ކުރިއަށްއޮތް ސާޅިހަކަށް ގަޑިއިރުތެރޭގައި ހަނގުރާމައިގެ މަންޒަރު މުޅިން ބަދަލުވެދާނެ

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ހަނގުރާމައިގާ ކުރިއަށްއޮތް 48 ގައި ހަނގުރާމައިގެ ނުރައްކާތެރިކަން އިންތިހާއަށް ބަދަލުވެ އީރާނުން ދުވަހަކުވެސް ނުދެކޭފަދަ ނުރައްކާތެރި ހަމަލާތަކެއް އީރާނުން ތަޖްރިބާކުރަންޖެހޭނެކަމަށް އެމެރިކާގެ ރައީސް ނޭޓޯގެ ބައްދަލުކުރުމުގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަރިހުގައި އިންނަވާފައި އިއުލާން ކުރައްވައިފިއެވެ.

އީރާނާއެކު އެއްބަސްވެފައިވާ މެމޯރެންޑަމް އޮފް އަންޑަރސްޓޭންޑިންގ މިހިސާބުން ނިމުނީއެވެ. އީރާނުގެ ތެލާއި ފެނުގެ ނިޒާމް ފުނޑާލާނެކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
ރައީސް ޓްރަމްޕްގެ އިންޒާރަށް އީރާނުގެ ސަލާމަތީ ކައުންސިލުން ދިން ޖަވާބުގައި އީރާނުން ބައިނަލް އަގްވާމީ ނިއުކްލިއަރ މުއާހިދާއިން ވަކިވެ ނިއުކްލިއަރ ހަތިޔާރު އުފައްދަން ނިންމި ޚަބަރާއި އެއާއެކު ރެޑްސީގެ ބާބުލް މަންދޫބް ބަންދުކޮށްލާނެކަން އިއުލާންކުރިއެވެ. ދުނިޔޭގައި ކަނޑުމަގުން އުފުލޭ މުދަލުގެ ބާރަ ވަރަކަށް އިންސައްތައަށް މަގުބަންދުކޮށްލެވޭނެ އެވެ.
އެމެރިކާގެ އިންޒާރަށް އީރާނުގެ ސަލާމަތާބެހޭކޮމިޓީން ދިން ރައްދުގައި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށްފަހު ފާއިތުވެގެން ދިޔަ ދުވަސްތައް ހަނދާން ނައްތާލުމަށްވެސް އިންޒާރުދީފައިވެއެވެ. ދެން ކުރިމަތިލާން ޖެހޭނީ މުޅިން ތަފާތު ހާލަތަށެވެ. އެންމެ ފުރަތަމަ ކަމަކަށް އީރާނުން ނިއުކްލިއަރ މުއާހިދާއިންވަކިވެ އައިއޭ އީއޭގެ ފާރަލުންތަކަށް މަގު ބަންދުކުރެވޭނެއެވެ. މިހާތަނަށް ދީނީ އަގީދާގެ މައްޗަށް ބިނާކޮށް ފަނާކުރަނިވި ހަތިޔާރު އުފެއްދުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނެއެވެ.
ހޮރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދޫބު ބަންދޫކޮށްލުމާއެކު އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ހުރަކަށް ވެފާއޮތް ދީނީ ފަތުވާ އުވާލުން އެއީ އަދި މިހާތަނަށް މިލިޓްރީ އެއްވެސް ތަޖްރިބާކާރުގެ ވިސްނުމަށް ގެނެވިފައިވާ ކަންތަކެއް ނޫނެވެ. ރައިޓްސޯސް ޓީ ވީ ހާމަކޮށްފައިވާގޮތުގައި ގައުމެއްގައި ދިރިއުޅެމުންގެންދާ އިންސާނުންނަށް ކޮންމެހެން ލިބެންޖެހޭ މަދަނީ ބޭނުންތަކަށް ހަމަލާދީ ހަލާކުކޮށްލުމުގެ ނަތީޖާއަކަށް ވެގެންދާނީ މުޅި ސަރަހައްދުގައި ބޮޑުވެގެންވާ އިންސާނީ ކާރިސާތަކެއް ފެށިގެން އައުމެވެ. އެފަދަ ހަމަލާތަކުގެ ގެއްލުން އީރާނެކޭ އެއްފަދައިން އަވަށްޓެރި އެހެން ގައުމުތަކުންވެސް އުފުލަން ޖެހުން ދުރެއް ނޫނެވެ.
އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ބޭނުންވާނެ ހުރިހާ ވަސީލަތެއް ވަނީގާއިމްކޮށްފައެވެ. އަދި އެނޫނަސް އެހެންމަގުތައްވެސް ވަނީ ހުޅުވިފައެވެ. ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ އަދަދެއް ނޭގެއެވެ. އޭގެތެރެއިން މަދު އަދެއްގެ ހަތިޔާރު އީރާނަށް ފޯރުކޮށްދިންކަމުގައިވިޔަސް ދުނިޔެއަށް އެކަން ރޭކާވެސް ނުލާނެއެވެ.
އީރާނަކީ ނިއުކްލިއަރ ބާރަކަށް ވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމެއް ނޯންނާނެއެވެ. އެއްވެސް ނިއުކްލިއަރ ގައުމަކުން ނިއުކްލިއަރ އެހެންބާރަކަށް ހަމަލާ ދިނުމަކީ ކުރާނެކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން އުތުރުކޮރެއާ ފުދޭނެއެވެ. އީރާނަކީ ނިއުކްލިއަރ ބާރަކަށް ވެއްޖެނަމަ ސަރަހައްދުގެ މުހިންމުކަމަށްބަލާއިރު އުތުރު ކޮރެއާ އަށްވުރެން އެތައް ގުނައެއް ބާރުވެރިކަމަށް ބެލެވޭނެއެވެ. ތެލާއި ގޭހުން މުއްސަނދިވެފައިވާ ގައުމަކަށް ވީތީއެވެ. ދުނިޔެއަށް ބޭނުންވާ ހަކަތައިގެ މައިދޮރާށީގެ ތަޅުދަނޑި، ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ލިބިފައިވާތީއެވެ. ހުޅަނގުން އަލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ޗައިނާއިން އެކަނިވެސް އީރާނުގެ ތެލުގެ އެކްސްޕޯރޓްގެ ބޮޑުބައެއް ހިއްސާކޮށް އީރާނުގެ އިގްތިސާދަށް ފުދުންތެރިކަން އިތުރުކޮށް ދިނުމަށް އެހީތެރިވެދެމުން ގެންދާތީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް