ޢަޒީޒާ މިސްކިތަށް ދެވަނަ ފަހަރަށް ގެއްލުންދީފި

Loading

July 22, 2026
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ޢަޒީޒާ މިސްކިތަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގެއްލުންދިން މީހާ އަނެއްކާވެސް ގެއްލުންދީފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ވަނީ މިރޭގެ ދެނަމާދު ދޭތެރޭގެ ވަގުތެއްގައި އެ މިސްކިތަށް ގެއްލުންދީ، މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހަކަށްވާތީ މިހާރު މުޖުތަމަޢުން އެކަހެރިކޮށް އޭނާއަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ މިސްކިތަށް ގެއްލުންދިނުމާ ގުޅިގެން ހައްޔަރުކޮށްފައި ނުވާތީއާއި، މި ޢަމަލު އަނެއްކާވެސް ތަކުރާރުކޮށްފައިވާތީ އާންމުން ދަނީ މިކަމާ ގުޅިގެން ފުލުހުންނާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

އެމީހާއަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހަކަށްވާތީ، އޭނާގެ ވަނަވަރާއި އަދި މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް