ހަނގުރާމައެއްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކޮންމެ ވަގުތެއްގައި މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔު އެނގުން ބޭނުންވާނެއެވެ. އާންމު މީޑިއާތަކުން އަބަދުވެސް ގިނައިން ޚަރަދުކުރާ ފަރާތަކަށް ސަޕޯރޓްކޮށް ޚަބަރުތައް ގެނެސް ދިނުމަކީ އާދައެކެވެ.
ސަންދާނުގެ ލިއުންތެރިންނަށް މި ގެނެސްދެނީ ދުނިޔޭގެ މަސްރަހް ދިރާސާ ކުރެއްވުމުގައި ވަރަށް ޚާއްސަ މަގާމެއް ހޯއްދަވާފައިވާ ބްރައިޓްން ހަރިސް ޗާރލްސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ ޕޯސްޓްކޮށްފައިވާ ރިޕޯރޓެކެވެ.
ދާދިފަހުން އިސްރާއީލުން އީރާނަށް ދޭން އުޅުނު ވައިގެ ހަމަލާއަކީ ހަގުރާމައެއްގައި މިހާތަނަށް އީރާ ދެކޮޅަށް އިސްރާއީލުން ދިނުމަށް ރޭވި އެންމެ ނުރައްކާތެރި ހަމަލާ ކަމުގައި ތަޖްރިބާކާރުން ވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް އެ ހަމަލާ ކާމިޔާބު ނުކުރެވި ފޭލިވެގެން ދިޔައީ ކީއްވެގެންކަން ވަރަށް މަދު މީޑިއާއަކަށް ނޫނީ އެނގިފައެއް ނެތެވެ. ތަޖްރިބާ ކާރުން އެ ހަމަލާ ފޭލިވުން ސިފަކޮށްފައިވަނީ އިނގިރޭސިބަހުން ބުނާނަމަ ހޮރިފިކް ގޮތެއްގައެވެ. މެދުއިރުމަތީގައި އޮތް އިސްރާއީލުގެ ގަދަފަދަ ބާރު އެ ހަމަލާގައި ނެތިގެންދިޔައީ ޕައިލެޓަށް ހެދުނު ގޯހަކުން ނޫނެވެ. މެދުއިރުމަތީގެ ބާރުވެރިކަން ބަދަލުވެގެންދިޔަ އެ ހަމަލާ ފޭލިވެގެންދިޔައީ ޖައްވުތެރޭގައި ރަޝިޔާގެ ރައީސް ޕޫޓިން ދަމާލެއްވި ލޮލަށް ނުފެންނަ ރަތްރޮނގެއްގެ ސަބަބުންނެވެ. އެއީ މެދު އިރުމަތީގެ އަޕްޑޭޓެއް ނޫނެވެ. ފާއިތުވެގެންމިދާ ޒަމާންތަކުގައި ދުނިޔޭގެ ތާރީޚުގައި ފަހަކަށްއައިސް ހިނގާދިޔަ މިލިޓްރީ ބާރުވެރިކަމުގެ ބިޔަ ބިންހެލުމެއް ކަމުގައި ސިފަކުރެވިދާނެއެވެ.
އިސްރާއީލުގެ ހަމަލާތައް އީރާނާ ދިމާލަށް ކުރިއަށް ދަތުރުކުރަމުން ދިޔައިރު ކުއްލިއަށް އެ ހަމަލާތަކަށް ހުރަސް އެޅިގެންދިޔައީ ރަޝިޔާގެ އެސް-400 މަރުކާގެ އެއާރ ޑިފެންސް ނިޒާމް އެ ހަމަލާތަކުގެ ކުރިމައްޗަށް އައުމުންނެވެ. ރަޝިޔާގެ އެސް-400 މަރުކާގެ އެއާރ ޑިފެންސް ނިޒާމުގެ ތަޢާރުފަކަށް މިލިޓްރީން ބޭނުމެއް ނުވާނެއެވެ. އެ ނިޒާމުގެ ކުރިމައްޗަށް ނިކުންނަ ކޮންމެ ހަމަލާއެއްގެ ލޯކަނުކޮށްލައި ނިއުޓްރައިލް ކޮށްލާނެއެވެ. ހުޅަނގުގެ މިލިޓްރީން ކަށަވަރުކޮށްގެންތިބީ އެސް-400 މަރުކާގެ ދިފާއީ ނިޒާމް ފަރުމާކުރުމުގައި ރަޝިޔާގެ އީޖާދުތައް ވުޖޫދުވެގެން އައުމަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެކަމަކު ހުޅަނގުގެ އިންޓެލިޖެންސަށް ވާނުވާއޮތީ ރޭކާވެސް ނުލައެވެ. މިލިޓްރީ ބަހުރުވައިން ބުނާނަމަ އެއީ ސްޓްރާޓިޖިކް ދަންތޫރައެކެވެ. ނުވަތަ އެންޓި އެކްސެސް އޭރިއަލް ޑިނައިއަލް އެކެވެ. އިސްރާއީލުންވެސް ތިބީ އެ ގައުމުގެ ބާރުގަދަ ވައިގެ ލަޝްކަރުތަކާ ދޭތެރޭ ފަޚުރުވެރިވެފައެވެ. އެއްވެސް ގައުމަކުން ގޮންޖަހާ ނުލެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ރައީސް ޕޫޓިންގެ އެންމެ އިޝާރާތަކުން އިސްރާއީލުގެ އެ ޔަގީންކަމުގައި މާބޮޑު އަގެއް ނެތްކަން ހާމަވެގެންދިޔައީއެވެ. ރަޝިޔާއާއި ކުރިމަތި ނުލެވޭނެކަމަށްބުނެ ވޯޝިންގޓަނާއި ތެލްއަވީވަށް މޮސްކޯއިން ދިނީ މެސެޖެކެވެ. އީރާނުގެ ވައިގެ ސަރަހައްދަކީ ރަޝިޔާއިން ބަލަހައްޓަމުންގެންދާ ސަރަހައްދެއްކަން ބަޔާންކޮށްދޭ މެސެޖެކެވެ.
ރަޝިޔާގެ މި ދިފާއީ ނިޒާމުން އެނގިހާމަވެގެން ދިޔައީ ހުޅަނގުން ފަޚުރުވެރިވަމުންގެންދާ މިލިޓްރީ ބާރުވެރިކަން ހަގީގަތުގައިވެސް ރަޝިޔާގެ ކުރިމަތީގައި ނުކުޅެދިފައިވާ މިންވަރެވެ. ރަޝިޔާއާއި އީރާން ގުޅާލެވިފައިވާ މިންވަރެވެ. އިސްރާއީލުން އެންމެ ބޮޑަށް ފަޚްރުވެރިވަމުންގެންދާ ވައިގެ ލަޝްކަރުތައް ރަޝިޔާއާއި އީރާނުގެ ގުޅުމުގެ ކުރިމަތީގައި އެއްވެސް ބާރެއް ނެތްކަން ހާމަވެގެން ދިއުމެވެ. އިސްރާއީލުފަދަ ދުނިޔެއިން އެކަހެރިކޮށްފައިވާ ގައުމެއްގައި ބާރުގަދަ ވައިގެ ލަޝްކަރެއް ނެތްނަމަ މިލިޓްރީގޮތުން އިނދަޖެހިފައިވާކަމަށް ބެލެވިދާނެއެވެ. ކުރިއަށްއޮތް 72 ގަޑިއިރު ތެރޭގައި އެމެރިކާއާއި އިސްރާއީލުން ރި އެކްޓްކުރާގޮތެއްވެސް އެނގި ހާމަވެގެންދާނެއެވެ.
މެދު އިރުމަތީގެ މިލިޓްރީ ބާރުވެރިކަން އިސްރާއީލުގެ އަތްމަތީގައި އޮވެދާނެކަމާމެދު ގިނަ ސުވާލުތަކެއް މިހާރުވަނީ އުފެދިފައެވެ.
![]()
