސައިޕްރަސްގައި މިކްލިނިކް ހުންނަ ސަރަހައްދަކީ ޔޫރަޕިއަން ޔޫނިއަންގެ ގާނޫނުތައްވެސް ހިނގާ ތަނެއް ނޫންކަމަށް ވެއެވެ.ހަމަ އެކަނި ތުރުކީން ބަލަގަނެފައިވާ ސަރަހައްދުގައި މިފަދަ ކްލިނިކްތައް ރެގިއުލޭޓް ކުރުމުގެ އުސޫލުތައް ދޯދިޔާވެފައި ކުށްވެރިން ހިފޭނެ ގޮތްތަކެއް ނޯންނަ ކަމަށް ވެއެވެ. މިތަނަށް މީހުން ގެންދިއުމުގައި،އެތަނުގެ އަގުތައް ހެޔޮކަމަށާއި ކާމިޔާބްވާ ރޭޓް މަތިވެފައި، ޑޯނަރުން ގިނަވެފައި އިހްތިޔާރު ކުރުގެ ފުރުސަތު ފުޅާ ކަމަށް ބުނާކަމަށް ވެއެވެ.އެހެން ކަމުން ތުރުކީގެ ވެރިކަމުގެ ދަށުގައި އޮންނަ މިސަރަހައްދަކީ އިގިރޭސީންވެސް އެންމެ ގިނައިން އައިވީއެފް ފަރުވާ ހޯދުމަށް ދާ އެއްތަން ކަމަށް ވެއެވެ.ބީބީސީގެ ހޯދުންތައް ޕަބްލިޝް ކުރުމާއި ގުޅިގެން ގިނަ ބެލެނިވެރިންތަކެއް ގުޅާ މައުލޫމާތު ދީފައިވާ ކަމަށް ވެއެވެ.އެމީހުން ބުނި ގޮތުގައި ބޭނުން ކުރެވޭނީ ސްކްރީން ކުރެވިފައިވާ ސިއްހަތު ރަގަޅު، ހުޅަގު ޔޫރަޕްގެ ޑޯނަރުންގެ ސްޕަރމް އަދި އެގް ކަމަށް އެމީހުން ގާތުގައި ބުނެއެވެ. ފަހުން ޑީއެންއޭ ޓެސްޓް ތައް ހެދުމުން ތުރުކީ ނުވަތަ ކައިރި އެހެން ބައެއްގަމުގެ މީހުންގެ ސްޕަރމް ބޭނުން ކޮށްފައިވާކަން ހާމަވެފައިވާ ކަމަށް އެމީހުން ބުނެފައި ވެއެވެ.ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުންގެ ދަރިންގެ ހަގީގީ ފެށުން އަދި މެޑިކަލް ހިސްޓްރީ ވަނީ ވަންހަނާ ވެފައެވެ. އަދި އެމީހުން އިޚްތިޔާރު ކުރި ކުދިންގެ ހަމުގެ، އަދި އިސްތަށީގެ ކުލަފަދަ ސިފަތައް ނުލިބިވާ ކަމީވެސް ވަރަށް ކަންބޮޑުވި ކަމެއްކަމަށް ބުނެފައި ވެއެވެ. މިކަމާބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ޓެރިޓަރީގެ މިނިސްޓްރީއޮފް ހެލްތަށް ގުޅުމުން ރަސްމީ ތަހުޤީޤެއް ފަށާފައިވާކަމަށް ބުނެފައިވާ ކަމަށް ވެއެވެ. ނަމަވެސް އިތުރު މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުގައި ޖަވާބުދީފައިނުވާކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް