ސްރީލަންކާގައި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭވެސް ނުފެތުރޭ ވަރަށް ޑެންގޫ ހުން ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. އެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ފުރާޅުތަކުގެ މަތީގައާއި އެހެންވެސް މަދިރި ބިސްއަޅާނެ ކަމަށް ބެލެވޭ ދަތި ތަންތަނުގައި ފެން ހެދިފައި ހުރިތޯ ބެލުމަށް މިލިޓަރީ ޑްރޯންތައް ބޭނުން ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.
ސްރީލަންކާގައި ޑެންގޫ ޖެހިގެން މިއަހަރުގެ މިހާތަނަށް 56 މީހުން މަރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި 77،000މީހުންނަށްބަލިޖެހިފައިވާ ކަމަށް ވެއެވެ. މީގެ ހަތަރުބައިކުޅައެއްބަޔަށް ވުރެ ގިނަމީހުންނަށް ބަލިޖެހިފައިވަނީ މިޖުލައިމަހުގެ ތެރޭކަމަށް ޚަބަރުތައް ބުނެއެވެ.
ޑެންގޫ ހުމަކީ އާންމުކޮށް ވިއްސާރަ މޫސުމުގައި ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ބަލި ފެތުރެނީ މަދިރީގެ ޒަރިއްޔާއިން ކަމަށްވާއިރު ޑެންގޫ ފެތުރުން ހުއްޓުވުމަށްޓަކާ މަދިރި ބިސްއަޅާ އާލާވާ ގޮތަށް ހުންނަ ފެންގަނޑުތައްނައްތާލުމަކީ މުހިންމު ކަމެކެވެ.
ޑެންގޫ ފަތުރާ އޭޑީސް މަދިރި ހަފަނީ އާންމުކޮށް ދުވާލުގެ ވަގުތު ތަކުގައި ކަމަށް ވެއެވެ.ޚާއްސަކޮށް އިރުއަރާ ވަގުތު އާއި އިރުއޮއްސެން ކައިރިވެފައިވާއިރު ކަމަށް ވެއެވެ.
ޑެންގޫ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައި ރިއްސުން، ގައިގަ އަދި ހުޅުތަކުގައިރިއްސުން، ހޮޑުލަވާފަ ހުރުން އަދި ގައިން ފިއްތަކެއް ނެގުން ހިމެނެއެވެ. ނަމަވެސް ބަލިޖެހޭ އެންމެންގެ ގައިން މިހުރިހާ އަލާމާތް ނުފެނިހުންނަ ކަމަށް ވެސް ވެއެވެ. ޑެންގޫ ޖެހި ސީރިއަސް ވާ ހާލަތްތަކުގައި ހަށިގަނދުގެ އެތެރެޔަށް ލޭ ފޭދުމާއި އަދި ހާލުދެރަވުން ހިމެނެއެވެ. އަދި މިފަދަ ހާލަތަކަށް ގޮސްފިނަމަ މަރުވުން ވަރަށް ކައިރި ކަމަށް ވެއެވެ.
ސްރީލަންކާގައި ޑެންގޫގެ ހާލަތު މިހާގޯސްވެފައިވަނީ މިދިޔަ ޑިސެމްބަރުމަހު ކުރިމަތިވި ތޫފާނެގެ ތެރޭގައި އުފެދުނު ކުނިފުނި ތަކުގެ ސަބަބުން ކަމަށް ވެއެވެ.މިފަދަ ތަންތަނުގައި ފެން ހެދި މަދިރި ބިސްއަޅާގޮތް ވީކަމަށް އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.
ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ހޫނު ހިސާބުތައް ދޫކޮށް ޔޫރޮޕާއި މެޑިޓަރޭނިއަން އަށްވެސް ޑެންގޫ ޖައްސާ މަދިރި ފެތުރިފައިވާ ކަމަށް ޑަބްލިއު އެޗްއޯގެ ރިޕޯޓްތައް ބުނެއެވެ.ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި ޑެންގޫ ޖެހުނު ކަމަށް ރިޕޯޓް ކުރި މީހުންގެ އަދަދު 2000ވަނަ އަހަރު 5000،000ގައި ހުރިއިރު 2024 ވަނަ އަހަރު އެއަދަދުވަނީ 14.4މިލިއަނަށް އަރާފައެވެ.
![]()
