އީރާނުން އެމެރިކާގެ ބައިވެރިންނަށްދޭ ޙަމަލާތަކުގައި ކުވޭތަށް ވަރުގަދަ ޙަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ގޮތްނޭނގޭ ދިމާލަކުން ގަތަރާއި ކުވޭތު އަދި އޮމާނުގައި ހުންނަ އެމެރިކާގެ މިލިޓްރީ ވަސީލަތްތްކަށް އަމާޒުކޮށް ޙަމަލަތަކެއް ދީފިކަމަށް ބުނެފިއެވެ. އަދި އެ ޙަމަލާތަކަކީ އީރާނުންދިން ޙަމަލާތަކެއްކަމަށް ވަނީ ބުނެފައެވެ. މިދިޔަ ހުކުރު ދުވަހު ކުވޭތުގެ ޕަވަރ އަދި ޑިސަލިނޭޝަން ޕްލާންޓަށް އެޙަމަލާތައް އަރާފައިވާކަމަށް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން އީރާނުގެ މި ޙަމަލާތަކަކީ އެމެރިކާއަށް ބަދަލު ހިފުމުގެ ގޮތުން ދެމުންގެންދާ ހަމަލާ ކަމަށް ބުނެފާވެއެވެ.


މި ހަމަލާގައި ގަލްފުގެ މި ހަނަފަސް ގައުމަށް ބޯފެން ލިބުމުގެ މުހިންމު ވަސީލަތެއް މިވަނީ ސުންނާފަތިވެފައެވެ.
މި ޙަމަލާގެ ކުރިން އީރާނުގެ އިލެކްޓުރިކް އުފައްދާ ތަންތަނަށާއި ބުރިޖްތަކާއި އީރާނުގެ ކެންސަރ ހޮސްޕިޓަލަށާއި މިިފަދަ ގިނަތަންތަނަށް އެމެރިކާ އާއި ޒައަނިސްޓް އިސްރާޢީލުން ވަނީ ޙަމަލަދީ ބޮޑެތި ގެއްލުންތައް ދީފައެވެ. އީރާނަށް ޙަމަލާތައް ދިނުމަށް ޢަރަބިދުނިޔޭގައި އެމެރިކާއިން ގާއިމުކޮށްފާވާ މަރުކަޒުތައް ބޭނުންކުރާކަމުގެ ޝަކުވާ އީރާނުންދަނީ ކުރަމުންނެވެ. އަދި އީރާނަށް ޙަމަލަދިނުމަށް އެއްވެސް ގައުމަކުން މަދަދުދޭނަމަ އެތަނަކީ އީރާނުން ވީރާނާކޮށްލާނެ ތަންތަންކަމަށް އީރާނުން ތަކުރާރުކޮށް ދަނީ އިންޒާރު ދެމުންނެވެ.
މި ފަހަކަށް އައިސް އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ކޮންމެހެން ބޭނުންތެރި ވަސީލަތްތަކަށް އީރާނުންވެސް މި ވަނީ ޙަމަލާދޭން ފަށައިފައެވެ. މިދެމުން ގެންދާ ހަމަލާތަކުގައި ދުނިޔޭގެ އެންމެ ހަނަފަސް މި ސަރަހައްދުތައް ވަރަށް ނާޒުކު ހާލަތަކަށް ދާނެކަމަށް ބެލެވެއެވެ. އާންމު ރައްޔިތުންގެ ބޯފެނާއި ދަނޑުގޮވާން ކުރުމާއި އަދި ހޮޓެލްތަކާއި ސިނާއަތުތައް މިވަނީ ބޮޑުވެގެންވާ މުސީބަތަކާ ކުރިމަތިލާން ޖެހިފައެވެ.
މިހާރު ރޯކޮށްލާފައިވާތަންތަން ނިންވާ ލެވި އަދި އިމަރޖެންސީ އިންތިޒާމްތައް ހަރަކާތްތެރި ކުރެވިފައިވާ ކަމަށް ކުވޭތުން ބުނެފައިވެއެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން ކުވޭތަށް ބޭނުންވާ ބޯފެނުގެ 90% ލިބެނީ ލޮނު ފެނަށް ހަދައިގެންނެވެ. އޮމާނުގައި %86 ލޮނު ފެނަށް ހަދައިގެން ބޭނުންކުރާއިރު ސައޫދީ އެރޭބިއާގައި %70 އަކީ ލޮނު ފެނަށް ހަދައިގެން ބޭނުންކުރުމެވެ. ގަލްފުގެ ގިނަ ގައުމުތަކުގައި ބޯފެނާއި ކަރަންޓް އުފެއްދުމުގެ ވަސީލަތްތައް ވަނީ ގުޅާލާފައެވެ. އެ ގައުމުތަކުގައި ލޮނު ފެނަށް ހަދަން ބޭނުންކުރާ އެތައް ސަތޭކަ ޕްލާޓްތަކެއް ހުންނަނީ ޕާރޝިއަން ގަލްފުގެ ގޮނޑުދޮށްތަކުގައި އީރާނުން ފަސޭހަކަމާއެކު ހަމަލާދެވިދާނެގޮތަށް ހުޅުވާލެވިފައެވެ. ގަލްފުގެ ގައުމުތަކާއި އެމެރިކާއިންވެސް މިއީ ވަރަށް ނުރައްކާތެރި ގޮތަކަށް ފަރުމާ ކުރެވިފައިވާ ނިޒާމެއް ކަމަށް ގަބޫލުކުރެއެވެ. އީރާނުން ތަކުރާރުކޮށް ގަލްފު ގައުމުތަކަށް ގޮވާލައިފާބވަނީ އެމެރިކާއިން އީރާނަށްހިންގާ އުދުވާންތަކުގައި ގައުމުތަކުން ބައިވެރި ނުވުމާއި އަދި އެބިންތައް އެމެރިކާއާއި އިސްރާޢީލުން ނުވަތަ އީރާނުގެ ޢަދުއްވުން ބޭނުންކުރަން ނުދިނުމަށެވެ.
ގަލްފުގެ ގައުމުތަކުގައި ފެން ލިބުމަށް ހުރަސް އެޅިގެންދިއުން އުފުލަން އުދަނގޫ ހާލަތަކަށް ވެފައިވާއިރު މިހާރު ހިނގަމުން ހަނގުރާމައިގާ ހޮރްމުޒް ކަނޑުއޮޅި ބަންދުވެފާ އޮތުމުން ގަލްފުން ބޭރުގެ ދުނިޔޭގައި ގައުމުތަކަށް މިވަނީ ހަކަތައިގެ ބުރަ އުފުލުން ނުކުޅަދާނަކަމަކަށްވެސް ވެފައެވެ. ފާއިތުވެގެން މިދާ ދުވަސްތަކުގައި އީރާނުންވަނީ ގަލްފްގެ ބައެއް ގައުމުތަކުގެ ފެން އުފައްދާ ވަސީލަތްތަކަށް ހަމަލާ ދީފައެވެ. އީރާނުން ދެމުންގެންދާ ހަމަލާތަކަކީ އެމެރިކާއިން އީރާނުގެ ފެން އުފައްދާ ވަސީލަތްތަކަށް ދެމުންގެންދާ ހަމަލާތަކަށް ބަދަލު ހިފުންކަމުގައި އީރާނުން ގެންދަނީ ބުނަމުންނެވެ.
މިދިޔަ މާރޗް މަހު އެމެރިކާއިން އީރާނުގެ ގެޝުމް ޖަޒީރާގެ ފެން އުފައްދާ ވަސީލަތަށް ދިން ހަމަލާގެ ސަބަބުން 30 ވިލެޖްގައި ދިރިއުޅޭ ރައްޔިތުންވަނީ ބޯފެން ލިބުމުން މަހްރޫމް ކޮށްފައެވެ.
ހަނގުރާމައިގެ ހާލަތު ފެތުރެމުންދާއިރު ހޫތީ މުޖާހިދުން ގެންދަނީ ސައޫދީ އެރޭބިއިން ޔަމަންއަށް ދެމުންގެދާ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުނެ ޙަމަލާތައް ބަދަލުކުރަން ފަށްޓާފައެވެ. މިޙަމަލާތަކުގައި ސަޢޫދީގެ ފެން އުފައްދާ ވަސީލަތްތަކަށް ހަމަލާތައް އަރާފައިވާކަމަށް ބުނެއެވެ.
2010 ވަނައަހަރު ސީ އައި އޭ ގެ އެނަލިސިސް އެއްގައި ގަލްފުގެ ގައުމުތަކައި ލޮނު ފެނަށް ހަދާ ނިޒާމް ތަކަށް އެއްވެސް ފަރާތަކުން ހަމަލާދީ ހަލާކު ކޮށްލައިފިނަމަ ބޮޑުވެގެންވާ ގައުމީ ކާރިސާއަކަށް ވެގެންދާނެކަމަށް ބުނެފައިވެއެވެ. އަދި ގިނަ ދުވަސްތަކަށް ދެމިގެން ހިނގައްޖެނަމަ އާންމު ރައްޔިތުންނަށް އުފުލަން ނުކުޅަދާނަ ގައުމީ މުސީބަތަކަށް ބަދަލުވެގެން ހިނގައިދާނެކަމަށްވެސް ބުނެފައިވެއެވެ.
ގަލްފުގެ ގައުމުތަކުގައި ލޮނު ފެނަށް ހަދާ ޕްލާންޓްތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށްވެސް ވަރަށް ބޮޑަށް ހުޅުވިފައިވާ ވަސީލަތްތަކެކެވެ. އެރޭބިއަން ސީ އަށް އަންނަ ސައިކްލޯންތަކާއި ކޮޅިގަނޑުތަކުގައި ބޯކޮށް ވާރޭވެހުމުގެ ނުރައްކާތެރިކަންވެސް އެހާބޮޑުކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ރިޕޯރޓެއްގައިވެސް ބުނެފައި ވެއެވެ.
https://www.youtube.com/watch?v=eINxIvvyML8

Loading

Leave a Reply

ފަހުގެ އަޕްޑޭޓް