ޓްރަމްޕް ނޭޝަނަލް ގޯލްފް ކްލަބް ގައި ގޮތްނޭންގޭ ހަރަކާތްތަކެއް

Loading

Facebook
Twitter
WhatsApp



ދެފަހަރެއްގެ މަތިން ގަވައިދާ ޚިލާފަށް ހަތިޔާރު ބޭނުންކޮށްފައިވާ ދެކުނު ކެލިފޯނިއާގެ ޑައުނީއަށް ނިސްބަތްކުރެވޭ ޖީނިން ޖޯން ޓައިލޭ އޭ ކިއުނު ސެކިއުރިޓީ އޮފިސަރަކު ރަންޗޯ ޕާލޯސް ވާރޑެސްގައި ހުންނަ ރައީސް ޓްރަމްޕްގެ ނޭޝަނަލް ގޯލްފް ކޯސް އަށް އެ މަނިކުފާނުގެ ރަސްމީ ހެލިކޮޕްޓަރ މެރިން-1 ޖެއްސުމުގެ ކުރިން ދެފަރެއްގެ މަތިން އެތަނަށް ދިއުމުގެ ބޭނުމަކީ ކޮބައިތޯ ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށައިފިއެވެ. އޭނާއާ ބެހޭގޮތުން ހުށައަޅާފައިވާ ޖިނާއީ ތުހުމަތުގެ ރިޕޯރޓުގައި މިދިޔަ ހުކުރު ދުވަހާއި އަދި އާދީއްތަ ދުވަހުވެސް އޭނާވަނީ ކަންފަތުގައި އިއަރޕީސް އެއް އަޅައިގެން އެ ސަރަހައްދުގައި ތިބި ސީކްރެޓް ސަރވިސ އޭޖެންޓުންގެ ފޮޓޯ ނަގަން އުޅެނިކޮށްފެނިފައިކަމަށާއި އަދި އޭރު އޭނާގެ ޖީބުން ހަތިޔާރުވެސް ފެނިފައިވާކަން ލޮސް އެންޖަލްސް ޓައިމްސް އިން ހާމަކޮށްފައިވެއެވެ.
ރަޖިސްޓަރީ ކޮށްފައިނުވާ ޝޯރޓް-ބެރެލް ރައިފަލެއް ގެންގުޅުމުގެ ތުހުމަތުގައި ފުލުހުންވަނީ ޖެނިން ޖޯން ޓައިލޭ މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކޮށްފައެވެ. އެއީ އެތަނަށް އޭނާ ދިޔަ ދެވަނަ ދުވަސް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. އޭނާގެ ގެއިންވެސް ހަތިޔާރު ރައްކާކޮށްފައިހުރި ކުޑަ ގުދަނެއްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އެ ކުށް ސާބިތު ވެއްޖެނަމަ ދިހަ އަހަރުދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. ފުލުހުންގެ ތަހްގީގު ބިނާކޮށްފައިވަނީ އޭނާގެ މަގްސަދުގައި ރައީސް ޓްރަމްޕް އަށް އަނިޔާއެއް ދިނުން ހިމެނޭތޯ ބެލުމަށެވެ.


މިހާތަނަށް ބެލިބެލުމުން ގޯލްފް ކޯސްއަށް އޭނާ އައިސްފައިވަނީ 2022 ވަނައަހަރުއްސުރެން ބޭނުން ނުކުރާ އަދި ރަޖިސްޓަރީވެސް ނުކޮށް އޮތް ޓޮޔޯޓާ ޓުންޑްރާ ޓްރަކެއްގައި ލައިސަންސް ނަންބަރު ބޯޑެއް ހަރުކޮށްގެންނެވެ.
ލޮސް އެންޖަލްސް ޑެޕިއުޓީ ޝެރިފްގެ އޮފީހުން އޭނާ ހައްޔަރު ކުރުމަށްފަހު ބުނެފައިވަނީ އޭނާއަކީ ޚާރިޖީ ވުޒާރާގެ މުއައްޒިފެއް ކަމަށާއި އަދި އެތަނަށް ދިޔައީ ސަލާމަތާ ބެހޭ ކަންތައް ހުރިނެތްގޮތް ބެލުމުގެ ބޭނުމުގައި ބުނެފައިވާ ކަމަށެވެ.
ޓައިލޭ ބަލާ ފާސްކުރުމުން އޭނާގެ ޓްރަކްގެ ތެރެއިން ވަޒަނުން ބަރުކޮށްފައިއޮތް 9 މިލިމީޓަރުގެ ފިސްތޯލައަކާއި ދުރުމިއަކާއި ސެކިއުރިޓީ ޕްރޮޓެކްޝަން އޭޖެންޓްގެ ބެޖަކާއި އަދި އެލް ސެގުންޑޯ އިން ނެރެފައިވާ ވޮރަންޓެއް ފެނިފައި ވެއެވެ.
ޝެރިފް ގެ އޮފީހުންނާއި އަދި އެފް ބީ އައިގެ ޑިޓްކްޓިވުން ޑައުނީގައި ހުރި އޭނާގެ ގެ ބަލާ ފާސްކުރުމުން ގަވައިދާ ޚިލާފަށް ބަދަލުކޮށްފައިއޮތް އޭ އާރ- ސްޓައިލްގެ 0.45 ކެލިބަރގެ ފިސްތޯލައަކާއި އަދި ގިނަ އަދަދެއްގެ ހަތިޔާރާއި އެހެނިހެން ސާމާނުވަނީ ފެނިފައެވެ. އަދިވެސް ފިއުޖިޓީވް ރިކަވަރީ ބެއިލް އެންފޯރސްމެންޓް “ މިހެން ލިއެފައިވާ އިތުރު އެހެން ބެޖެއްވެސް ވަނީ ފެނިފައެވެ.
ޓައިލޭގެ މައްސަލައާގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ލޮސް އެންޖަލްސްގެ ޕަބްލިކް ޑިފެންޑަރގެ އޮފީހަށް ގުޅުމުން ޖަވާބެއް ނުލިބުނުކަމަށް ލޮސް އެންޖަލްސް ޓައިމްސް އިން ބުނެފައިވެއެވެ. އެހެންނަމަވެސް ޓައިލޭ ކުށެއް ކުރިމަށް އެއްބަހެއް ނުވެއެވެ.
ޓެއިލޭގެ ހިސްޓްރީއަށް ބަލާއިރު އޭނާއަކީ އެމެރިކާ ސިފައިންގެ ތެރޭގައި ކޯރޕްރަލްގެ މަގާގު އަދާކޮށްފައިވާ މީހެއްކަން އެނގެއެވެ. އޭނާ ވަނީ ސިފައިންގެ ވަޒީފާ 2008 ން 2016 ށް އަދާކޮށްފައެވެ. އެދުވަސްވަރު އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއިން ކުރި ހަނގުރާމައިގާ ބައިވެރިވެ އޭނާ ދައްކުވައިދީފައި ރިވެތި ސުލޫކުގެ ސަބަބުން ނޭޝަނަލް ޑިފެންސް ސަރވިސްގެ މެޑެލް އާއި ގްލޯބަލް ވޯރ އޮން ޓެރަރިޒަމް ސަރވިސްގެ މެޑެލް އާއި އަދި ސީ ސަރވިސް ޑިޕްލޯއިމެންޓުގެ 2 ރިބަންއާއި ނޭޓޯގެ އިންޓަރނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯރސް މެޑަލް ވަނީ ހާސިލް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް